30 Mar 2021

By: Ifraz Ali

ޝެފް މުހައްމަދު އާދިލްގެ ޕްރައިވެޓް ޑިނާއެއް ތަޖުރިބާކޮށްލަން މިއީ ވަރަށް ރަނގަޅު ފުރުސަތަކެވެ. މީގެ ޕްރައިވެޓް ޑިނާއެއް ހިލޭ ހޯދުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލައިފަ އެވެ. އެއީ ޝެފް އާދިލްގެ ޚާއްސަ ގިވްއަވޭއަކުންނެވެ. މި ގިވްއަވޭ ކާމިޔާބުކުރާ ފަރާތަކަށް އިތުރު ތިން މީހުންނާ އެކު ސޯލްޓް ކެފޭ އިން ޝެފް އާދިލްގެ ޚާއްސަ ޕްރައިވެޓް ޑިނާއެއް ލިބޭނެ އެވެ. އެއީ ޝެފްގެ އަމިއްލަ "ފޯ-ކޯސް" މީލްއެކެވެ.

މި ގިވްއަވޭގައި ބައިވެރިވާން ކުރަންޖެހޭ ހަމައެކަނި ކަމަކީ ޝެފް އާދިލްގެ އިންސްޓަ ޕޭޖަކަށް ފޮލޯކުރުމަށް ފަހު، މި ޕޯސްޓަށް ލައިކެއް ދީފައި އަދި ތިން ރައްޓެހިން ކޮމެންޓުގައި ޓެގުކުރުމެވެ. އަދި މި ޕޯސްޓް އިންސްޓަ ސްޓޯރީގައި ޝެއާކުރުމެވެ. މި ގިވްއަވޭގައި ބައިވެރިވެވޭނެ އެންމެ ފަހު ދުވަހަކީ މާދަމާ އެވެ.

View this post on Instagram

A post shared by Mohamed Adil (@mohmd.adil)

ޝެފް އާދިލްގެ ގިވްއަވޭ ޕޯސްޓް.

މި ގިވްއަވޭ ޕޯސްޓުގައި އިން ފޮޓޯ އަކީ އަސްލު ބީބީއެމް (ބެސްޓް ބައި މޯލްޑިވްސް) އިން ކުރިއަށް ގެންދާ މުބާރާތެއްގައި ބައިވެރިވުމަށް ޝެފް އާދިލް ބޭނުންކުރާ ފޮޓޯއެކެވެ. އެ މުބާރާތް ކުރިއަށް ގެންދަނީ ބީބީއެމް އިން ސަޕްލައިކުރާ އުފެއްދުންތައް ބޭނުންކޮށްގެން ކާ އެއްޗެއް ތައްޔާރުކުރުމަށް ފަހު އިންސްޓަގްރާމްގައި ޕޯސްޓުކޮށްގެންނެވެ. އަދި އެންމެ ގިނަ ލައިކްސް ލިބޭ ޕޯސްޓެއް މޮޅުވެ އެވެ.

"އައި ހޭވް ދިސް ތިންގް ކޯލްޑް ގިވް އެންޑް ޓޭކް. އެހެންވީމަ، ޕަބްލިކުން ލައިކްސް ދިނީމަ، އަޅުގަނޑުގެ މި ދެނީ އެ މީހުންނަށް ފުރުސަތެއް، އަޅުގަނޑުގެ ފޯ-ކޯސް ޑިނާއެއް ތަޖުރިބާކޮށްލަން،" މިއީ އަމިއްލަ ކުރިއަށް ގެންދާ ގިވްއަވޭއެއް ކަމަށް ޝެފް އާދިލް ބުންޏެވެ.

ޕްރައިވެޓް ޑައިނިން ފެސިލީޓީގެ ފެށުން

"މި ޑިނާ ހޯސްޓުކުރާނީ ސޯލްޓް ރެސްޓޯރެންޓްގައި. އަދި މި ޑިނާ ޕްރިޕެއާކުރަން އުޅޭނެ ސްޓާފުންނަކީ އަޅުގަނޑާ އެކު ކުރިން ވޯކް ކުރި ދެ މީހުން،" ކުރިން ވެސް އެ ރެސްޓޯރެންޓްގައި ޝެފް އާދިލްގެ ޚާއްސަ ޕްރައިވެޓް ޑިނާއެއް ބޭއްވި އެވެ.

ޝެފް އާދިލް މާލޭގައި ކުރިން ބޭއްވި ޕްރައިވެޓް ޑިނާއެއް.-- ފޮޓޯ: ޝެފް އާދިލް

ޝެފް އާދިލް ބުނީ މި ގިވްއަވޭ އަކީ އޭނާ މިހާރު ތައާރަފުކުރަން އުޅޭ އަމިއްލަ ޕްރައިވެޓް ޑައިނިން ފެސިލިޓީގެ ފެށުން ކަމަށެވެ. މި ފެސިލިޓީ ހިންގަން ޚާއްސަކޮށް ޓެރަސްއަކާ އެކީގައި އެޕާޓްމަންޓެއް ވެސް މިހާރު ކުއްޔަށް ވަނީ ހިފައިފަ އެވެ. އެ ޓެރަސްގައި ޕްރައިވެޓް ޑައިނިން ކުރެވޭ ގޮތަށެވެ. ވަރަށް އަވަހަށް ވެބްސައިޓް ލޯންޗުކުރާނެ ކަމަށް ބުންޏެވެ.

ޝެފް އާދިލް މާލޭގައި ކުރިން ބޭއްވި ޕްރައިވެޓް ޑިނާއެއް.-- ފޮޓޯ: ޝެފް އާދިލް

"ކޮންމެ ކްލައިންޓަކަށް ވެސް ލިބޭނެ އެ މީހެއްގެ އަމިއްލަ ކަސްޓަމައިޒް މީލްއެއް ޗޫޒްކުރަން. އެމީހަކު ބޭނުންވާ ބަޖެޓަކަށް ފިޓު ވެސް ކުރެވޭނެ،" މީގެ ކުރިން ވެސް މާލޭގައި ބައިވަރު ޕްރައިވެޓް ޑިނާތައް ބޭއްވި ޝެފް ބުންޏެވެ.

ސޯޝަލް މީޑިއާ

Popular