އަންނަ މަހު 13 ގައި ފަށާ ރޯދައަށް ހާއްސަކޮށް މޫލީން ވަނީ އެ ޕްލެޓްފޯމުގައި "ރޯދަ އެސެންޝިއަލްސް"ގެ ނަމުގައި ބައެއް ވެސް ހިމަނައިފަ އެވެ. މި ބަޔަށް ވަދެ ބޭނުންވާ ޖެޓަގަރީއަކުން ވިޔަފާރީ ކުރެވޭނެ އެވެ. އަހަރެމެން މި ހޮވާލަނީ އޭގެ ތެރެއިން، ރޯދައަށް އެންމެ މުހިންމު ވާނެ ކަމަށް ބެލެވޭ 10 އެއްޗެކެވެ.
1. ޖޫސް މިކްސާ
ތަފާތު ބްރޭންޑްތަކުގެ އެކި ވައްތަރުގެ މިކްސާ "މޫލީ"ގައި އެބަހުއްޓެވެ. ރޯދަ މަހަށް އެންމެ މުހިންމު ވާނީ ޖޫސް މިކްސާއެކެވެ. އޭގެ ތެރެއިން އެންމެ ސަޅީ ސެންފޯޑްގެ ޖޫސް ބްލެންޑާ މިކްސާ އެވެ. މީގެ ކެޕޭސިޓީ ވެސް އެހެން މިކްސާތަކަށް ވުރެ ބޮޑެވެ. މި މިކްސާގައި 1.5 ލީޓަރުގެ އެއްޗެހި ގިރާލެވޭނެ އެވެ. ޖޫސް ގިރުމުގެ އިތުރުން، އެއްޗެހި މުގުރަން ވެސް މި މިކްސާ ވަރަށް ފަސޭހަ ވާނެ އެވެ.
ވަރަށް މޮޅު ބްރޭންޑެއްގެ ގޮތުގައި މަޝްހޫރުވެފައި ސެންފޯޑުގެ މި މިކްސާގެ އަގަކީ 730ރ. އެވެ.
2. ސޭންޑްވިޗް ގްރިލް
ގްރިލްޑް ސޭންޑްވިޗް ހަދަން ރަނގަޅު ގްރިލްއެއް ހޯދާ ނަމަ އަދި ގެންގުޅެން ފަސޭހަ، ކުޑަ ގްރިލްއެއް ބޭނުންވާ ނަމަ، 530ރ. އަށް ދޭ ކްލިކޮން ލާޖް ސޭންޑްވިޗް ގްރިލް އަކީ އެންމެ ރަނގަޅު އިހުތިޔާރެވެ.

3. އަވަން
އޮލްސެންމާކް ބްރޭންޑްގެ ޖާގަ ބޮޑު މި އަވަނާ އެކު ބޭކް ޓްރޭއަކާއި ޓްރޭ ހޭންޑަލްއަކާއި ވަޔާ ރެކެއްގެ އިތުރުން، ކުކުޅު ނުވަތަ މަސް ކަހަލަ އެއްޗެހި ރޯސްޓު ކުރުމަށް ބޭނުންވާ ސަމާނު ވެސް ލިބޭނެ އެވެ. މީގެ އަގަކީ 1،190ރ. އެވެ.
4. ގްރިލް ޕޭން
މަސް ފިހަން ގްރިލް ޕޭނެއް އޮތުން މިހާރު ކޮންމެހެން ވެސް މުހިންމެވެ. އަދި މަހެއް ރަނގަޅަށް، ދެ ފަރާތުން ފިހެލެވޭނީ ވެސް ގްރިލް ޕޭންއަކުންނެވެ. މާބުލް ކޯޓިން ލައިގެން، ތަތްނުލަވާ ގޮތަށް ފަރުމާކޮށްފައިވާ ސެންފޯޑްގެ މި ގްރިލް ޕޭން ލިބެނީ 570ރ. އަށެވެ.
5. ޕޮކެޓް ރޭޑިއޯ
ބަދިގޭގައި އުޅެމުން ފޫހިފުލުވައިލަން ވެސް މިއީ ރަނގަޅު އެއްޗެކެވެ. މިއީ ޖީބަށް ލައިގެން ވެސް ގެންގުޅެވިދާނެ ވަރުގެ ޕޮކެޓް ރޭޑިއޯއެކެވެ. ބަދިގެ ނޫނަސް، ދާ ކޮންމެ ތަނަކަށް ވެސް ފަސޭހައިން ގެންދެވޭނެ ކުޑަކުޑަ ރޭޑިއޯއެކެވެ. ރޯދަ މަހު ސިޔަރަތާއި އަދި ރޭޑިއޯ އިން ގެނެސްދޭ ހާއްސަ ޕްރޮގުރާމުތައް އަޑުއަހާލަން މީގެ ރޭޑިއޯއެއް އޮވެއްޖެ ނަމަ ވަރަށް ފަސޭހަ ވާނެ އެވެ. މި ޕޮކެޓް ރޭޑިއޯއާ ބްލޫޓޫތު ވެސް ކަނެކްޓް ކުރެވޭނެ އެވެ. މީގެ އަގަކީ 610ރ. އެވެ.

6. ރޯޓީ މޭކާ
ރޮށި ފިހުމަކީ އެންމެ ބުރަ އެއް މަސައްކަތެވެ. މި ރޯދަ މަހު އެ ބުރަ ލުއިކޮށްލަން ބޭނުންވާ ނަމަ، 1،370ރ. އަށް ދޭ މި އިލެކްޓްރިކް ރޯޓީ މޭކާ ގަންނާށެވެ.
7. ހޭންޑް ބްލެންޑާ
އިލެކްޓްރިކް ހޭންޑް ބްލެންޑާއެއްގެ މުހިންމުކަން އިހުސާސްކުރެވޭނީ ރޯދަ މަހު ބަދިގޭގައި އެއް ފަހަރާ ބައިވަރު އެއްޗެހި ތައްޔާރުކުރަން އުޅޭ ވަގުތުގަ އެވެ. އަތުން އެއްޗެހި މިކްސް ކުރަން އުޅުމަކީ ވަރަށް ބުރަ ކަމެކެވެ. ކޭކު ފުއްގަނޑު ތައްޔާރުކުރުމާއި ސޯސް ކަހަލަ އެއްޗެހި ތައްޔާރުކުރަން ހޭންޑް ބްލެންޑާއެއް މުހިންމު ވާނެ އެވެ. ޖީޕަސް ބްރޭންޑްގެ 430ރ. އަށް ދޭ ހޭންޑް ބްލެންޑާއަކުން މިކަން ވެސް ލުއިކޮށްލެވިދާނެ އެވެ.
8. ބާބަކިއު ގްރިލް
"މޫލީ" އިން ވަރަށް އަގުހެޔޮކޮށް ބާބަކިއު ގްރިލް ލިބެން އެބަހުއްޓެވެ. އަގަކީ އެންމެ 200ރ. އެވެ.
9. ސްޓޭންޑް މިކްސާ
ފަސޭހައިން ޕިއްޒާ ފުއްގަނޑު ހަދާލުމަށާއި އައިސިން ހެދުމަށާއި އަދި މޭޝް ޕޮޓޭޓޯ ކަހަލަ އެއްޗެހި ތައްޔާރުކުރުމަށް އެންމެ ސަޅި ވާނީ ސްޓޭންޑް މިކްސާއެކެވެ. ސެންފޯޑުގެ ދެ ސައިޒެއްގެ ސްޓޭންޑް މިކްސާ "މޫލީ" އިން ގަންނަން ލިބެ އެވެ. އެއީ 1،980ރ. އަށް ދޭ ތިން ލީޓަރުގެ ޖާގައިގެ މިކްސާއަކާއި 2،420ރ. އަށް ދޭ 4.2 ލީޓަރުގެ މިކްސާއެކެވެ.
10. ސޭންޑްވިޗު ޓޯސްޓާ
ސޭންޑްވިޗު ޓޯސްޓަކީ ރޯދަ މަހު ސުފުރާ މަތީގައި މިހާރު ވަރަށް އާންމު ކެއުމެކެވެ. ކުޑަ ސައިޒެއްގެ ޓޯސްޓާއެއް ނަމަ، ސެންފޯޑުގެ 430ރ. އަށް ދޭ ޓޯސްޓާ ރަނގަޅު ވާނެ އެވެ. މީގެން ހަތަރު ޓޯސްޓް ހެދޭނެ އެވެ. އަދި 700ރ. އަށް ދޭ، ހަމަ ސެންފޯޑްގެ ޖާގަ ބޮޑު ޓޯސްޓާ އިން 8 ޓޯސްޓް ހެދޭނެ އެވެ.