28 Jul 2021

މިހާރު އެންމެ ކަމުދަނީ ދެހާހުގެ ފެޝަން

By: Ahmed Jaishan

ޒުވާނުންގެ އާ ޖެނެރޭޝަން "ޖެން ޒީ" އިން އަންނަނީ ކުރީގެ ފެޝަންތައް އަނބުރާ ގެންނަމުންނެވެ. މިހާރު އެންމެ ގަދަޔަށް ވައިގައި ހިފާފައި ވަނީ 2000ގެ ކުރީކޮޅުގެ ފެޝަނެވެ.

މިއުޒިކް އާއި ޕޮޕް ކަލްޗާގެ ތެރެއިން ބޮޑެތި ތަރިން، ކުރީގެ ފެޝަން ސްޓައިލްތައް އަނބުރާ ގެންނަ މަންޒަރު ވަނީ މިހާރު އާންމުވެފަ އެވެ. ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ އޮލިވިއާ ރޮޑްރީގޯ އާއި ޑުއާ ލީޕާ އިން ފެށިގެން ޕީޓް ޑޭވިޑްސަން އާ ހަމަ އަށް ބަލާއިރު ވެސް އެފަދަ ޓްރެންޑުތަކެއް ވަނީ މިހާރު ފެންނަން ފަށައިފަ އެވެ.

ކުލަކުލައިގެ ބީޑް ހުރި ފަށްތައް

ކުލަކުލައިގެ އެކި ކަހަލަ ބީޑް ހިމެނޭ ބްރޭސްލެޓާއި ފަށްތަކަކީ 2000ގެ ކުރީކޮޅު އެންމެ ގިނައިން ފެނުނު އެއް ޓްރެންޑެވެ. ފްރެންޑްޝިޕް ބްރޭސްލެޓާއި އެ ނޫން ވެސް އެކްސެސަރީތަކުން ފެނުނު އެ ޓްރެންޑަކީ ވަރަށް "ކަލަފުލް" ޓްރެންޑެކެވެ. މިއީ ހާއްސަކޮށް ޒުވާން އަދި ޅަ އުމުރުގެ ކުދީން ބޭނުންކޮށް އުޅުނު އެއްޗެކެވެ.

މިފަދަ ޓްރެންޑްތަކަކީ މިހާރު "ވައިޓޫކޭ" ނުވަތަ އިޔާ 2000ގެ ނަމުގައި އާންމުވެގެން އަންނަ ޓްރެންޑުތަކެކެވެ. މިއީ ޖެން-ޒީ އިން "ނައުސްޓަލްޖާ"ގެ ނަމުގައި ކުރީގެ ޓްރެންޑުތައް އަލުން ފެށުމަށް ކުރިއަށް ގެންދާ ކަމެކެވެ. އޭގެ ބޭނުމަކީ ޖެން ޒީގެ ކުދިން މާ ކުޑައިރު އާންމު ޓްރެންޑުތައް ޓްރައި ނުކުރެވޭތީ މިހާރު އެ ޓްރެންޑުތައް މަގުބޫލު ކުރުމެވެ.

ބޭބީ ޑޯލް ޓީޝާޓްސް

.

ބޭބީ ޑޯލް ޓީޝާޓުތަކަކީ ވެސް މިހާރު އާންމު ވަމުން އަންނަ ޓްރެންޑެކެވެ. މިއީ އާންމުކޮށް ލާ ޓީޝާޓުތަކަށް ވުރެ ދޫކޮށް ހުންނަ ޓީޝާޓެކެވެ. މި ޓީޝާޓުގައި ފުޅާ އަދި ރޫޖެއްސި ފަސްބައެއް ހުރެ އެވެ. އެހެންވެ އެ ޓީޝާޓު ފެންނާނީ ކުޑަވަރެއްގެ ހެދުމެއްގެ ގޮތުގަ އެވެ. މިއީ ވެސް 2000ގެ ކުރީކޮޅުގައި ވަރަށް މަގުބޫލުވި ޓްރެންޑެކެވެ. މިހާރު އެ ޓްރެންޑަށް ގިނަ ބަޔަކު ޓީޝާޓު ލަނީ ފުޅާ ޖިންސާއި އުސްކޮށް ހުންނަ ބޫޓެވެ.

ފެޝަން

Popular