By: Aminath Ibrahim
މިދިޔަ އަހަރުގެ އިންޑިއަން އައިޑޮލްއިން ވިދާލި ޕަވަންދީޕް އާއި އަރޫނިތާ، "މިއުޒިކަލް އައިޑޮލް" ލައިވް ޝޯ އަށް އައިސް މިހާރު ތިބީ ރާއްޖޭގަ އެވެ. މި ދެމީހުން ރާއްޖެއަށް އައިސް ނަގާފައިވާ ފޮޓޯތަކާ އެކު، ޝޯގެ ފޯރި ވެސް ގަދަވަނީ އެވެ. މި ދެ ލަވަކިޔުންތެރިން ދެކިލައި، ލަވަތައް ލައިވްކޮށް އަޑުއަހަން ބޭނުންވާ މީހުން އަވަހަށް ޝޯގެ ޓިކެޓް ނަގަންވީ އެވެ.
އުރީދޫގެ "މޫލީ" އިން ޓިކެޓު ގަނެވޭނެ އެވެ.
ހުކުރު ދުވަހުގެ ރޭ، 8:00 ގައި ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮންނަ މި ޝޯގެ ޓިކެޓެއްގެ އަގަކީ 80ރ. އެވެ. އަރޫނިތާ އާއި ޕަވަންއާ އެކު، ޝޯގައި މަޝްހޫރު ދިވެހި ލަވަކިޔުންތެރިޔާ ރާފިޔަތު ރަމީޒާ އާއި ޝަލަބީގެ ހުށަހެޅުންތައް ވެސް ފެންނާނެ އެވެ.
އަރުނިތާ އާއި ޕަވަންދީޕް ރާއްޖެ އައިސް ނަގާފައިވާ ފޮޓޯއެއް
ދެން މިއޮތީ މި ޝޯއެއްގެ އެންމެ ހާއްސަ ބައެވެ. ހަތަރު ފަންނާނުން ވެސް މިފަހަރު ކިޔައިދޭނީ އެމީހުން ބޭނުންވާ ލަވަތަކެއް ނޫނެވެ. ފޭނުންނަށް ރީތި ލަވަތަކެވެ.
ޝޯއަށް އައުމުގެ މާކުރިން ޕަވަން އާއި އަރޫނިތާ ދިގު ލަވަ ލިސްޓެއް ލިޔެފައި ޝޯގެ އިންތިޒާމް ކޮމިޓީއާ ހަވާލުކުރިކަން އެނގޭ ހެއްޔެވެ؟ އަހަރެމެން މި އާޓިކަލް ގައި އެ ލިސްޓުގައި ހިމެނޭ ބައެއް ލަވަތައް ހިމަނާލާނަމެވެ. މި އާޓިކަލްގެ ކޮމެންޓު ސެކްޝަނުގައި ލަވަތަކަށް ރިކުއެސްޓުކުރަމުން ގެންދަންވީ އެވެ.
އަރޫނިތާ އާއި ޕަވަންއަށް ރިކުއެސްޓު ކުރެވިދާނެ ރީތި ލަވަތައް
- ނީލީ ނީލީ އަމްބަރު ޕަރް
މި ނޫނަސް ފޭނުން ބޭނުންވާ ލަވަތައް ރިކުއެސްޓުކުރެވޭނެ އެވެ. ވަގުތު އޮތް ވަރަކުން ލަވަތައް ކިޔައިދޭން އަރޫނިތާ އާއި ޕަވަން ތިބީ ތައްޔާރުވެގެންނެވެ.