23 Sep 2017

ދިންބެގެ އިންޓްރޯ: އަމިއްލަ ރާގުގެ ހިތްގައިމުކަމެއް

ދިންބެގެ އިންޓްރޯ: އަމިއްލަ ރާގުގެ ހިތްގައިމުކަމެއް

By: Ahmed Nadym

މިފަހަރުގެ ހޮވުމަކީ 22 އަހަރުގެ ހުނަރުވެރި މިއުޒީޝަން މުހައްމަދު ސާދިން އެވެ. މިއީ ދިވެހި ލަވަ އާއި އަމިއްލަ ރާގާއި ޅެންވެރިކަމުގެ ބަގީޗާގައި މިވަގުތު ފިޔަޖަހަމުން އަންނަ އެންމެ ކުޅަދާނަ ޒުވާނުންގެ ތެރެއިން ހޮވާލެވޭ ޓެލެންޓެކެވެ.

ރައްޓެހިންގެ މެދުގައި "ދިންބެ" ގެ ނަމުން މަޝްހޫރުވެފައިވާ ސާދިން އަކީ އެހުންތެރިންގެ މެދުގައި ހަލުކަމާއެކު މަގުބޫލުކަން ހޯދަމުން އަންނަ ބޭންޑެއް ކަމުގައިވާ "ލިއޯވިލް" ގެ ފްރޮންޓްމޭނެވެ. ބޭންޑްގެ ހިތްގައިމު އަމިއްލަ ރާގުތަކާއި އެ ރާގުތަކަށް ލިޔެފައިވާ ލަވަ އާއި މާނަ ފުން ޅެންތަކުގެ ފަހަތުގައިވާ ހުނަރުވެރިޔަކީ މިއީ އެވެ. އެކަމަކު ދިންބެ ބުނަނީ މިވަރަށް އޭނާގެ މަސައްކަތް ފުރިހަމަވަނީ "ލިއޯވިލް" ގެ ހުރިހާ މެމްބަރުން އާއިލާއެއްގެ ގޮތުގައި މަސައްކަތްކުރާތީ ކަމަށެވެ.

"ދިންބެ"ގެ އިންޓްރޯ ވީޑިއޯ

އަމިއްލަ ގިނަ ރާގުތަކެއް ދިވެހިންނާ ހަމަ އަށް ގެނެސްދިން މަޝްހޫރު ލަވަކިޔުންތެރިޔާ ރުކުމާ އަލީ އަށް ބައްޕަކިޔާ ސާދިންގެ ވެސް އެންމެ ހާއްސަ ކަމަކީ ހިތްގައިމު އަމިއްލަ ރާގުތަކެއް އުފެއްދުމަށް ލިބިފައިވާ ކުޅަދާނަކަމެވެ. އެހެން މީހުން ކަވާ ސޯންގްތައް ރިކޯޑްކުރުމުގައި އަވަދިނެތި އުޅޭއިރު ސާދިން ފެށީ ވެސް އަދި މިހާރު ވެސް ބިޒީވެލައިގެން އުޅެނީ އަމިއްލަ، ދިވެހިވަންތަ ރާގާއި ލަވަ އުފެއްދުމުގަ އެވެ.

ސާދިން އަކީ ހަނދާން ނައްތާލާވަރުގެ ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާގެ އިންޓްރޯ ވެސް ހަނދާންނުނެތޭހާ ހާއްސައެވެ.

އިންޓްރޯ އަކީ ދިވެހި ޒުވާން ހުނަރުވެރިން ފާހަގަކޮށް ޕްރޮމޯޓްކުރުމަށް "ދޯ" ގެ ޓީމުން އުރީދޫގެ ހެޔޮއެދުންތަކާ އެކު ގެނެސްދޭ ވީޑިއޯ ސެގްމަންޓެކެވެ.

ލިއޯވިލްގެ ސައުންޑްކްލައުޑް ޕްލޭލިސްޓް.

Popular