ބަނޑިޔާޖެހުމުގައި ތޮއްޑޫ ސޯސަން ކުލަބަކީ އެއް ވަނަ އެވެ. އައްޑިހައިގެ ފަހުކޮޅުން ފެށިގެން، އޭރު ރާއްޖޭގައި ބޭއްވި ބަނޑިޔާ މުބާރާތްތަކުގެ ރަން ވަނަތައް މި ގްރޫޕުން ގެންދިޔަ އެވެ. މަޝްހޫރުވެފައި ވެސް އޮންނަނީ ތޮއްޑޫ ބަނޑިޔާ ގުރޫޕްގެ ނަމުންނެވެ.

ތޮއްޑޫ ބަނޑިޔާގެ ވާހަކަތައް އަލުން ދެކެވެން މި ފެށީ ޓޫރިޒަމް ދުވަހަށް، ބަނޑިޔާ ލަވައެއް މިހާރުގެ ގޮތަށް ކިޔުމާ އެކުގަ އެވެ. އެއީ 1989 ވަނަ އަހަރުގެ ބަނޑިޔާ މުބާރާތައް ސޯސަން ކްލަބުން ހުށަހަޅައިދިން "އޭ ރާއްޖޭގެ ރައްތައް" މި ލަވަ އެވެ.
މި ލަވަ ވައިރަލް މިވީ ނިމުނު މަހު ފާހަގަކުރި ޓޫރިޒަމް ދުވަހަށް، ޓޫރިޒަމް މިނިސްޓްރީން މި ލަވައިގެ ޒާމާނީ ވާޝަނެއް ވެސް ނެރެފައި ވަނިކޮށެވެ. "ރާއްޖޭގެ ރަށްތައް ފެހިކޮށްލަމާ" ގެ ނަމުގައި ދޫކޮށްލި މި އާ ލަވަ ކިޔާފައިވާ ވަނީ އައްފާން، ޒާރާ، ނިޝް އަދި ހައިޝަމް އެވެ.
ކޮމެންޓުތަކާއި ޕޯސްޓުތަކުގައި މީހުން ދައްކާފައި ހުރި ވާހަކަތަކުން އެނގޭ ގޮތުގައި މި ލަވައަކީ އޭރު ވެސް ވަރަށް މަޝްހޫރުވި ލަވައެކެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ކިޔައިދޭ މި ލަވާގައި އެދެނީ މި ކުދި ރަށްތައް ފެހިކޮށް ބާއްވާއި ރަށްތަކުގެ ދޮންވެލި ތުނޑިތައް ސާފުކޮށް ބާއްވައިދިނުމަށެވެ. ރާއްޖޭގެ ވެއްޓަކީ ދުނިޔޭގެ އެއް ވަނަ ލިބިފައިވާ ވެއްޓަކަށް ވާއިރު މި ރާއްޖެ ސާފުކޮށް ބޭއްވުމަށް އެދި ވަރުގަދަ މަސެޖެއް ދެ އެވެ.