28 Mar 2024

މި ކުޑަ ވިޔަފާރީގައި ކުދިކުދި ތަރިތައް ފިޔަޖަހަނީ

މި ކުޑަ ވިޔަފާރީގައި ކުދިކުދި ތަރިތައް ފިޔަޖަހަނީ

By: Aishath Mihna Nasih

ކުދިކުދި ތަރިތައް ފިޔަޖަހާ މަންޒަރަކީ އެންމެ ކުޑައިރުއްސުރެ ވެސް އާއިޝަތު ޖީލާން އެންމެ ޝައުގުވެރިވާ އެއްކަމެވެ. ކަޅުފޮއެ ރޭތަކުގައި ތަރިތައް އެކި ކުލަތަކުން ވިދާ ބަބުޅާ މަންޒަރާއި، އެކި ތަރުތީބަށް އެތުރި އެ ކިޔައިދޭ ވާހަކަތަކަކީ ފޫއްސެއްނުވެ ކޮންމެ ރެއަކުހެން ބަލައިލެވޭ މަންޒަރެކެވެ. ޖީލާންގެ މި ތަރިހަނދުގެ ދުނިޔެއަށް އިތުރަށް ފީނާލުމުގެ ފުރުސަތެއް ލިބުނީ ވަޒީފާއިން ދިމާވި ގާތް ރަހުމަތްތެރިޔާ އާއިޝަތު އުޝާމާ ވެސް އެ ޝައުގު ހިއްސާކުރުމުންނެވެ. ދެ މިތުރުންނަށް މާލެއިން ބޭރަށް ދަތުރުކުރެވުނަސް ތަރިތައް ބަލައިލަން ދިއުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

މި ހާއްސަ ޝައުގާއި ލޯބި ދެ މީހުން ބަދަލުކުރީ ކުޑަ ވިޔަފާރިއަކުުންނެވެ. އިންސްޓަގްރާމްގައި "ޔުއާ ސްކައި.އެމްވީ" ގެ ނަމުގައި މީގެ ތިން އަހަރު ކުރިން ހުޅުވި މި ޕޭޖުން ކޮންމެ މީހަކަށްވެސް ދެނީ ތަރިތަކުގެ ރީތި މަންޒަރެކެވެ. މިއަދު ލޯބިވެރިންނާއި، އެކުވެރިން އަދި ކައިވެނީގެ ހަފްލާތައް ފަޅުފިލުވާލަދޭ އަހަރެމެން ކޮންމެ މީހެއްގެ މޫނަށް ވެސް ހިނިތުންވުމެއް ގެނެސްދޭނެ ޕޭޖެކެވެ.

މިއީ ކިހިނެއް ފެށުނު މަސައްކަތެއް؟

ދެމީހުންނަކީ ވެސް ސްޓާ ގޭޒްކުރުމަށް ލޯބިކުރާ ދެމީހުން. ރަށަކަށް ދަތުރު ދިޔަޔަސް، ސްޓާގޭޒްކުރަން ވަގުތު ދެން. މިގޮތުން އެކިއެކި ކޮންސްޓެލޭޝަންސްއާއި ޕްލެނެޓްސް ރޭގަނޑުގެ އުޑުން ހޯދަން ޝައުގުވެރިކަން ހުރޭ ދެމީހުން ވެސް. ގިފްޓް އައިޑިއާއެއްގޮތަށް ފުރަތަމަ ސްޓާ މެޕް ޑިޒައިންކުރީ. އެކަމުގެ ތެރޭގައި މިކަމަށް ލޯބި ޖެހުނީ. އެގޮތަށް ސްޓާ މެޕް ހަދާފައި ހިތަށް އެރީ ވައިނޮޓް ވީ މޭކް އަ ބިޒްނަސް އައުޓް އޮފް ދިސް އޭ. އެގޮތަށް އަސްލު ފެށުނީ. ވިޔަފާރިއެއް ގޮތަށް މި މަސައްކަތް ފެށުނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި.

ސްޓާ މެޕްސް އަކީ ކޯއްޗެއް؟ މެޕްސް ތައްޔާރުކުރަނީ ކިހިނެއް؟

ސްޓާ މެޕްސްތަކުން މި ފެންނަނީ އެމީހަކު ބޭނުންވާ ވަކި ތާރީހެއްގައި ނުވަތަ ވަކި ވަގުތެއްގައި, ވަކި ސަރަހައްދެއްގެ ތަރިތައް އެތުރިފައި ހުރި ގޮތް ނޫނީ ކޮންސްޓްލޭޝަންސް. އަޅުގަނޑުމެންނަށް ކަސްޓަމަރަކު ތާރީހާއި ވަގުތު ދިނީމަ އެ ގަޑިއެއްގައި ތަރިތައް އުޑުމަތީގައި ހުރި ގޮތް އަބަދަށް ފެންނާނެ ހެން ކަސްޓަމަރަކު ބޭނުންވާ ތަސްވީރު ނުވަތަ ބަސްކޮޅެއް ހިމަނާލައިގެން މި ތައްޔާރުކޮށްދެނީ,

މިހާ ހިސާބަށް މި މަސައްކަތް ގެނައިގޮތް ކިޔައިދީބަލަ؟

މިހާރު ފުރަތަމަ ހެދި ސްޓާ މެޕަށް ބަލައިލުމުން ހިތަށް އަރަނީ ވަރަށް އާދައިގެ ގޮތަކަށޭ ޑިޒައިންކުރެވުނީ. ނަމަވެސް، މިހާ ހިސާބަށް އައިއިރު ވަރަށް ތަފާތު އެކި އެކި ޑިޒައިންތަކާއި އެކި މީޑިއަމްތަކުގައި އަޅުގަނޑުމެންގެ ޑިޒައިންތައް ތައްޔާރުކުރެވިއްޖެ.

އެގޮތުން ކުދި ކުދި ސްޓާ މެޕް ފްރޭމްތަކަކާ އެކު ފެށި ނަމަވެސް، މިހާރު ސްޓާރީ ލޭމްޕްސް އާއި އެނޫން ވެސް ޕްރޮޑަކްޓްތައް އަޅުގަނޑުމެން ވާނީ ތައާރަފުކޮށްފައި. އަދި ކުރިޔަށްއޮތްތާގައި ވެސް ދާނީ ތައާރަފު ކުރަމުން.

View this post on Instagram

A post shared by Your Sky (@yoursky.mv)

ރަސްމީ ވަޒީފާގައި އުޅެމުން މި މަސައްކަތް މެނޭޖުކުރާގޮތް ކިޔައިދީބަލަ؟

ދެމީހުން ވެސް އެއް ކޮމްޕެނީއެއްގައި މަސައްކަތްކުރާތީ ވަރަށް ފަސޭހަ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 8 ގަޑިއިރު މި ހޭދަަކުރަނީ އެއްކޮށް. ކޮންމެ ދުވަހަކު ވެސް އޮފީސް ނިންމާފައި ގާތްގަނޑަކަށް 3-2 ގަޑިއިރު ހޭދަކުރަނީ ޔުއާރާސްކައިގެ މަސައްކަތްތަކަށް. ޑެލިވަރީތައް ޝެޑިއުލްކުރަނީ އޮފީސް ބްރޭކަށް ނޫނީ އޮފީސް ގަޑިއަށް ފަހު.

މި މަސައްކަތުގައި މިހާތަނަށް އެންމެ ފާހަގަކޮށްލެވޭ ތަޖުރިބާތައް ހިއްސާކޮށްލެވިދާނެތަ؟

އަޅުގަނޑުމެންނަށް އައީ ތަފާތު ދެ އެކައުންޓުން ދެ އޯޑާ، ތަފާތު ދެ މަހެއްގައޭ ހަނދާންވަނީ، ދެން މިދެކުދިންގެ މެޕްސް ހަދާފައި ދުވަސް ކޮޅެއް ފަހުން ފޮނުވީ. އަސްލު އެ ދެ ހަދިޔާ ވެގެންދިޔައީ ބްރައިޑާއި ގްރޫމް އެކަކު އަނެކަކަށް ދިން ވެޑިން ގިފްޓަކަށް. ވަރަށް ސަޕްރައިސްވެފަ އެ ކަޕްލް ވެސް ތިބީ އަދި އަޅުގަނޑުމެން ވެސް ތިބީ، ރިއެކްޝަން ފެނުނީމަ ވަރަށް އުފާވި އަސްލު ނޭނގި ސޭމް ގިފްޓް ދެވުނީމާ. އެ ކަޕްލްގެ ރަން ވެސް ހެދީ ޔުއާސްކައި އިން.

އަދި ހަމަ އެގޮތަށް ދެ ބެސްޓްފްރެންޑްސް އަށް ވެސް އެއްފަހަރާ އޯޑާ ދެވުން ސޭމް ޑިޒައިން އަށް ދެން ދެކުދިންނަށް އޭތި ލިބިފަ އެކްސްޗޭންޖް ކުރީމާ އެކުދިންނަށް އިނގުނީ، އަޅުގަނޑުމެން ސަޕްރައިޒް ސްޕޮއިލް ނުކުރަން ވެގެން ނުބުނެ ތިބީ ސޭމް ސްޓާ މެޕް ވިއަސް ދެ ފޮޓޯއެއް ޔޫސް ކުރީމާ.

ޔުރ ސްކައިގެ ބައެއް މަސައްކަތްތައް.

ޔުއާ ސްކައި ގެ މަސައްކަތްތަކުގައި ކުރިމަތިވާ ދަތިތަކަކީ ކޮބާ؟

އަސްލު ހަގީގަތުގައި އަމިއްލަ ވިޔަފާރިއެއް ފަށައި، ފުޅާކުރުމަށް ރާއްޖޭގައި ހުރި ފުރުސަތުތައް މަދު އަދި ގިނަ ގޮންޖެހުންތަކެއް އެބަހުރި. އެއީ އަޅުގަނޑުމެން ވެސް ފަށައިގަތީ ދެމީހުންގެ ސޭވިންސް އިން ނަގައިގެން ހުރި ކުޑަ ކެޕިޓަލް ކޮޅަކުން.

އަލަށް ފަށާ ވިޔަފާރިތަކަށް އަސްލު ގްރޯ ވާން ބޭނުންވާ ލާރި ބޭންކުތަކުން ނުވަތަ އެނޫން ވެސް ގޮތްގޮތުން ހޯދަން ދަތި. އަދި ލޯނެއް ނެގިޔަސް، ބޮޑު އިންޓްރެސްޓެއް ދައްކަންޖެހޭ. ފަށައިގަންނަ ކުދި ވިޔަފާރިތަކަށް މިއީ ވަރަށް ބޮޑު ގޮންޖެހުމެއް.

ރާއްޖޭގައި ލިބެންހުންނަ ތަކެތި އަގުބޮޑުވެފައި، އެ ތަކެތި ލިބޭނެކަމުގެ ޔަގީންކަން ނެތުން އެއީ އަޅުގަނޑުމެން ކަހަލަ ވިޔަފާރިއަކަށް އޮންނަ ވަރަށް ބޮޑު ޗެލެންޖެއް. އަޅުގަނޑުމެން ސްޓާ މެޕްތައް ހެދުމަށް މި ބޭނުންކުރަނީ ކޮލިޓީ މެޓީރިއަލްސް. އެހެންވީމަ އެއަށް ބޭނުންވާ މެޓީރިއަލްސް ނުލިބޭކަމަށް ވަންޏާ އަޅުގަނޑުމެން ބޭނުންވާ ކޮލިޓީ ހިފަހައްޓަން ދަތިވޭ.

މީހުން ވަރަށް ބުނޭ، ރަށްޓެހިންނާ އެކު ވިޔަފާރި ނުކުރައްޗޭ، އެއީ ވިޔަފާރީގައި ހިނގާ ކަމަކުން ރަހުމަތްތެރިކަން ވެސް ގެއްލިދާނެތީ. މިކަމާ ދޭތެރޭ ދެކެނީ ކިހިނެއް؟

އަޅުގަނޑުމެން ދެކޭގޮތުގައި ދެމީހުން ވެސް އެކަކު އަނެކަކުގެ ޚިޔާލުތަކަށް އިޚްތިރާމްކުރާ ނަމަ ވިޔަފާރި ވެސް އަދި ރަހުމަތްތެރިކަން ވެސް ދުޅަހެޔޮކޮށް ދެމެހެއްޓޭ. ދެ ގުޅުން ދެމެހެއްޓުމަކީ ފަސޭހަކަމެއްނޫން. އެކަމަކު އަބަދުވެސް ރަނގަޅަށް ކޮމިއުނިކޭޓްކޮށް، ވިޔަފާރި މެނޭޖްކުރުމުގައި ދެމީހުންގެ ރޯލް ވެސް އަންޑަސްޓޭޑްވެގެން ކުރިއަށްދެވޭތޯ މަސައްކަތްކުރަނީ.

ޔުރ ސްކައިގެ ބައެއް މަސައްކަތްތައް--

ޔުއާ ސްކައި ގެ މަސައްކަތްތައް ކުރިއަށް ރާވާލާފައި އޮތީ ކިހިނެއް؟

މި މަސައްކަތުގައި އެންމެ އުފާވާ އަދި ހިތްހަމަޖެހޭ ކަމަކީ އެތައް ބައެއްގެ އުފާވެރި ހަނދާންތަކުގައި ބައިވެރިވެވޭތީ. މިހާތަނަށް 2,000 އަށް ވުރެ ގިނަ ސްޓާ މެޕް ހަދާފައިވާއިރު، އެތައް ބައެއްގެ އެނިވާސަރީ، ބާތުޑޭ، ރަން، ކައިވެނި އަދި އެނޫން ވެސް އުފާވެރި ދުވަސްދުވަހަށް ހާއްސަކޮށް ސްޓާ މެޕް ހަދާފައިވާނެ.

ކުރިމަގުގައި އަޅުގަނޑުމެން މަސައްކަތްކުރާނީ އިތުރަށް ފުޅާކުރުމަށް، ބޮޑުކުރުމަށް. އާ ޕްރޮޑަކްޓްސް ތައާރަފުކޮށް ކަސްޓަމަރުންނާ ހަމަޔަށް ގެނައުމަށް. އަޅުގަނޑުމެންގެ މި މަސައްކަތުގަ ކަސްޓަމަރުންގެ ވަރަށް ހޫނު ތަރުހީބު ދަނީ ލިބެމުން. އަދި ކުރިޔަށް އޮތްތާގައިވެސް ލިބޭނެކަމަށް އުންމީދުކުރަނީ

ކުދި ވިޔަފާރި

Popular