10 Oct 2017

ބޮޑުބެރުގެ ރަސްގެފާނަށް ނުވިނަމަ؟

އޭނާގެ އަޑާއި ސިފަ އާއި އިސްކޮޅާއި ހެދިހުރި ރޫފަ އާއި އިސްތަށިގަނޑަކީ ވެސް އެތައް ބަޔަކު ޝައުގުވެރިވެ ތައުރީފު އޮއްސާ ސަބަބުތަކުގެ ތެރެއިން ސަބަބެވެ. މަންޑޭއަކީ މިފަހުން އުފެދުނު އެންމެ ނުފޫޒުގަދަ ނުވަތަ އެންމެ މަގުބޫލު ޒުވާން ޝަހުސިއްޔަތެވެ.

އޭނާގެ އަޑާއި ސިފަ އާއި އިސްކޮޅާއި ހެދިހުރި ރޫފަ އާއި އިސްތަށިގަނޑަކީ ވެސް އެތައް ބަޔަކު ޝައުގުވެރިވެ ތައުރީފު އޮއްސާ ސަބަބުތަކުގެ ތެރެއިން ސަބަބެވެ. މަންޑޭއަކީ މިފަހުން އުފެދުނު އެންމެ ނުފޫޒުގަދަ ނުވަތަ އެންމެ މަގުބޫލު ޒުވާން ޝަހުސިއްޔަތެވެ.

By: Ahmed Nadym

އިބްރާހިމް މަމްދޫހް ނުވަތަ ދިވެހި ޒަމާނީ ބޮޑުބެރުގެ ރަސްގެފާނު މަންޑޭގެ ވާހަކަ ފެށިދާނެ އެތައް ގޮތެއް އެބައޮތެވެ. މިއީ އެވަރަށް ވެސް ސަޅި، އެފަދަ އެތައް ސިފަތަކެއް އެމީހަކަށް ލިބިފައިވާ އާޓިސްޓެކެވެ. އޭނަގެ އަޑާއި ސިފަ އާއި އިސްކޮޅާއި ހެދިހުރި ރޫފަ އާއި ބޮލުގައި އޮތް އޮމާން އިސްތަށިގަނޑަކީ ވެސް އެތައް ބަޔަކު މި ޒުވާނަކަށް ޝައުގުވެރިވެ ތައުރީފު އޮއްސާ ސަބަބުތަކުގެ ތެރެއިން ސަބަބެވެ. ކުރުގޮތަކަށް ބުނަނީ ނަމަ މަންޑޭއަކީ މިފަހުން އުފެދުނު އެންމެ ނުފޫޒުގަދަ ނުވަތަ އެންމެ މަގްބޫލު ޒުވާން ޝަހުސިއްޔަތެވެ.

ޒުވާނުންގެ އެވޯޑް 2015 ވަނަ އަހަރު ހާސިލުކޮށްފައިވާ މަންޑޭ، އޭނާގެ ފަންނުގައި އެންމެ އުހަށް އަަރައިގެން ދިޔައީ ޓީވީއެމްގެ މަޝްހޫރު ބޮޑުބެރު ޗެލެންޖު ސިލްސިލާއިންނެވެ. އެ މުބާރާތުގެ ފުރަތަމަ އަހަރާއި ދެ ވަނަ އަހަރު ހަރުބީ ބޮޑުބެރު ގްރޫޕަށް ކާމިޔާބު ލިބުމުގައި މަންޑޭ އަދާކުރި ރޯލު ވަރަށް ވެސް ބޮޑެވެ. ނަތީޖާއަކަށް ވެގެންދިޔައީ މަންޑޭގެ އެ މޭސްތިރިކަމާ އެކު ބޮޑުބެރަށް ޒަމާނީ އިންގިލާބެއް އައުމެވެ. މި އިންގިލާބުގެ އަޑާއި މޫނަކަށް ވެގެންދިޔައީ މަންޑޭކަމާ މެދަކު އެއްވެސް ޝައްކެއް ނެެތެވެ.

އެހެންވީމަ މަންޑޭ އެ ދުވަހު އެގޮތަށް ނުފެނުނު ނަމަ ނުވަތަ ބޮޑުބެރުގެ އިންގިލާބީ އަޑަކާއި ހުނަރުވެރިއަކަށް ނުވި ނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ޒަމާނީ ބޮޑުބެރު މިގޮތަށް، މިވަރަށް މަޝްހޫރުވެދާނެ ހެއްޔެވެ؟ އަދި މިވަރަށް މަޝްހޫރު ބޮޑުބެރު ޝަހުސިއްޔަތަކަށް ނުވިނަމަ މަންޑޭ ދެން ފެނިގެން ދިޔައީހީ ކޮން ދާއިރާއަކުން ހެއްޔެވެ؟

މި ހުރިހާ ސުވާލަކަށް މަންޑޭގެ ޖަވާބު އެބައޮތެވެ. "ނުވިނަމަ" ވީޑިއޯ ޕްލޭކޮށްލާށެވެ.

ހަރުބީ ބޮޑު ބެރު

Popular