10 Mar 2019

އުދުހެން ބޭނުން މީހުންނަށް އިއްބަޑޭގެ ވާހަކަ

އުދުހެން ބޭނުން މީހުންނަށް އިއްބަޑޭގެ ވާހަކަ

By: Shamila Ibrahim

އިބްރާހިމް ހުސެއިން (އިއްބަޑޭ) ގެ އެއްވެސް ތައާރަފެއް ބޭނުންވާނެހެން ހިއެއް ނުވެ އެވެ. ޔޫޓިއުބުން ފެނުނު ވީޑިއޯއަކަށްފަހު ހައިޑްރޯ ސްޕޯޓްސްގެ ތެރެއަށް ވަދެވި، އޭގެތެރެއިން ވެސް ފްލައި ބޯޑިން ހާއްސަވީ އުމުރުން ތިރީހަކަށް އަހަރު ވަނިކޮށެވެ.

މިހާރު އުމުރުން 37 އަހަރުގެ އިއްބަޑޭ އަކީ ރާއްޖޭގައި މި ދާއިރާ މަޝްހޫރުކޮށްދިން މުހިންމު ނަމެކެވެ. މި ފަހުރާއެކު، މިފަދަ އެހެން ކުދިންތަކެއް ދާއިރާއަށް ނެރުމަށް، މޯލްޑީވްސް ފްލައިބޯޑާސް" ގެ މި އިންސްޓްރަކްޓަރު އަންނަނީ ބޮޑެތި މަސައްކަތްތަކެއް ވެސް ކުރަމުންނެވެ.

ވޯޓާ ސްޕޯޓްސްއާ ހިލާފަށް، ގިނަ ވަގުތު ފެނަަށްވުރެ މަތީގައި ހޭދަކުރަން ޖެހޭ ހައިޑްރޯ ސްޕޯޓްސް ރާއްޖޭގައި މަގުބޫލެވެ. މިކަމުގައި ކުރިއަރައި ދާން ބޭނުން ނަމަ އިއްބަޑޭގެ ވާހަކަ އަހާށެވެ. މިއީ މި ކުޅިވަރުގައި ދުނިޔޭގެ އަށް ވަނަ އެވެ.

އިއްބަޑޭ މި ނޫން ދާއިރާއަކުން ކުރިއަށްދާކަށް ވެސް މިހާރު ބޭނުމެއް ނުވޭ

1. ފްލައި ބޯޑު ކުރުން މިއީ ހޮބީއެއްގެ ގޮތަށް ފެށި ކަމެއްތަ؟

"ނޫނޭ. އެއީ ހަމަ ކުޑައިރުއްސުރެން އެކަމަށް ވިޝަންއެއް އިނދެގެން ކެޕޭސިޓީ ވެސް ހުރިކަމަށް ގަބޫލުކޮށް، އެވަރަށް އެފަޓް ލައިފިއްޔާ އިންޓަނޭޝަނަލް ލެވެލްއަކަށް ވެސް ދެވޭނެ ކަމަށް ގަބޫލުކޮށްގެން ފެށި ކަމެއް. އަނެއްހެން ލިބުނު ޗާންސަކުން ފެއްޓީ.

އޭރު ދެން ފްރެންޑްސްގެ ހެލްޕާއެއްކޮށް މަޑުމަޑުން ދަސްކުރަމުން އައީ. ޔޫޓިއުބުން ވީޑިއޯތައް ބަލައިގެންނާ އެކި ގޮތްގޮތުން އެކްސްޕީރިއަންސް ކޮށްގެން ދަސްކުރީ"

2. ސޭފްޓީއަށް ވިސްނާފަ ކޮންކޮން ކަންތައްތަކެއް ކުރަނީ ފްލައިބޯޑް ކުރާއިރު؟

"ސޭފްޓީއަށް ވިސްނާފަ ޖެޓް އަބަދުވެސް ކޮންޑިޝަންގަ ބާއްވަން ވިސްނަން. އެއީ ވަޔަލަސް ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއްގެ އެހީގަ އުނދުހޭއިރު ވަރަށް ބަލަން ޖެހޭނެތާ. ޑަބަލް ޗެކްވެސް ކޮށްފަ މައްސަލައެއް އުޅެންޏާ އެކަމެއް ފިކްސް ކޮށްފަ ފަށަނީ. (ފްލައިބޯޑު ނޫނަސް)، އޯވަރަލް ހުރިހާ ކުޅިވަރެއްގަ ވެސް މިކަން ކުރެވޭ ކަންނޭނގެ.

ދަސްކުރަން ފެށިއިރު ހުންނާނެ ބޭޑް ފޯލްސް އެކްސްޕީރިއަންސް ކޮށްފަ. ވެޓުނީމަ ތެދުވެގެން ހަމަ ކުރިއަށް ގޮސްގެން މި ހިސާބަށް ވެސް މި އާދެވުނީ"

3. އިއްބަޑޭގެ ތި ދިގު އިސްތަށިގަނޑުގެ ސަބަބުން ފްލައިބޯޑަށް އެެއްވެސް ނެގަޓިވް އިންޕެކްޓެއް އިނދޭތަ؟

"(މިކަން ކުރާ) އެންމެންނާ ވަރަށް ތަފާތުކޮށް ދޯ އިސްތަށިގަނޑު މި އިންނަނީ. އޭތީގަ އަސްލު ނެގަޓިވް އެއްވެސް ކަމެއް ނެތް. މިސާލަކަށް ބޯ ދިގުވެގެން އިޝޫއެއް ނާނދޭ މިކަހަލަ ދާއިރާއެއްގަ އިންޓަނޭޝަނަލް ލެވެލްއެއްގަ ގޮސް އުޅޭއިރު ވެސް. އެ ކަންތައްތައް އެމީހުން ބަލައިގަނޭ ޕާސަނަލް ކަމެއްވީމަ.

އަނެއްކާ އިސްތަށިގަނޑު މިހެން ހުރީމަ ބޮލުގެ ޓްރިކްސް އާ އެއްޗެހި ހަދާއިރު ވެސް އަންނަ އިމޭޖް އެހެން މީހުންނާ ތަފާތު ވޭ ކަންނޭނގެ ދޯ. އެކަމަކު އަނެއްހެން ވަކި އުނދަގުލެއް ވެސް ނޫން ފްލައި ބޯޑު ކުރާކަށް ނޫނީ މި ދާއިރާގަ އުޅޭކަށް"

މިހާރު ފްލައި ބޯޑު ކުރުމަކީ އިއްބަޑޭގެ ލައިފްގެ އެއްބައި

4. ފްލައި ބޯޑު ކުރުމުގައި ވަގުތު ހޭދަކުރާ ގޮތް ކިޔައިދީބަލަ؟

"ޓްރެއިނިންއެއް ނެތިއްޔާ އެ ދުއްވާ ދުވަހަކު ތިން އިރު ދުއްވާލަން. އެއީ ވީކް އަކު ތްރީ ޑޭސް ވަރު. މިސާލަކަށް ހެނދުނު ދުއްވާލާފަ، އަނެއްކާ މެންދުރު ދުއްވާލާފަ ދެން ހަވީރު ދުއްވާލަނީ. ގާތްގަނޑަކަށް 30 ވަރަކަށް މިނިޓްސްގެ ރައިޑް އުޅޭނީ އާންމުކޮށް. ކުރީގަ ވެއްޖިއްޔާ އުޅެން ގަޑިއިރެއްވާއިރު ވެސް، ހަމަ ޕެޓްރޯލް ހުސްވިޔަސް. ދެން ފަހުން ފަހުން އައިސް ކޮމްޕެޓިޝަން ތަކަށް ރެޑީވާން ޓްރިކްސް އެއްޗެހި ޓައިމް ލިމިޓް ކޮށްލާފަ މި އިންނަނީ"

5. ފްލައިބޯޑު ލައިފްގަ ދިމާވި އެންމެ މެމޯމޮރަބަލް ނޫނީ އުފާވި ދުވަހަކީ ކޮބާ؟

"ވިނިން ދޯ އެންމެ މެމޮރަބަލް ކަމަކަށް އިންނާނީ. ޔޫރަޕިއަން ޗެންޕިއަންޝިފްގެ ތިންވަނަ 2016 ވަނަ އަހަރު ލިބުނީމަ ވެސް ވަރަަށް އުފާވި. އެއީ އަނެއްހެން ބުނަންޏާ، ޔޫރަޕްގަ ވެސް ބޭއްވޭ އެންމެ ބޮޑު އެއް މުބާރާތް. ދެން ޔޫއެސްގަ ބޭއްވި މުބާރާތުން ދުނިޔޭގެ އަށްވަނަ ލިބުނީމަ ވެސް ވަރަށް ވަރަށް އުފާވި.

މިހާރު ދެން އަނެއްހެން ވަރަށް އުފާވޭ. އެއީ ހަމަ ލައިފް ޓައިމް އެޗީވްމަންޓެއްގެ ގޮތުގަ ސިފަ ކުރާނީ"

6. ތިކަހަލަ ސަކްސެސްފުލް މީހަކަށް ވެވުނު ގޮތް ކިޔައިދީބަލަ!

"ވިތު ހާޑްވޯކް އެންޑް ޑެޑިކޭޝަން. ދެން ސެލްފް ބިލީވް. އަނެއްހެން ވަކި ސީކްރެޓްއެއް ނޫން ކަންނޭނގެ. ހަމަ ހިއުމަން ލައިފްގަ ފޮލޯ ކުރާ އެ ރޫލް ފޮލޯ ކުރަނީ"

7. އިންޓަނޭޝަނަލް މުބާރަތްތަކަށް ރެޑީވަނީ ކިހިނެއް؟

ފްލައި ބޯޑިންގައި ލައިފްޓައިމް އެޗީވްމެންޓެއް ލިބިއްޖެކަމަށް އިއްބަޑޭ ގަބޫލު ކުރޭ

"ޕްރެކްޓިސް ވަރަށް މުހިންމު. އެކަމުގަ ހުރޭ ދަތިތަކެއްވެސް، ފަސޭހަ ތަކެއްވެސް. ވަރަށް ޕްރެކްޓިސް ކޮށްގެން ހަމަ ވަރަށް ޕްރިޕެއާ ވެގެން ކޮންމެ ފަހަރަކު ވެސް ދަނީ.

އެގޮތަށް ފުރަތަމަ މުބާރާތަކަށް ދިޔަ ފަހަރު ވަރަށް އެކްސައިޓް ވި. އެއްވެސް ބިރެއް ނުގަނޭ. މާ އިސްކޮޅުން ބޮޑު ބައެއް ދިމާވިއޭ ކިޔާފަ ވެސް އެއްވެސް އެއްޗެކޭ ހަމަ ހިތަކަށް ނާރާ"

8. ފްލައިކުރަން މަތީގަ އޮންނައިރު ކުރެވެނީ ކޮންކަހަލަ އިހްސާސެއް؟

"ވަރަށް ފްރީޑަމް އިނދޭ. ވަރަށް ނުފެންނާނެ ވިއުއެއް އެ ގަޑީގަ އެ ފެންނަނީ. އެގޮތަަށް އޮންނައިރު ވިލިމާލެ އެެއްކޮށެއް ނުފެނޭ. އެކަމަކު ފުދޭ ވަރަކަށް ބޮޑު އޭރިއާއެއް ކޮންމެ ފަހަރަކުވެސް ބަލާލެވޭ. އަނެެއްހެން ބުނަންޏާ، ބީޗް އޭރިއާ އެއްކޮށް ކަހަލަ ގޮތަކަށް ފެންނާނެ"

9. މިއީ ރާއްޖޭގަ ފިއުޗާ އޮތް ދާއިރާއެކޭ ބުނެވިދާނެތަ؟

"ވަރަށް ބޮޑު ފިއުޗާއެއް އޮތް ދާއިރާއެއް މީ. މުޅި ޓުއަރިޒަމް އިންޑަސްޓްރީގަ ވެސް އެންމެ ވަރުގަދަ ވާނެ އެއް މާކެޓިން ޓޫލްއަށް ވާނެ މިކަން. ފުލް ޓައިމްކޮށް އިންކަމް ހޯދަން ވެސް ރަނގަޅު ކަމެއް މީ. ހަމަ އެކަނި ފްލައި ކޮށްގެން ވެސް ޖެނެރޭޓް ކުރެވޭނެ ފުދޭ ވަރަކަށް ބޮޑު ވަރެއް. އަންހެން ކުދިން ވެސް، ނުޖެހޭނެ އަންހެން ކުއްޖަކަށްވީތީއޭ ކިޔާފަ އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހޭކަށް"

އިއްބަޑޭ ކުޑައިރު ވެސް ވަގުތު ލިބޭ ވަރަކުން އަބަދުވެސް މޫދަށް ގޮސް އުޅޭ.

10. މިކަން ކުރަން ބޭނުންވެފަ ހުރި ކުއްޖަކަށް ބުނެލާނީ ކީކޭ؟

"އެއްވެސް ގޮތަކަށް ފަހަތަށް ނުޖެހި، އަންނާށޭ އުނދުހިލަން ދާން"

އިބްރާހިމް ހުސެއިން (އިއްބަޑޭ) ވޯޓާ ސްޕޯޓްސް

Popular