22 Jan 2020

By: Ifraz Ali

އެކުގައި އުޅޭ ގާތް ރައްޓެއްސެއްގެ ކައިވެންޏަށް، އޭނާގެ އެދުމުގެ މަތިން، އިތުރު އެހެން ރައްޓެއްސެއްގެ ވެސް އެހީއާ އެކު އަހްމަދު ޝުހައިލް އެމީހުންގެ ކައިވެނި ހަފުލާގެ ހުރިހާ އިންތިޒާމްތަކެއް ހަމަޖައްސައިދިނެވެ. އެއީ މީގެ 12 އަހަރު ކުރިންނެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން، ކައިވެނީގެ ރަން ތައްޔާރުކުރަން ވެސް އެކުވެރިޔާ ހަވާލުކުރީ ޝުހައިލްއާ އެވެ. ޝުހައިލްގެ "ކައިވެނީގެ ރަން ބައި އުތީމު މަހާރަދުން" ފެށުނީ މި ހިސާބުންނެވެ.

އަހްމަދު ޝުހެއިލް: ރަން ހެދުމުގެ މަސައްކަތް ކުރާތާ 12 އަހަރުވެއްޖެ.

"އެކުވެރިޔާ ބުނީ ރަން ދޭން ތިމަންނަ ބޭނުންވަނީ ވަކި ލާރިންނޭ. 1،111ރ. އަށް ރަން ކީ. އޭތި ކޮންމެސް ގޮތަކަށް އެއްޗަކަށް އަޅައިފައި ދޭށޭ،" މި މަސައްކަތް ކުރަން ޝައުގުވެރިކަން އުފެދުނީ އެހާ ހިސާބުން ކަމަށް ބުންޏެވެ.

ޝުހެއިލް އެންމެ ފުރަތަމަ ހެދި ރަން: މިއީ ރައްޓެއްސެއްގެ ކައިވެންޏަށް ހެދި އެއްޗެއް.

އެމީހުންގެ ކައިވެނީގެ ރަން ތައްޔާރުކުރީ، ރުނބައެއްގެ ތެރެއަށް ވަކި ލާރީިތައް އެޅުމަށް ފަހު، އެ ރުނބާ ވަށައިގެން ރޯނު އޮޅައިގެންނެވެ. އަދި ރުނބާގެ މަތި ބަންދުކުރީ ރުކުގެ އިލާއިންނެވެ.

ޝުހައިލްގެ މޮޅު ހުނަރުން ތައްޔާރުކުރާ މި ކައިވެނީގެ ރަނުގެ އިތުރުން، މި މަސައްކަތުގައި އޭނާ ބޭނުންކުރާ ނަމަކީ އެންމެ ގިނަ ބަޔަކު އަޅައިގަންނަ އެކައްޗެވެ. އެ ނަން އޭނާ ބޭނުންކުރަނީ އޭނާގެ އުފަން ރަށަކީ ހއ.އުތީމަށް ވެސް ވީމަ އެވެ.

View this post on Instagram

A post shared by Utheem Mahaaradhun (@kaiveneegeran) on

"އަސްލު ދިވެހިންގެ ސަގާފަތާއި ތާރީހަށް ވަރަށް ބޮޑަށް ލޯބިކުރަން. އެހެންވީމަ ހިތަށް އެރީ މި ޒަމާނުގެ ކުދިންނަށް އެ ދިރުވޭނީ ހަމައެކަނި އުތީމުގައި ގަނޑުވަރުގެ ހުރެގެނެއް ނޫނޭ،" އެ ނަން ބޭނުންކުރާތީ ބައެއް މީހުން ހިތްހަމަނުޖެހޭ ކަމަށް ވެސް ބުންޏެވެ.

"އެ ފެންވަރުގެ މީހަކަށް ނުވާނޭ ކޮންމެ ގޮތެއް ވިޔަސް. އެ ނަން ބޭނުމެއް ވެސް ނުކުރެވޭނޭ މީހުން ބުނޭ. އެކަމަކު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނަމެއް ދިރުވާ ކަމަށްވާ ނަމަ އެ ނަން ކޮންމެ ވެސް ގޮތަކަށް ގެންނަން އެބަޖެހޭ،" އެހެންވެ ފުރަތަމަ އެ ނަން ޖެހީ ފޭސްބުކް ޕޭޖެއް ހަދައިގެން އޭގަ އެވެ.

View this post on Instagram

A post shared by Utheem Mahaaradhun (@kaiveneegeran) on

ފުރަތަމަ މިކަން ފެށިއިރު، ރަން ހަދައިދިނީ ހަމައެކަނި ރައްޓެހިންނަށެވެ. ފަހުން އެކި މީހުންނަށް އެނގި، ގިނަ ބަޔަކަށް ރަން ހަދައިދޭން ފެށީ އެވެ. ޝުހެއިލް ބުނީ ގިނަ މީހުންނަށް އޭނާ މިކަން ކުރާކަން އެނގުނީ 2012 ގެ ފަހުން ކަމަށެވެ. އެއީ ފޭސްބުކް ޕޭޖެއް ހެދިތަނާހެންނެވެ.

"އެކި ދުވަސްވަރު ހިނގަނީ އެކި ވައްތަރުގެ އެއްޗެހި [ރަން]. މި ދުވަސްކޮޅު އެންމެ ހިނގަނީ ބޭންކް ސްލިޕް. އޭތި ވެސް ވަރަށް ފަހުރުވެރިކަމާ އެކު ބުނެލަން ކެރޭ އެންމެ ފުރަތަމަ ވުޖޫދަށް ގެނައީ އަޅުގަނޑު،" އޭގެ ފަހުން އެކި މީހުން އެކި ގޮތް ގޮތަށް މިހާރު ބޭންކް ސިލްޕުން ރަން ހަދައިދޭ ކަމަށް ބުންޏެވެ.

View this post on Instagram

A post shared by Utheem Mahaaradhun (@kaiveneegeran) on

ޝުހެއިލް ބެންކް ސިލްޕް ރަން ހަދަނީ ލަކުޑި ފިލާގައި، އަކުރު ކަނޑާ ނަގައިގެންނެވެ.

ބައެއް ފަހަރަށް ކައިވެނިކުރާ ދެމީހުން މަސައްކަތްކުރާ ފީލްޑާ ގުޅޭ ގޮތަށް ވެސް ރަން ހަދައިދެ އެވެ.

View this post on Instagram

A post shared by Utheem Mahaaradhun (@kaiveneegeran) on

"މިސާލަކަށް ޕައިލެޓުން އެބަހުރި މަތިންދާބޯޓް ނުވަތަ ރަންވޭ ބޭނުންކޮށްފައި، ވޮލީ ކުޅޭ ކުޅުންތެރިން އެބަހުރި ވޮލީކޯޓް، ފުޓްބޯޅަ ކުޅޭ ކުޅުންތެރިން އެބަހުރި ފުޓްބޯޅަދަނޑު، އައިޓީގައި މަސައްކަތްކުރާ މީހުން މަދަބޯޓް ކަހަލަ އެއްޗެހި ވެސް އެބަހުރި ބޭނުންކޮށްފައި،" ޝުހެއިލް ކިޔައިދިނެވެ.

އަހަރެއްގެ މައްޗަށް ވަރަށް ގިނަ ރަން ޝުހައިލް ހަދައިދެ އެވެ. މިދިޔަ އަހަރު ހެދި ރަނުގެ އަދަދު އަދި ނުގުނި ނަމަވެސް، އޭގެ ކުރީ އަހަރު 358 ރަން ވަނީ ހަދައިދީފަ އެވެ. މިދިޔަ އަހަރު އެންމެ ގިނަ ރަން ހެދީ 19/11/19 ވަނަ ތާރީހުގަ އެވެ. އެއީ 12 ރަނެވެ.

View this post on Instagram

A post shared by Utheem Mahaaradhun (@kaiveneegeran) on

ރަނުގެ އިތުރުން ގެސްޓް ބުކާއި ބާތުޑޭ ގިފްޓް ވެސް އޭނާ ހަދައިދެ އެވެ. ޝުހައިލް ބުނީ މާލޭގެ އިތުރުން ރަށްރަށުންނާއި ރާއްޖޭން ބޭރުން ވެސް، ރަން ހަދައިދޭން އޭނާ އަށް އޯޑަރުތައް އަންނަ ކަމަށެވެ. ޝުހައިލް ރަން ތައްޔާރުކޮށްދީފައިވާ މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ސިޔާސީ މީހުންނާއި އެތުލީޓުން އަދި ފިލްމީ ތަރިން ވެސް ހިމެނެ އެވެ.

ސިފައިންގޭގައި މަސައްކަތް ކުރަމުން ޝުހެއިލް މި ކަމަށް ވަގުތު ހުސްކުރަނީ ޑިއުޓީ ނިންމާލައިފައި އެ ލިބޭ ވަގުތުގަ އެވެ.

View this post on Instagram

A post shared by Utheem Mahaaradhun (@kaiveneegeran) on

"ސިފައިންގެ ވަޒީފާގައި އުޅެމުން ވެސް ހުނަރު ތަރައްގީކުރަން ދޭ ފުރުސަތުތަކަށް ޝުކުރު އަދާކުރަން ވެރިންނަށް،" ސިފައިންގެ އަދި އެހެނިހެން އެގްޒިބިޝަންތަކުގައި ބައިވެރިވެ، އޭނާގެ މަސައްކަތްތައް ދައްކާލައިގެން ކާމިޔާބީތައް ލިބުނު ކަމަށް ޝުހެއިލް ބުންޏެވެ.

ޝުހެއިލް ބުނީ ކުރަން ކެރިއްޖެ ނަމަ މި ކަހަލަ މަސައްކަތަކީ ކޮންމެ ޒުވާނަކަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.

އަތްތެރި މަސައްކަތް ކައިވެނި ހަފްލާ ކައިވެނި ޕާޓީ ހއ. އުތީމު

Popular