9 Jul 2020

މޯޑްއާ އެކު ކަނޑުއަޑިއަށް

މޯޑްގެ އިންސްޓަގްރާމް ބަޔޯގައި ލިޔެފައިވާ ގޮތަށް އޭނާ އަކީ އަބަދުވެސް، ހުރިހާ ވަގުތަކުވެސް "ކަނޑުގެ ދަރިއެއް"

މޯޑްގެ އިންސްޓަގްރާމް ބަޔޯގައި ލިޔެފައިވާ ގޮތަށް އޭނާ އަކީ އަބަދުވެސް، ހުރިހާ ވަގުތަކުވެސް "ކަނޑުގެ ދަރިއެއް"

By: Ifraz Ali

ރާއްޖޭގެ އުތުރުން ދެކުނަށް، ހުރިހާ ރަށަކަށް ދަތުރުކޮށް، އެ ރަށްރަށުގެ ކަނޑުއަޑީގެ ހިތްގައިމުކަން ލޮލުން ދެކި، އިހުސާސްކޮށްލުމަކީ މުހައްމަދު އަލީ (މޯޑް) ގެ އެންމެ ބޮޑު ހުވަފެނެވެ. އެ ހުވަފެން އަދި ހަގީގަތަކަށް ނުވިޔަސް އޭނާ އަށް މިހާރު ދެވިފައި ހުރި ރަށްތަކުގެ ލިސްޓް ވެސް ވަރަށް ދިގެވެ. ކުރެވުނު ތަޖުރިބާތައް ވެސް ވަރަށް ފޮންޏެވެ. "މޯޑެކްސް" ގެ ނަމުގައި ހަދާފައިވާ އޭނާގެ އިންސްޓަގްރާމް ޕްރޮފައިލް އަށް ވަދެ ބަލާލުމުން، އޭނާއަށް ކުރެވުނު އެ ފޮނި އިހުސާސްތަކުގެ ތެރެއަށް، ބަލާ މީހަކު ވެސް ގެނބިގެން ހިނގައިދާނެ އެވެ. ފްރީޑައިވްކުރުމާއި ކަނޑުއަޑީގެ ހިތްގައިމުކަން ފިލްމުކުރުމާއި ފޮޓޯނެގުމަކީ، މޯޑް މިހާރު އެންމެ ޝައުގުވެރިކަމާ އެކު، ކުރާހިތުން ކުރާ އެއް ކަމެވެ.

"ޅައިރު ރަށުގައި އުޅުން ދުވަސްތަކުގައި އަބަދު ވެސް އުޅޭނީ މޫދުގައި،" މޯޑްގެ އިންސްޓަގްރާމް ބަޔޯގައި ލިޔެފައިވާ ގޮތަށް އޭނާ އަކީ އަބަދުވެސް، ހުރިހާ ވަގުތަކުވެސް "ކަނޑުގެ ދަރިއެކެވެ".

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތް ކުރަމުން، މޯޑް މޫދަށް ދާން ވަގުތު ހޯދަނީ އޭނާއަށް ލިބޭ ހަފުތާ ޗުއްޓީ ދުވަސްތަކުގަ އެވެ. ނުވަތަ ދިގު ޗުއްޓީއެއް ލިބިއްޖެ ނަމަވެސް، ފުރަތަމަ ވެސް ރާވާނީ މޫދަށް ދާށެވެ. ޗުއްޓީގެ ގޮތުގައި ލިބޭ ދުވަސްތައް ގިނަ ނަމަ ދުރު ހިސާބު ރަށަކަށެވެ. އަދި މަދު ނަމަ މާލެ ކައިރި ކޮންމެވެސް ތަނަކަށެވެ. ކުރިން ހަމައެކަނި މަޖާކޮށްލަން މޫދަށް އެރެން ދިޔަ ނަމަވެސް، ފަހުން އޭނާގެ ޝައުގުވެރިކަން އުފެދުނީ ކަނޑުއަޑިން އޭނާއަށް އެ ފެންނަ ހިތްގައިމުކަން އެހެން މީހުނަށް ދައްކާލުމަށް ތަސްވީރުތަކުގައި ރައްކާކުރުމަށެވެ.

"އޮޕަރޭޝަނެއް ކޮށްގެން ރިކަވަރީއަށް އުޅުނު ދުވަސްތަކުގައި ވަރަށް ގިނައިން މޫދަށް ދާން ފެށީ. ފޮޓޯގްރެފީގެ ކަންކަން ބޮޑަށް ފެށުނީ އެ ހިސާބުން،" މީގެ ހަތަރު އަހަރު ކުރި ހަނދާންކުރަމުން މޯޑް ބުންޏެވެ.

"މޫދަށް ދަނީ ގިނައިން ރައްޓެހިން ގޮވައިގެން. ބައެއް ރައްޓެހިންނަށް ފޮޓޯ ނަގައިދޭން، ދެން ތިބޭނެ ހަމަ މޫދަށް އެރިލާ ހިތުންދާ ރައްޓެހިން،" ރައްޓެހިންނަށް ކޮށްދެމުން އައި މިކަން މަޑުމަޑުން ކުރިއަރުވަމުން ގޮސް، މިހާރު ވިޔަފާރި އުސޫލުން ވެސް ބައެއް މީހުންނަށް މޫދު ފޮޓޯޝޫޓްތައް ނަގައިދޭ ކަމަށް ބުންޏެވެ.

މިއީ "ކަނޑުގެ ދަރީ"ގެ އިންސްޓަގްރާމަށް އަހަރެން ގެނބިގެންގޮސް ލޮލުގައި އަޅައިގަނެ، ދޫނުކޮށްލެވުނު ބައެއް ފޮޓޯތަކާއި އޭގެ ވާހަކަތަކެވެ.

މޯޑް ފިޝް ޓޭންކްގައި

View this post on Instagram

A post shared by Mohamed Ali (@mod3yx) on

"ފިޝް ޓޭންކް" އަކީ މާލެ އަތޮޅު ކަނޑުއޮށްގިރީގެ ފަރެވެ. މިގޮތަށް ނަން ދެވިފައި ވަނީ ސްކޫބާ ޑައިވަރުންގެ މެދުގައި މިތަން، ފިޝް ޓޭންކްގެ ނަމުން މަޝްހޫރުވެފައިވާތީ އެވެ. އެއީ މި ސްޕޮޓަކީ ބައިވަރު ވައްތަރުގެ މަސްތަކާއި އަދި މަޑި ވަރަށް ގިނައިން ފެންނަ ތަނަކަށް ވީމަ ކަމަށް ބެލެވެ އެވެ.

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިޔަރާ އެކު ފަތާލުން

View this post on Instagram

A post shared by Mohamed Ali (@mod3yx) on

އެންމެ ރީތީ މި ފޮޓޯ ކަމަށް ބުނުމުން، މޯޑް ބުނީ މިއީ ވަރަށް މަސައްކަތް ކަމަށެވެ. ނިދަންމިޔަރަކާ އެކު ފެންނަ މި ފޮޓޯ ނަގާފައި ވަނީ ވ. އަތޮޅުގެ ދިއްގިރި ޝާކް ޕޮއިންޓްގަ އެވެ.

މަސް ދަތުރު ނިންމާލާފައި

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިއީ މޯޑްގެ އުފަން ރަށް، ނ. މާފަރުގައި، އެއް ދުވަހެއްގެ އިރުއޮއްސުނު ވަގުތެވެ. ރައްޓެހިންނާ އެކު މަސްދަތުރެއް ގޮސް، އެކަން ނިމި އެންމެން މޫދަށް އެރި އުޅުނުއިރު ނެގި ފޮޓޯއެކެވެ.

ޓައިމްސް އޮފް އިންޑިއާގައި ޖެހި މޯޑްގެ ފޮޓޯ

View this post on Instagram

A post shared by Mohamed Ali (@mod3yx) on

އިންޑިއާގެ އެކްޓްރެސް އަހާނާ ކްރިޝްނާ އާއި އޭނާގެ ކޮއްކޮ ދިޔާ ކްރިޝްނާ މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރުގައި މޯޑް އަހާނާ އަށް ނަގައިދިން ފޮޓޯއެކެވެ. އަދި މޫދުގައި ނަގާފައިވާ މި ސްޕްލިޓް ޝޮޓް، ފޮޓޯ ވަނީ އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ވެސް ފީޗާކޮށްފަ އެވެ. މިއީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި މަސައްކަތްކުރާ ރައްޓެއްސަކު މޯޑްއަށް ހޯދައިދިން ފުރުސަތެކެވެ.

ކަނޑުއޮޅި ތެރެއިން

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިއީ ވިލިމާލެ ފަރަށް ބޯވަ ނަގަން ދިޔަ ދުވަހެއްގައި ކަނޑުއޮޅީގެ އަޑިން ނެގި ފޮޓޯއެކެވެ.

ނޭނގި ނެގުނު ރީތީ ފޮޓޯއެއް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

ވ. ކެޔޮދޫ ކައިރިއަށް ފެތިފައި އޮންނަ ބޯޓު ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ދުވަހެއްގައި މޯޑް ނަގާފައި ހުރި އެކި ފޮޓޯތަކުން ނޭނގި ނެގިފައިވާ ރީތި ފޮޓޯއެކެވެ.

ބެސްޓް ފްރެންޑްގެ "ޕްރެގްނެންސީ" ފޮޓޯޝޫޓް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިއީ މޯޑްގެ ބެސްޓްފްރެންޑްގެ އަންހެނުން މާބަނޑު ދުވަސްވަރު، އޭނާ ބޭނުންވެގެން ބޭއްވި ފޮޓޯޝޫޓްއެކެވެ. މިއީ އަދި މޯޑްގެ ފުރަތަމަ އޮފިޝަލް ފޮޓޯ ޝޫޓް ވެސް މެ އެވެ.

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މޫދަށް ޕްލާސްޓިކް ކުނި ނާޅާ!

View this post on Instagram

A post shared by Mohamed Ali (@mod3yx) on

ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ގެއްލުން ލިބުމަކީ އާ ވާހަކައެއް ނޫނެވެ. މިކަމަށް މީހުން ހޭލުންތެރިކުރުމަށް އަބަދުމެ މިހާރު އަންނަނީ ކަންކަން ކުރަމުންނެވެ. މޯޑްގެ އިންސްޓަގްރާމަށް ދޫކޮށްލި މި ޕޯސްޓުގެ މަގުސަދަކީ ވެސް އެއީ އެވެ. މޯޑް އެދެނީ މި ޕޯސްޓް ބެލުމަށް ފަހު، މި ދުނިޔޭގެ ގުދުރަތީ ރީތިކަމާއި މެދުގައި ކުޑަ ވެސް ފަރުވާލެއް ހުރި މީހަކު ނަމަ ޕްލާސްޓިކް ކުނި މޫދަށް ނޭޅުމަށެވެ. އެންމެން ވެސް ޒިންމާދާރުވުމަށެވެ.

ފުލިދޫ ޝިޕްރެކް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

އިޓަލީގެ މޮޑެލްއަކަށް ނަގައިދިން ސްޕްލިޓް ޝޮޓް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިދިޔަ އަހަރު ރާއްޖެއަށް ކުރި ދަތުރެއްގައި އިޓަލީގެ މޮޑެލް ޖޯޖިއޯ ޓޮރޭލީ ބޭނުންވީ މޮޑް ލައްވަ މޫދުގައި ސްޕްލިޓް ޝޮޓެއް ނަގާށެވެ. މި ފޮޓޯ ނަގާފައި ވަނީ މާފުށި ކައިރި އޮންނަ ފިނޮޅެއްގަ އެވެ.

މިނިވަން ދުވަހުގެ ފޮޓޯޝޫޓް

View this post on Instagram

A post shared by Mohamed Ali (@mod3yx) on

View this post on Instagram

A post shared by Mohamed Ali (@mod3yx) on

މިއީ މިނިވަން ދުވަހު އިންސްޓަގްރާމަށް ލާން މޯޑް ނެގި ފޮޓޯތަކެވެ. މި ފޮޓޯތައް ނަގާފައި ވަނީ ވިލިމާލެ ކައިރިއަށް ފީނަން ދިޔަ ދުވަހެއްގައި ދިވެހި ދިދައަކާ އެކު އެވެ.

ދިވެހިރާއްޖެ ފޮޓޯގްރަފީ

Popular