7 Sep 2023

މިއީ ރިޔާސީ އިންތިހާބުގެ އެނިމޭ!

މިފަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އެނިމޭ ކެރެކްޓާތައް ޖަހާފައި ހުރި ޓީޝާޓު ދުށިން ހެއްޔެވެ؟

އެނިމޭ ސްޓައިލަށް ނިކަން ފުރިހަމައަށް ކުރަހާލާފައިފާވާ މި ޓީޝާޓުތައް ހެދި ޒުވާން އާޓިސްޓް އިބްރާހިމް މިސްބާހް ބުނި ގޮތުގައި މިއީ މީގެ ތިންމަހެއްހާ ދުވަސް ކުރިން ބްރެއިންސްޓޯމް ކުރަން ފެށި ހިޔާލެކެވެ.

View this post on Instagram

A post shared by HB Apparels (@hbapparels)

"ޕޮލިޓިކްސްގެ ވަށައިގެން ނެގެޓިވް ސްޓިގްމާއެއް އޮންނަކަން ވަރަށް ބޮޑަށް ފާހަގަވޭ. ވަކި ކެންޑިޑޭޓެއްގެ ފޮޓޯ އެކަނި ކުރަހައިލައިގެން އޮޕޮޒިޝަންގައި އުޅޭ މީހުންނަކަށް އެހާ ކަމަކު ނުދާނެ. އެހެންވީމަ އެއްވެސް ކަހަލަ ފޭވަރިޓިސަމްއެއް ނުގެންގުޅެ މިހާ އިންޓެންސް އިލެކްޝަނަކަށް އެންމެންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ ކަހަލަ އަދި ހާއްސަކޮށް ޒުވާނުންނަށް ބޮޑަށް ކަމުދާ ގޮޮތައް ކުރެހުމެއް ތައްޔާރުކޮށްލަން ބޭނުންވީ." މިސްބާހް 'ދޯ' އަށް ބުންޏެވެ.

View this post on Instagram

A post shared by HB Apparels (@hbapparels)

މި ޓީޝާޓުގެ ޑިޒައިންތައް ސްޓޭންޑްއައުޓް ވަމުން ދާއިރު އެޗްބީ އެޕޭރަލްސްގެ ނަން ދީފައިވާ މި ބްރޭންޑުގެ ސްލޯގަން އަކީ "ސްޓޭންޑް އައުޓް. އައުޓްސްޓޭންޑިންގް" އެވެ.

ޓީޝާޓުގެ ޑިޒައިންތައް އާންމު ކުރުމަށް ފަހު އެ ބްރޭންޑުން ހިންގި ޕޯލްއެއްގައި ގިނަ ބައެއްގެ އެދުމުގެ މަތިން ކޮންމެ ކެންޑިޑޭޓެއްގެ މޫނު ވަކިން ކުރަހާލުމަށް ޕަބްލިކް ވަނީ ވޯޓު ދީފަ އެވެ.

ރިޔާސީ އިންތިޚާބު 2023

Popular