25 Sep 2023

މިއީ ލޯބީގެ ކުލައެކެވެ. އަދި ހާއްސަ ޑިނަ ޑޭޓްތަކަށާއި ހަފްލާތަކައް ލާން އެންމެ އަޅައިގަންނަ އެއް ކުލަ އެވެ. "ބާބީކޯ"ގެ އަޑު މަޑުވެލުމާ އެކު މިހާރު މި އޮތީ އެކި ޝޭޑުގެ ރަތްކުލައިން ހެދުންއެޅުމާއި އެސަސަރައިޒް ކުރުން ޓްރެންޑުވާން ފަށައިފަ އެވެ. ރަތްކުލައިން އައުޓްފިޓް ބަހައްޓަން ބޭނުންވާ މީހުންނަށް މި ކުލަޔާ ގުޅުވާލެވޭނެ އެތައް ބައިވަރު އޮޕްޝަންތައް މި ކިޔައިދެނީ އެވެ.

ރަތް އަދި ކަޅު ކުލަ

މި ކުލަ އެންމެ ފަސޭހައިން ގުޅުވާލެވޭނެ އަދި އެންމެ އާންމު ގޮތަކީ ކަޅު ކުލަޔާ އެކު ޕެއާކުރުމެވެ. ކްލާސީ އައުޓްފިޓަކަށް ރަތް ލިޕްސްޓިކަކާ އެކީ ކަޅާއި ރަތުން ހެދުން އަޅާށެވެ. ހަދާން ބަހައްޓަން މުހިންމު ޕޮއިންޓަކީ މާ ގަދަ ރަތް ޝޭޑަކަށް ވުރެ ބޮޑަށް މައިލްޑް ޓޮމާޓޯ ރަތެއް ކަޅުކުލަޔާ އެކު ގުޅުވުމެވެ.

ރަތް އަދި ނޫ ކުލަ

ރަތް ކުލަޔާ އެކީ ޕައުޑާ ބްލޫ ޝޭޑުގެ ޖެކެޓެއް، ބްލޭޒާއެއް ނުވަތަ ފަޓުލޫނެއް ގުޅުވާލައިގެން، ފޯމަލް މީޓިންއަކަށް ދާ ނަމަ މިއީ އެންމެ ރީތި އެއް ކޮމްބިނޭޝަނެވެ. އެއާ އެކު އެސަސަރީއަކަށް ރަތް ކުލައިގެ ދަބަހެއް ހޯދާލާށެވެ. މި ނޫނަސް މަޑު ނޫ ކުލައިގެ ޓޮޕެއް ރަތް ކުލައިގެ ތިރިއަކާ އެކީ ގުޅުވާލައިގެން ކެޝުއަލްކޮށް ހެދުން އެޅުމުން ފްރެޝް ލޫކެއް ގެނެސްދެ އެވެ.

ރަތް އަދި ރީނދޫ ކުލަ

ބޯލްޑް އަދި ޕޮޕް އައުޓްފިޓަކަށް މި ދެކުލައިގެ ކޮންބޯއިން ހެދުން އަޅާއިރު ރީނދޫ ކުލައިގެ ރޭޝިއޯ ރަތް ކުލަޔާ އަޅާކިޔާއިރު މަދުކޮށްލީމާ، އާދައިގެ މަތިން ލައިގެން އުޅޭ އައުޓްފިޓަކަށް ގުޅޭނެވެ. މިސާލަކަށް، ރަތްކުލައިން ހެދުން އަޅާލާފައި ރީނދޫކުލައިގެ ޕާސްއެއް އެކަނި އޮތަސް މި އައުޓްފިޓް ފުރިހަމަ ވީ އެވެ.

ރަތް އަދި ޕްލެއިޑް (ގޮޅި)

ގޮޅިޖެހި ހުރިހާއެއްޗެއްގެ ސީޒަން ނިމި މިހާރު މި ޕެޓާން ފެންނަލެއް މަދުވިޔަސް މި ހެދުންތައް އަތުގައި ހުރި ނަމަ "ބޯރިން" ނޫންގޮތަކަށް ގޮޅި ޖެހި ޕެޓާންގެ ހެދުން ލެވިދާނެ އެއްގޮތަކީ "ބޯލްޑް" ރަތް ކުލައިން ޕެއާ ކޮށްލުމެވެ.

ރަތް އަދި އަޅި ކުލަ

އަޅި ކުލަޔަކީ ފޯމަލްކޮށް ހެދުން އެޅުމަށް އެންމެ 'ފޫލްޕްރޫފް' ކުލަ އެވެ. އަޅި ކުލައިގައި ހުންނަ "ކޫލް ޓޯން" އިން ލައިގެން ހުންނަ ރަތް ކުލަ ރީތިކޮށް "ޕޮޕް" ވާނެ އެވެ. ކޮންމެހެން ރަތް ކުލައިގައި އައުޓް ފިޓް ނުބެހެއްޓުނަސް އަޅިކުލަ ލުމަށް ފަހު ރަތް ކުލައިން އެސަސަރައިޒް ކޮށްލާށެވެ.

ރަތް އަދި ފެހި ކުލަ

ކްރިސްމަސް ގަހެއް ސިފަ ނުވާ ގޮތައް ރަތް އަދި ފެހި ކުލަ ގުޅުވޭނެ އެންމެ ރީތި ގޮތަކީ ފޮތީގެ ޓެކްސްޗާއެއް ހުންނަ ފޮއްޗެއް ބޭނުންކުރުމެވެ. އޭގެ ތެރޭގައި ވެލްވެޓް، ކޮޑޮޮރޯއި އަދި ޖޮޖެޓް ފޮޮއްޗަކީ މާލެއިން ލިބެން ހުންނަ މި ކުލަތަކާ އެންމެ ގުޅޭނެ ރީތި ފޮތިތަކެވެ.

ރަތް އަދި ކްރިމްސަން ޝޭޑުގެ ރަތްކުލަ

އަތުގައި ހުރި އެކި ޝޭޑުގެ ރަތް ކުލަ ގުޅުވާލުމަކީ އެންމެ ފަސޭހައިން އައުޓްފިޓް ލެވަލް މައްޗައް ޖައްސާލެވޭނެ އެއްގޮތެކެވެ. އެކި ވައްތަރުގެ ރަތް ކުލަ ގުޅުވާއިރު އަޅައިގަންނަ ގޮތަށް އެންމެ ރީތިކޮށް ޕެއާ ކޮށްލެވޭނެ އެއް ޝޭޑަކީ ކްރިމްސަން ރަތް ކުލަ އެވެ.

ރަތް ކުލަ އަދި އެކި ކަހަލަ ޕްރިންޓުތައް

ޕްރިންޓު އަދި ޕެޓާންތަކަކީ ރަތް ކުލައިގެ އައުޓްފިޓުތަކަށް އިތުރު ކެރެކްޓާއެއް ގެންނަން އެއް އޮޕްޝަނެވެ. މިގޮތަށް ގުޅުވާއިރު ރޮނގުދެމި ޕެޓާންތައް އެއްކައިރިކޮށްލާފައި އެންމެ ރީތީ އެކި ކަހަލަ "އެނިމަލް ޕްރިންޓް" ތައް ބޭނުން ކުރުމުންނެވެ. މިސާލަކަށް، އެނިމަލް ޕްރިންޓް ސްކާޓެއް ނުވަތަ ފަޓުލޫނަކާ އެކީ ރަަތް ކުލައިގެ ސްވެޓާއެއް ނުވަތަ އަތްދިގު ޓީޝާޓެއް ރީތިވާނެ އެވެ.

ރަތް އަދި ފިޔާތޮށި ކުލަ

ކުލަ ސްޕެކްޓްރަމްގައި ރަތް ކުލަޔާ އެންމެ ކައިރީގައި ހުރި ކުލަތަކާ ގުޅުވޭތޯ ވިސްނާލާށެވެ. އޭގެ ތެރޭގައި ކޭންޑީ ޕިންކް އަދި ހޮޓް ޕިންކް ހިމެނެ އެވެ.

ފެޝަން

Popular