26 Sep 2023

ޕަރިނީތީ ޗޯޕްރާ އަދި ރާގަވް ޗައްޑާގެ "ޕާލް ތީމް" ކައިވެނީގެ ފޮޓޯތައް މިހާރު ދަނީ އެކި މީޑީއާ ތަކުގައި ދައުރުވަމުންނެވެ. "ޑްރީމީ ފެއާރީޓޭލް" އެއް ހެން ފެންނަ މި ފޮޓޯތަކުން ސަމާލުކަން ދަމައިގަތީ ޕަރިނީތީ ބޮލުގައި އަޅައިގެން ހުރި ވެއިލްގައި އެންމްބްރޮއިޑް ކޮށްފައި އޮތް ރާގަވްގެ ނަމެވެ.

ނެޓް ފޮތިން ނިކަން ދިގުކޮށް އޮތް މި ވެއިލްގައި ރާގަވްގެ ނަން ހިންދީ ބަހުން އަޅާލާފައި އިން ގޮތް ފެނިފައި މީހުން ދައްކަން ފެށީ ޕްރިޔަންކާ ޗޯޕްރާގެ ކައިވެނީގެ ހެދުމުގައި އިން މި ޑީޓެއިލްގެ ވާހަކަ އެވެ.

ޕަރިނީތީގެ މަޑު ރަންކުލައިގެ ލެހެންގާ އަކީ މަޝްހޫރު އިންޑިއާގެ ފެޝަން ޑީޒައިނަރު އަދި ލަގްޒަރީ ބްރޭންޑް ކަމަށްވާ މަނީޝް މަލްހޯތްރާގެ ޓީމުގެ ކަވި މަސަތްކަތެެވެ. މި ލެހެންގާ އަކީ ވިންޓޭޖް ރަންކުލައިގެ ބަރަނިން އަތުން އެމްބްރޮއިޑާ ކޮށްފައިވާ ޖިއޮމެޓްރިކް ޕެޓާންތަކެއް ހުރި ހެދުމެކެވެ.

އަޅައިގެން ހުރި ތުލޭ ފޮތީގެ ދޯޕައްޓާގައި ޕާލްތަކެއް ހަރުކޮށްފައި ހުއްޓެވެ. ކިއާރާ އަދްވާނީ އަދި އަތިޔާ ޝެޓީ ފަދަ މިފަހުން ކައިވެނި ކުރި އެހެން ސްޓާރުންހެން ޕަރިނީތީ ވެސް ލައިގެން ހުރީ އިންޑިޔާގެ ސަގާފީ ކައިވެނިތަކުގައި އެންމެ ގިނައިން އަޅާ ރަތް ކުލަތަކެއް ނޫނެވެ.

ހެދުމެކޭ އެއްފަދައިން ފެންނަން ހުރި "މަލްޓި ޓިއާޑް" އަންކަޓް ރަޝިއަން އަދި ޒެމްބިއަން އެމެރަލްޑުން ހަދާފައިވާ ފަށަކީ ވެސް މަނީޝް މަލްހޯތްރާ ބްރޭންޑުގެ ޕީސްއެކެވެ. މިއީ "އާއިރާ" ގެ ނަން ދީފައިވާ ފަށެކެވެ. ނިތްކުރިމަތީގައި ބާއްވާލާފައި އޮތް 'މާނގް ޓިއްކާ' ގައި ރަޝައިން އެމަރަލްޑްއާ އެކު މޮޒަމްބިއަން ރޫބީތަކެއް ހުއްޓެވެ. ހަމަ އެގޮތަކަށް އަތުގައި އަޅާފައި އޮތް ތަނޑިބައިގައި ވެސް ހުރީ ރަޝިއަން އެމަރަލްޑްތަކެކެވެ.

ފެޝަން

Popular