ދިވެހި ފިލްމީ ތަރި، އައިމިނަތު ރިޝްފާއަށް 40 އަހަރު ފުރުމުން، ފޭނުންނަށް ލޯބި ވީޑިއޯއެއް އާންމުކޮށްގި އެވެ.
ދިވެހި ފިލްމީ ތަރި، އައިމިނަތު ރިޝްފާއަށް 40 އަހަރު ފުރުމުން، ފޭނުންނަށް ލޯބި ވީޑިއޯއެއް އާންމުކޮށްގި އެވެ.
ރިޝްފާ ފެންނަނީ ޑިޒައިނަރު ޒުލޭހާ އިބްރާހިމްގެ "ބުކޭ ޑްރެސް" އެއްގަ އެވެ. އޭގައި ބޭނުންކޮށްފައި ހުރީ ބުކޭ ހެދުމުގައި ބޭނުންކުރާ ކަރުދާހެވެ. މަޑު ފިޔާތޮށި ކުލައިގެ އެ ކަރުދާހާ ގުޅުވާލައި، މޭމައްޗަށްވާ ގޮތަށް ހުރީ ގަދަ ފިޔާތޮއްޓާއި ރަތް ކުލައިގެ މަލެވެ.
އޭނާގެ އެ ހެދުމާ ގުޅުވާލައި މޭކަޕްކޮށްދީފައި ވަނީ ހައު މޭކަޕް ސްޓޫޑިއޯ އިންނެވެ. ރިޝްފާ، އެ ހެދުމުގައި ހުންނަ ރީތި ފޮޓޯ އާއި ވީޑިއޯތައް ނަގައިދީފައި ވަނީ ފޮޓޯގްރާފަރު، ސުހައިލް އެވެ.
ވީޑިއޯ އާއި ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުން ރިޝްފާ ބުނެފައި ވަނީ ޒުލޭހާ ނޫން ޑިޒައިނަރަކަށް އެ ހިޔާލުތައް "މާސްޓަޕީސް" އަކަަށް ނުހެދޭނެ ކަމަށެވެ. އެކަމަށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އެ ފޮޓޯތައް އާންމުކުރުމުން ފޭނުން ވަނީ ލޯބި ބަންޑުންކޮށްލައިފަ އެވެ.
ފްލޯރަލް ބުކޭ ހެދުމެއްގައި 2018 ވަނަ އަހަރު އޮތް މޮޝީނޯ ސްޕްރިންގް ޝޯގައި މަޝްހޫރު މޮޑެލް، ޖިޖީ ހަޑީޑް ވެސް ފެނުނެވެ. އޭގެ އަހަރުތަކެއް ކުރިން 1982 ގައި ވެސް މިގޮތަށް މާ ބޭނުންކޮށްގެން ހަދާފައިވާ ހެދުންތައް ފެޝަން ޝޯތަކުގައި ދައްކުވައިދީފައިވެ އެވެ.