19 Oct 2017

"ވަންސް އަޕޮން އަ ޑްރީމް" ކަލެކްޝަންގެ ހެދުންތައް

"ވަންސް އަޕޮން އަ ޑްރީމް" ކަލެކްޝަންގެ ހެދުންތައް

By: Nurah Rasheed

"ވަންސް އަޕޮން އަ ޑްރީމް" ގެ ނަމުގައި ޕައުލޯ ސަބަސްޗަންގެ ސްޕްރިންގް ސަމާ 2018 ގެ ކަލެކްޝަން ވަނީ ދައްކާލައިފަ އެވެ. މި ކަލެކްޝަން ދައްކައިލި ލޮކޭޝަން ވަނީ 1950 ވަނަ އަހަރުގެ ޑްރީމްލޭންޑެއް ގޮތަށް ތައްޔާރުކޮށްފަ އެވެ.

.

މާތަކެއްގެ ޖަންގައްޔެއް ސިފަވާގޮތަށް ތައްޔާރުކޮށްފައިވާ މި ތަނުގައި ދައްކާލި ކޮންމެ ހެދުމެއް ވެސް ވެގެން ދިޔައީ ކުޑައިރުގެ ހަނދާންތައް އާ ކޮށްދިން ހެދުންތަކަކަށެވެ.

.

ޓައިޓަލްއާ އެއްގޮތަށް މި ޝޯގައި ސިންދަރެއްލާ، ސްނޯ ވައިޓް، ސްލީޕިންގް ބިއުޓީ ފަދަ ކާޓޫންތަކުން އިންސްޕަޔާ ވެފައިވާ ޖުމްލަ 34 ހެދުން ފެނިގެން ގޮސްފައިވެ އެވެ.

.

މަޑު ޝިފޯން އަދި ތުލް ފޮތީގެ ޕޭސްޓަލް ކުލަތަކުގެ ދިގު ލޭޔާޑް ސްކާޓްތަކެއް މި ރަންވޭއިން ފެނިގެން ދިޔަ އެވެ. ޝޯގެ އޯޑިއަންސް ބުނާގޮތުގައި ހެދުމަކަށް ފަހު ހެދުމެއް ދިޔައީ އެމީހުންގެ ހިތްތައް ދަމައިގަންނަމުންނެވެ.

.

ވިދަމުން ދިޔަ ފުރިހަމަ މިނާގެ މަސަތްކަތްތަކާއި އެމްބްރޮއިޑަރީ އަދި އަތުން ފަހާ ހަރުކޮށްފައި ހުރި ބޭމްބީ ކާޓޫންގެ ކެރެކްޓާ ފާހަގަ ކޮށްލެވުނެވެ.

.

"ފެެއާރީ ޓޭލް ޑްރީމް" އެއް ގޮތަށް ފެނިގެންދިޔަ މި ހެދުންތަކުގެ ބައެއް ޓެކްނީކްތައް ގްރޭސް ކެލީގެ ކައިވެނީގެ ހެދުމާ ވެސް ވައްތަރެވެ.

.

މި މަހު ބޭއްވި އެޑަލެއިޑް ފެޝަން ފެސްޓިވަލް، ޕައުލޯ ސިބަސްޗަން ބްރޭންޑްގެ އިސް ޑިޒައިނަރު އަދި ކްރިއޭޓަރު ޕޯލް ވަސިލެފްގެ މި ކުޓުއާ ކަލެކްޝަނާ އެކީ ވަނީ ނިމިގެން ގޮސްފަ އެވެ.

ފެޝަން

Popular