17 Apr 2018

ރާއްޖޭގެ ޓޮޕް މޮޑެލް ހޮވަން އަވަހަށް ވޯޓު ދީ

ރާއްޖޭގެ ޓޮޕް މޮޑެލް ހޮވަން އަވަހަށް ވޯޓު ދީ

އަދާރަން ޓޮޕް މޮޑަލް މޯލްޑިވްސްގެ ގަދަ 10 ބައިވެރިން ހޮވާފައި ވާއިރު އެ ބައިވެރިންނަށް ވޯޓު ދިނުން މިއަދު ހަވީރު 4:00 އިން މާދަމާ ހަވީރު 4:00 އަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އަދި މާދަމާ ރޭ އަދާރަން ސިލެކްޓް ހުދުރަންފުށީގައި އޮންނަ ފިނާލޭ ޝޯގައި އެއް ވަނަ މޮޑަލް ހޮވާނެ އެވެ.

ބައިވެރިންނަށް މާކްސް ދޭނީ ޕަބްލިކް ވޯޓުގެ 50 ޕަސެންޓާއި ޖަޖުންގެ 50 ޕަސެންޓް ވޯޓުންނެވެ.

ވޯޓު ދިނުމަށް އެސް.އެމް.އެސް ކުރާނީ TMM (ސްޕޭސް) ކޮންޓެސްޓަންޓުގެ ނަން ޖެހުމަށް ފަހު، ދިރާގު ކަސްޓަމަރުން 2442 އަށް އަދި އުރީދޫ ކަސްޓަމަރުން 5667 އަށެވެ. ކޮންމެ ނަންބަރަކުން ވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 މެސެޖެވެ.

ތިރީގައި އެ ވަނީ މުބާރާތުގެ ގަދަ 10 ގައި ހިމެނުނު ބައިވެރިންނެވެ.

ދީނާ އަބޫބަކުރު

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

އުމުރުން 26 އަހަރުގެ ދީނާ އެންމެ ބޭނުންވަނީ ޕްރޮފެޝަނަލް މޮޑަލް އަކަށް ވާށެވެ. ހުސްވަގުތު ދިނާ ކުރާހިތްވާ ކަންތައްތަކުގެ ތެރޭގައި ލަވަކިއުން، ކުރެހުން، ނެށުން، ޑައިވް ކުރުން އަދި ކެއްކުން ހިމެނެ އެވެ.

ނަދުހާ އާމިރު

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

ނަދުހާ އަށް 17 އަހަރެވެ. އެންމެ ބޭނުންވަނީ އަމިއްލަޔަށް މަސަތްކަތް ކޮށްގެން ކާމިޔާބު އަންހެނަކަށް ވުމެވެ. ނަދުހާގެ ހޮބީ އަކީ ވޭކް ބޯޑް ދުއްވުމުމެވެ. އޭނާ އެންމެ ކުރަން ބޭނުންވާ ކަމަކީ ގައުމުތަކަށް ދަތުރުކުރުމެވެ.

މަރިޔަމް މަލްސާ ހަސަން

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

މަލްސާ، 23، ގެ ހުވަފެނަކީ މޮޑަލް އަކަށް ވުމެވެ. އޭނާގެ ހޮބީ އަކީ ފެތުމާއި ޖިމަށް ދިއުމާއި ނިދުމެވެ.

ހަނާން މުހައްމަދު ރަޝީދު

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

ހަނާން، 24، ގެ ހުވަފެނަކީ ވެސް އަދި އެންމެ ބޭނުންވާ ކަމަކީ ވެސް ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރުމެވެ. އަދި ކެބިން ކްރޫ އަކަށްވުމެވެ. އޭނާގެ ހޮބީ އަކީ ކުރެހުމެވެ.

ބުނާނަތު ޔޫސުފް

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

ބުނާނަތު، 26، އެންމެ ބޭނުންވަނީ އެކި ތަންތަނަށް ދަތުރުކޮށް ސޯޝަލައިޒްކުރާށެވެ. އޭނާގެ ހޮބީ އަކީ މަތިންދާބޯޓުގައި ދަތުރުކުރުމާއި ކެއްކުމާއި ނެށުމެވެ. އޭނާގެ ހުވަފެނަކީ އެންމެންވެސް ގަދަރުކުރާ މީހަކަށް ވުމެވެ.

ފާތުމަތު މިރުޝާ

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

މިރުޝާ، 17، ހޮބީ އަކީ ޝޮޕިންގެ ކުރުމެވެ. އޭނާ އެންމެ ކުރާހިތްވާ ކަމަކީ ދަތުރުކުރުމެވެ. އަދި މިރުޝާގެ ހުވަފެނަކީ ގިނަ އަންހެނުންތަކެއް ބާރުވެރި ކުރުވާނެ ވަރުގެ އިންސްޕިރޭޝަނަކަށް ވުމެވެ.

އައިމިނަތު ސައިނާ އަހުމަދު

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

ސައިނާ، 17، ގެ ހުވަފެނަކީ ސައިކޮލޮޖިސްޓަކަށް ވުމެވެ. އޭނާ އެންމެ ބޭނުންވަނީ މީހުން އިންސްޕަޔާ ކުރާވަރުގެ މީހަކަށް ވުމެވެ. ހޮބީ އަކީ ކުރެހުމެވެ.

ފާތުމަތު ޖަމްޝީދާ ޖަމްޝީދު

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

އުމުރުން 19 އަހަރުގެ ޖަމްޝީދާގެ ހޮބީ އަކީ ލަވަކިޔުމާއި ނެށުމެވެ. ޕައިލެޓަކަށް ވުމަކީ އޭނާގެ ހުވަފެނެކެވެ.

ހަދީޖަތު ޝަފީގާ

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

ޝަފީގާ، 17، ބޭނުންވަނީ ޕްރޮފެޝަނަލް ޕޮޓޯގްރަފަރަކަށް ވުމެވެ. އޭނާގެ ހޮބީ އަކީ ކުޅިވަރު ކުޅުމެވެ.

ހައްވާ އިނާޝާ ގައްޔޫމް

ސްޓައިލިސްޓް: އިމްނާ، މޭކަޕް: އިޔާ، އިސްތަށިގަނޑު: ޝާނީ، ވޯޑްރޮބް: ޗެޕްސް، އާޓް ޑައިރެކްޓާ: އަބްލޯ

އިނާޝާ، 17، ހުވަފެނަކީ ކާމިޔާބު މީހަކަށް ވުމެވެ. އޭނާގެ ހޮބީއަކީ މޮޑަލް ކުރުމެވެ.

Popular