10 Feb 2020

By: Aishath Maaha

ނިމިގެން ދިޔަ އޮސްކާ އެވޯޑް ހަފުލާގައި ވެސް ވަރަށް ގިނަ ހޮލީވުޑް ތަރިން ބައިވެރިވެ ރީތި ހެދުންތަކެއް ވަނީ ދައްކާލައިފަ އެވެ. މި ރެޑްކާޕެޓުން އެންމެ ގިނައިން ފެނިގެން ދިޔައީ ކަޅުކުލައިގެ ހެދުންތަކެވެ. ހުދުކުލަ އަދި މަދުުމަދުން އެހެން ކުލަތައް ވެސް ފެނުނެވެ.

އެންމެ މަޝްހޫރު ބްރޭންޑްތަކުގެ ހެދުންތައް ފެނިގެން ދިޔައިރު މިއި މި ރެޑްކާޕެޓުން ހޮވާލެވުނު އެންމެ ރީތި ހެދުންތަކެވެ.

އޮސްކާ އެވޯޑްސް 2020 ގެ ރެޑްކާޕެޓްގައި އެމެރިކާ ފެރާރާ. ފެނިގެން ދިޔައީ މެރޫން ކުލައިގެ އިވްނިން ޑްރެސްއެއްގަ އެވެ. ހެދުމުގެ އަތަށް ރޫޖައްސާފައިވާއިރު ފަހަތަށް އޮތީ ދިގުކޮށް ދޫކޮށްލާފަ އެވެ.-- ފޮޓޯ: އޭޕީ
އޮސްކާ އެވޯޑްސް 2020 ގެ ރެޑްކާޕެޓްގައި ޖޮއޭޏް ޓަކާ ފެނިގެން ދިޔައީ ކަޅާއި ހުދުކުލައިގެ ހެދުމެއްގަ އެވެ. ގަޔަށް ހިފާފައިވާ ސްލީވްލެސް ޓޮޕަކާއެކު ހެދުމުގެ ތިރި އޮތީ ދިގުކޮށް ދޫކޮށްލައިފަ އެވެ. ހެދުމުގެ ތިރީބައިގައި އެކި ކުލަކުލައިގެ މާތަކެއް ޖަހާފައި ހުއްޓެވެ.-- ފޮޓޯ: އޭޕީ
މިންޑީ ކޭލިންގް މި ފަހަރުގެ ހަފްލާގައި ދައްކާލައިފައިވަނީ ކޭނަރީ ޔެލޯ ކުލައިގެ އިވްނިން ޑްރެސް އެކެވެ. ހެދުމުގެ އެއް އަތް އޮތީ ސްލީވްލެސް ކޮށެވެ. -- ފޮޓޯ: އޭޕީ
އޮސްކާ އެވޯޑްސް 2020 ގެ ރެޑްކާޕެޓްގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު އެއް ހެދުމަކީ ޖެނޭލް މޮނޭގެ ހެދުމެކެވެ. ސިލްވާ ކުލައިގެ އަތްދިގު މި ހެދުމާއެކު ޑްރޭޕްޑް ހުޑްއެއް ވެސް ބޭނުންކޮށްފައިވެ އެވެ. ރަލްފް ލޯރެންގެ މިހެދުމަކީ ހޭންޑް އެމްބްރޮއިޑާޑް ހެދުމެކެވެ. .-- ފޮޓޯ: އޭޕީ
ސިޖޯނީ ވީވާގެ މި ސިމްޕަލް ޑްރެސް ވެސް އޮސްކާގެ އެންމެ ރީތި ހެދުންތަކުގެ ތެރެއިން ޖާގަ ހޯދި އެވެ. އަތް ދިގު މި ހެދުމާއެކު ވީވާ މާގިނަ ގަހަނާއެއް ބޭނުމެއް ނުކުރެ އެވެ.-- ފޮޓޯ: އޭޕީ
އޮސްކާ އެވޯޑްސް 2020 ގެ ރެޑްކާޕެޓްގައި މާގޯ ރޮބީ ދައްކާލާފައިވަނީ ކަޅުކުލައިގެ ހެދުމެކެވެ. ހެދުމުގެ މޭމަތިން ދެފަރާތުން މެދަށްވާގޮތަށް ރޫޖައްސާފައިވާއިރު ދައްޗެއް ބޭނުންކޮށްފައިވެ އެވެ.-- ފޮޓޯ: އޭޕީ
ނެޓަލީ ޕޯޓްމަން ފެނިގެން ގޮސްފައިވަނީ ކަޅުކުލައިގެ ދިގު އިވްނިން ޑްރެސްއެއްގަ އެވެ. ހެދުމުގެ މަތިން ގޯލްޑް އޯވަލޭ އެއް އަދި ގިލްޑެޑް ރޯޕް ބެލްޓެއް ބޭނުންކޮށްފައިވެ އެވެ. ހެދުމާއެކު ޕޯޓްމަން ބޭނުންކޮށްފައިވާ ކޭޕްގައި އޮސްކާ 2020 އަށް ނޮމިނޭޓް ނުވާ ހުރިހާ އަންހެން ޑައިރެކްޓަރުންގެ ނަންތައް ހިމަނާފައިވެ އެވެ.-- ފޮޓޯ: އޭޕީ
ޕެނެލޯޕް ކްރޫޒް ވެސް އޮސްކާގެ ރެޑްކާޕެޓުގަިއ ދައްކާލައިފައިވަނީ ކަޅުކުލައިގެ ހެދުމެކެވެ. ސްލީވްލެސް އެ ހެދުމުގެ ޓޮޕް ގަޔަށް ހިފާފައިވާއިރު ތިރިން އޮތީ ކުޑަކޮށް ފްލަފީކޮށެވެ. ޕާލް ބެލްޓެއް އުނަގަނޑުގައި އަޅާފައިވާއިރު ހެދުމުގެ މޭމަތިން މެދުގައި ހުދުކުލައިގެ މަލެއް ހަރުކޮށްފައިވެ އެވެ.-- ފޮޓޯ: އޭޕީ
އޮސްކާ އެވޯޑްސް 2020 ގެ ރެޑްކާޕެޓްގައި ރެނީ ޒެލްވިގާ ދައްކާލައިފައިވަނީ ވައިޓް ސީިކުއިން، ވަން ޝޯލްޑާ ގައުން އެކެވެ. އެކްޓްރެސްގެ ކުރު އިސްތަށިގަނޑު އެ ހެދުން އިތުރަށް ފުރިހަމަކޮށްދީ ގުޅުވާލަ އެވެ.-- ފޮޓޯ: އޭޕީ
ކެއިޓްލިން ޑީވާ އޮސްކާ ރެޑްކާޕެޓުގައި ދައްކާލަިއފައިވަނީ ރަތް ކުލައިގެ ސްލީވްލެސް ގައުން އެކެވެ. .-- ފޮޓޯ: އޭޕީ
ފެޝަން އޮސްކާ އެވޯޑްސް

Popular