11 Jul 2018

ޖިމަށް ނުދެވޭ މީހުންނަށް އެހީއެއް، ލަފައެއް

ޖިމަށް ނުދެވޭ މީހުންނަށް އެހީއެއް، ލަފައެއް

By: Nurah Rasheed

ހިތް އެދޭ އެއްޗެއް ކާން ބޭނުންވުމުން އެ ހުރި ތަނަކަށް ބާރު ސްޕީޑުގައި ދެވުނަސް ކައިގެން ޖަހާ ސަރުބީތައް ވިރުވަން ޖިމަށް ދިއުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެ އެވެ. ބައެއް މީހުންގެ އުޒުރަކީ ޖިމަށް ކުރަންޖެހޭ ހަރަދު ބޮޑުވުމެވެ. އަނެއް ބަޔަކަށް މައްސަލަ އަކީ ވަގުތެވެ. އެކަމަކު ޖިމަށް ނުދެވުމަކީ ކަސްރަތު ނުކޮށް ހުންނަން ޖެހޭ ސަބަބެއް ނޫނެވެ.

މި ކިޔައިދެނީ މި ހުރިހާ އުޒުރުތަކެއް ދައްކާ މީހުންނަށް ފަސޭހަ ވޯކްއައުޓް ރޫޓިންތަކެކެވެ. މިއީ ފަސޭހަ ވޯކްއައުޓްތައް ކިޔައިދޭ ފޯނު އެޕްތަކެކެވެ.

1- ކައުޗް ޓު 5 ކޭ

އެޕްގެ ނަމުން ވެސް ވަރަށް ބޮޑު އެއްޗެއް ދޭހަވެ އެވެ. މެރަތަންއެއްގައި ބައިވެރިވާން ބޭނުންވެފައި ވެސް ކަންނެތްކަމުން ސޯފާ މަތީ ވަގުތުތައް ބޭކާރު ކޮށްލާ މީހުންނަށް، މިއޮތީ ފަސޭހަ ކޮށްދީފަ އެވެ. އަލަށް މިކަހަލަ ބޮޑެތި ދުވުންތަކުގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މި އެޕުން ގައިޑް ކޮށްދެ އެވެ. ހަފުތާއަކު އެންމެ 30 މިނެޓު ކޮންމެ ތިން ދުވަހަކުން އެއްފަހަރު، ނުވަ ހަފުތާ ވަންދެން މިކަން ކޮށްލާށެވެ.

2- ސެވަން މިނެޓް ބަޓް ވޯކައުޓް

ޖިމަށް ގޮސް ބައިވަރު މީހުންގެ ކުރިމަތީގައި ސްކުއަޓްސް ކަހަލަ އެކްސަސައިޒް ކުރަން ބައެއް ފަހަރު ލަދު ގަނޭ ހެއްޔެވެ؟ ދެން އިތުރަށް ލަދު ގަންނާކަށް ނުޖެހޭނެ އެވެ. މި އެޕް ޑައުންލޯޑުކޮށްލައިގެން ގޭގައި އަމިއްލަ އަށް، ގްލޫޓް އަށް ހާއްސަކޮށްފައި ހުރި އެކި އެކްސައިޒްތައް ހަދާލެވޭނެެވެ.

3- މައި ފިޓްނަސް ޕަލް

މިއީ އެއް ގާގަނޑުން ޖަހައި ތިން ދޫނި މަރާލެވޭނެ އެއްޗެކެވެ. މީގައި ޑައިޓް ޓްރެކް ކުރާނެ ގޮތަކާއި ކެލަރީ ކައުންޓާ އަދި އެކްސައިޒް މޮނީޓައެއް ވެސް އިނދެ އެވެ. އެޕްގެ ޑޭޓާ ބޭސްގައި ފަސް މިލިއަނެއްހާ ކާއެއްޗެހި ލިސްޓު ކުރެވިފައިވެއެވެ. ކެލަރީ ކައުންޓު ކުރާ އެހެން އެޕްތަކަށްވުރެ މި އެޕް ފަސޭހަ ވެގެން ދަނީ މި ސަބަބާ ހުރެ އެވެ.

4- ހެޑް ސްޕޭސް

ކުއްލިއަކަށް އެކްސަސައިޒް ރޫޓިން އަކަށް ދާން އުނދަގޫވާ ނަމަ ހެޑްސްޕޭސް އެޕްގެ އެހީގައި މެޑިޓޭޓް ކުރެވިދާނެ އެވެ. މެޑިޓޭޓް ކުރަމަކީ ދިރިއުޅުމުގެ ކޮލިޓީ ރަނގަޅުކޮށް ރޭގަނޑު ނުނިދޭ މައްސަލަތައް ހައްލުވެ އަދި މަސަތްކަތުގެ މާހައުލުގައި ވެސް ޕާފޯމަންސް ރަނގަޅު ކޮށްދޭކަމެއްކަން ހޯދުންތަކުން ދައްކަ އެވެ.

5- ޔޯގާ ވޭކަޕް

ޔޯގާ ވޭކަޕް އެޕުން ހެނދުނުގަޑީގައި ހޭލައިގެން އެނދުން ތެދުވަން އުޅޭ އުޅުން ތަންކޮޅެއް ފަސޭހަ ކޮށްލައިދެ އެވެ. ބޭނުމިއްޔާ، ނިދުމުގެ ކުރިން ނުވަތަ ހޭލާ ގަޑިއަށް އެލާމެއް ސެޓުކޮށްލައިދެ އެވެ. އެލާމް ގަޑި ޖެހުމާ އެކު އެ ގަޑިއާ ގުޅޭ މިއުޒިކް އޯޑިއޯ އަޑު އަހާލައޮ ސްޓްރެޗިންތަކެއް ހެދުމަށް ދައްކަ އެވެ.

6- ކީލޯ

މި އެޕްގައި ލިބެން ހުންނާނީ މަސްތަކުގައި ވަރުޖައްސާ ބިލްޑުކޮށް އަދި މުޅި ހަށިގަނޑުގެ ކޮންޑިޝަން ވަރުގަދަ ކޮށްދޭނެ ރޫޓިންތަކެވެ. ކީލޯގެ ސަޅިކަމަކީ އެޕްގެ އެހީގައި ވާޗުއަލް ކޯޗެއް ވެސް ކަސްރަތު ކުރާ ގަޑީގައި އެމީހެއްގެ ރޫޓިންއާ ބެހޭ ސުވާލުތަކަށް ޖަވާބުދީ އެހީތެރިވާން ހުންނަކަމެވެ.

7- ޑެއިލީ އެބް ވޯކްއައުޓް

ހިލޭ ޑައުންލޯޑް ކޮށްލެވޭ ޑެއިލީ އެބް ވޯކްއައުޓް އެޕަކީ ބަނޑުގެ މަސްތައް ގޭގައި ޓޯންކުރަން ބޭނުން ނަމަ އެންމެ ރަނގަޅު އެޕެވެ. ބައެއް ފިޓްނަސް ޓްރެއިނަރުން ބުނާ ގޮތުގައި މި އެޕުން ލިބެން ހުންނަ ވީޑިއޯތައް ބަލައިގެން ގޭގައި ކަސްރަތުކުރަން އުޅޭ އިރު ހީވާނީ ޓްރެއިނަރު ހަމަ ކައިރީގައި ހުންނަހެންނެވެ.

މިހުރީ ޖިމަށް ދާން ލަދުގަންނަ މީހުންނަށް ގޭގައި ކަސްރަތުތައް ކޮށްލެވޭނެ ގޮތްތަކެވެ.

ސިއްހަތު ކަސްރަތު މޮބައިލް އެޕްލިކޭޝަންސް

Popular