8 Dec 2021

ޖެހުނު ލަވަތަކާއި މޫޑު ހުރި ގޮތް މިހާރު އެނގޭނެ!

By: Ahmed Jaishan

އަހަރު ނިމެން ކައިރިވާއިރަށް ހުރިހާ މިއުޒިކް ސްޓްރީމިން ސާވިސްތަކުން ޕްލޭލިސްޓުތައް ހަދަން ފަށާނެ އެވެ. ކޮންމެ މީހަކު އެ އަހަރެއްގެ ތެރޭގައި އެންމެ ގިނައިން އަޑުއަހާފައިވާ އާޓިސްޓުންނާއި ލަވަތަކުގެ އިތުރުން އަލްބަމްތައް ހިމެނޭ ޕްލޭލިސްޓުތައް މިހާރު އޮންނާނީ މިއުޒިކް ސްޓްރީމް ކުރާ މީހުންނަށް ލިބިފަ އެވެ.

ދިވެހިން އެންމެ ބޭނުންކުރާ މިއުޒިކް ސްޓްރީމިން ސާވިސްތައް ކަމަށްވާ "ސްޕޮޓިފައި"، "ޑީޒާ" އަދި "އެޕަލް މިއުޒިކް" އިން ވަނީ އަހަރުގެ މިއުޒިކް ރިޕޯޓު މިހާރު އާންމުންނާ ހަވާލުކޮށްފަ އެވެ. އޭގެތެރެއިން ވެސް އެންމެ ގިނަ ބަޔަކަށް އެންމެ ފުރަތަމަ ލިބުނީ ސްޕޮޓިފައިގެ ރިޕޯޓު "ސްޕޮޓިފައި ރެޕްޑް" އެވެ.

މިއަހަރު ސްޕޮޓިފައި އިން ވަނީ ތަފާތު ސްޓޯރީ ފީޗާއެއް އާންމުކޮށްފަ އެވެ. އެއާ އެކު ޔޫސަރުން އެންމެ ގިނައިން އަޑުއެހި ލަވަތަކުގެ އިތުރުން ލަވަތަކުގެ ޓޯނުތައް ވެސް ވަނީ ރެކޯޑްކޮށްފަ އެވެ. ޔޫސަރުން ޖަހާފައިވާ ލަވަތަކުގެ ތެރެއިން އެންމެ ގިނައިން އަޑުއަހާ ލަވަތަކަށް ބަލައި އެ ލަވަތަކުގެ މޫޑާ ގުޅުވައިގެން ކޮންމެ ޔޫސަރަކަށް ވަނީ ހާއްސަ ކުލައެއް ދީފަ އެވެ. އެ ކުލައިން ވަނީ ޔޫސަރުންގެ ޕާސަނަލިޓީ ކިޔައިދީފަ އެވެ.

މި ހުރިހާ ވާހަކައެއް ވެސް ދިވެހިން އަންނަނީ ސޯޝަލް މީޑިއާގައި ހިއްސާކުރަމުންނެވެ.

.

ސްޕޮޓިފައި އިން މިއަހަރުގެ އެންމެ ގިނައިން އަޑުއެހި އާޓިސްޓުންގެ ލިސްޓުގެ އެއްވަނައިގައި ހިމެނެނީ ބޭޑް ބަނީ އެވެ. ލިސްޓުގެ ދެވަނައިގައި ޓޭލާ ސްވިފްޓް ހިމެނޭއިރު ތިންވަނައިގައި ހިމެނެނީ ބީޓީއެސް އެވެ. އަދި ޑްރޭކް އާއި ޖަސްޓިން ބީބާ ހިމެނެނީ ހަތަނުވަނަ އާއި ފަސްވަނައިގަ އެވެ.

މުޅި ދުނިޔޭގައި އެންމެ ގިނައިން ސްޓްރީމްކޮށްފައިވާ ލަވަތައް

1. "ޑްރައިވާސް ލައިސަންސް" – އޮލިވިއާ ރޮޑްރީގޯ

2. "މޮންޓޭރޯ (ކޯލް މީ ބައި ޔޯ ނޭމް) – ލިލް ނާސް އެކްސް

3. "ސްޓޭ" – ކިޑް ލެރޯއި

4. "ގުޑް ފޮ ޔޫ" – އޮލިވިއާ ރޮޑްރީގޯ

5. "ލެވިޓޭޓިން" – ޑުއާ ލީޕާ

މި އާޓިސްޓުންނާއި ލަވަތަކުގެ ތެރޭގައި ކިޔުންތެރިންގެ ޕްލޭ ލިސްޓުގައި ހިމެނޭ އެއްވެސް ލަވައެއް ނުވަތަ އާޓިސްޓެއް ވޭ ހެއްޔެވެ؟ އަދި މި އަހަރު އެންމެ ގިނައިން އަޑު އެހުނީ ކޮން އާޓިސްޓެއްގެ ލަވަތަކެއް ހެއްޔެވެ؟

ހޮލީވުޑް

Popular