2 Jul 2025

ޓިކްޓޮކް ޓްރެންޑުގައި ދިވެހިން ވެސް ދޯނީގެ ދިރުނބާކޮޅަށް

ޓިކްޓޮކް ޓްރެންޑުގައި ދިވެހިން ވެސް ދޯނީގެ ދިރުނބާކޮޅަށް

By: Fathimath Ajufan

ސޯޝަލް މީޑިއާގައި އެކި ދުވަސްވަރު ދައުރުވަނީ އެކި ކަހަލަ ވީޑިއޯތަކެވެ. މި ވަގުތު ސޯޝަލް މީޑިއާގައި މާ މަޖާ ކަމަކަށް ވެގެން އުޅޭ އެއް ކަމަކީ ކަޅު ހެދުމެއްގައި ހުންނަ ފިރިހެން ކުއްޖަކު ބޮއްކުރައެއްގެ ކުރީކޮޅުގައި ހުރެ ނަށާ ވީޑިއޯތަކާއި އެގޮތަށް ހަދާފައި ހުރި އެހެން ވީޑިއޯތަކެވެ. ޓިކްޓޮކްގައި ޓްރެންޑްވަމުން އަންނަ އެ ވީޑިއޯ ދިވެހިން ވެސް ހަދަން ފަށައިފި އެވެ.

ދިވެއްސަކު ޓިކްޓޮކަށް ލާފައިވާ މީގެ ވީޑިއޯއެއްގައި ހުންނަނީ ދޯންޏެއްގެ ދިރުނބާކޮޅުގަ އެވެ. އެ ވީޑިއޯ 335،000 ފަހަރު ބަލާފައި ވާއިރު 39،000 މީހުން އެ ވީޑިއޯއަށް ލައިކް ދީފައިވެ އެވެ.

މިއީ ކޮން ކުދިންތަކެއްކަމާއި ކޮން ޓްރެންޑެއްކަން އެނގޭހެއްޔެވެ؟

އެއީ އިންޑޮނީޝިއާގެ ކުދިންތަކެވެ. "ޕަކު ޖަލޫރު" ނަމަކަށް ކިޔާ އެ ބޯޓު ރޭހަކީ އެ ގައުމުގައި ކޮންމެ އަހަރެއްގެ ޖޫން، ޖުލައި އަދި އޮގަސްޓުގައި، ކޯރުތަކުގައި ބާއްވާ ރޭހެކެވެ.

ޕަކު ޖަލޫރު އަކީ 17 ވަނަ ގަރުނުން ފެށިގެން އިންޑޮނީޝިއާގައި ބާއްވަމުން އަންނަ ބޯޓު ރޭހެކެވެ. ދިގުކޮށް، ބޮއްކުރާ ގޮތަށް ހަދާފައި ހުންނަ އެ ދޯނިތައް ދުއްވަނީ ދެފަޅީފައި މީހުން ތިބެ، ފަލި ޖަހައިގެންނެވެ.

@alpo.mv Young ⚫️ and rich!! #foryou #foryoupage @🎭 Dēvīl 4050 🎭 ♬ original sound - ᴺʸᵍᵃ

އެ ރޭސިން ބޯޓުތައް ދުއްވާއިރު ކުރިމަތީގައި ކުއްޖަކު ނަށަ އެވެ. އެއީ މަޖާ ނަގައި ރޭހުގެ ފޯރި ގެނައުމަށެވެ.

"ބޯޓު އޯރާ ފާމިން" ނަމުގައި ދައުރުވާ އެ ވީޑިއޯތަކުގައި މެލީ މައިކްގެ "ޔަންގް ބްލެކް އެންޑް ރިޗް" ލަވަ ބޭނުންކޮށްފައިވެ އެވެ.

އެ ވީޑިއޯތަކުގައި ފަލިޖަހާ ބޯޓުތަކުގައި ތިބޭ ކުދިން ކުރާ ހަރަކާތްތައް ޓިކްޓޮކް ބޭނުންކުރާ މީހުން ކޮޕީކުރާ މީމްތައް ވެސް މިހާރު ވަނީ އުފެދިފަ އެވެ. މީގެ ތެރެއިން ކަޅު ހެދުމެއް ލައިގެން ހުންނަ ކުއްޖާގެ މީމްތައް ވަރަށް ބޮޑަށް ދައުރުވެ އެވެ.

އިންޑޮނީޝިއާ ސޯޝަލް މީޑިއާ

Popular