10 Oct 2018

ރިޝްމީ އާއި ރަވީގެ ވަކިނުވި ކެމިސްޓްރީ

ރިޝްމީ އާއި ރަވީގެ ވަކިނުވި ކެމިސްޓްރީ

By: Aishath Maaha

ރަވީ ފާރޫގާއި އައިޝަތު ރިޝްމީގެ ލޯބީގެ ވާހަކަތައް ދުވަސްކޮޅެއް ކުރިން ގަދަވުމަށް ފަހު އެއްކޮށް ހުއްޓުނީ އެ ގުޅުން ކެނޑުމުންނެވެ. އެކަމަކު މި ދެ ތަރިންގެ ލޯބި ފޮޓޯތަކެއް ސޯޝަލް މީޑިއާ އިން އަނެއްކާ ފެންނަން ފަށައި އެ ގުޅުން އަލުން ދިރިގެން އަތުވެއްޖެ ކަމުގެ ނިޝާންތަކެއް އެބަ ފެނެ އެވެ.

އެކަމަކު މި ފޮޓޯތަކާ ބެހޭ ގޮތުން ރިޝްމީ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވި އެވެ.

މީގެ ހަތަރު ވަރަކަށް އަހަރު ކުރިން ވެސް ދެ މީހުން ރައްޓެހިވެގެން ގިނަ ދުވަސް ތަކެއް ވަންދެން އުޅުނެވެ. އޭރު ދެ މީހުން ރައްޓެހިވެގެން އުޅުނު ނަމަވެސް ކައިވެންޏަކާ ހަމައަށް ދިއުމުގެ ކުރިން ދެ މީހުންގެ ގުޅުން ނިމުނީ އެވެ. ރަވީ އާއި ރިޝްމީ ކުރިން ބުނެފައިވަނީ އެ ދެ މީހުންގެ ގުޅުން ނިމުމަކަށް އައީ އުންމީދުކުރި ގޮތަށް އެ ގުޅުން "ވޯކްއައުޓް" ނުކުރުމުންނެވެ.

ރިޝްމީ އާއި ރަވީ.-- މިހާރު ފޮޓޯ: މުހައްމަދު ޝަރުހާން

"ދެ މީހުންގެ ކައިވެނި ރޫޅިފައި އޮތީމަ އޭރު ދެން އިންޓްރަސްޓް ހުރީމަ ޑޭޓް ކުރަން ފެށީ،" ރިޝްމީ ބުންޏެވެ. "އެކަމަކު ދެން އޭތި ވޯކްއައުޓް ނުކުރީމަ ކްއިޓް ކުރަން ޖެހުނީ،" 2016 ވަނަ އަހަރު ޓީވީއެމް އިން ގެނެސްދިން ސެލެބްރިޓީ ޓައިމް ޝޯގައި ވާހަކަ ދައްކަމުން ރިޝްމީ ބުނެފައިވެ އެވެ. ކުރީގެ ފިރިމީހާ އަޒޭއާ ބެހޭ ގޮތުން އެ އިންޓަވިއުގައި ރިޝްމީ ބުނީ "އަޒޭ އާ އަލުން ގުޅެން ހިތަކު ނެތް" ކަމަށެވެ. އެހެން ނަމަވެސް ދެ މީހުންގެ ދަރިއަކު ހުރީމަ، ޕޭރަންޓުންގެ ގޮތުގައި އޮންނަން ޖެހޭ ގުޅުން ވަރަށް ރަނގަޅަށް އަބަދުވެސް އޮންނަ ކަމަށް އޭނާ ބުންޏެވެ.

ރިޝްމީ ރޭގައި އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓުކޮށްފައިވާ ފޮޓޯއެއް. --

އޭގެފަހުން ވެސް ދެތަރިން އެކުގައި ފިލްމެއްގެ މަސައްކަތް ވެސް ވަނީ ކޮށްފަ އެވެ. ދެތަރިން އެކުގައި ފެނިގެންދިޔަ "ވިޝްކާ"ގައި ދެތަރިންގެ ކެމިސްޓްރީ ވަނީ ގިނަ ބަޔަކަށް ކަމުގޮސްފަ އެވެ.

މިހާރު އޮތް ގުޅުމާ ބެހޭ ގޮތުން ރިޝްމީ ވާހަކަ ނުދެއްކި ނަމަވެސް ރަވީ ވަނީ އެންމެ މުހިންމު ސުވާލަށް ޖަވާބު ދީފަ އެވެ.

"އާނ އޭގެން [ފޭސްބުކް/އިންސްޓަގްރާމް] އޮބްވިއަސް އެއް ނޫންބާ. އެކަމަކު އަދި ވީ ވުޑް ޕްރިފާ މިގޮތަށް އެއްވެސް މައުލޫމާތެއް ނުދޭން. ސަމްޓައިމް ސޫން،" ރަވީ ބުންޏެވެ.

You are the first person i want to talk to when i wake and the last person i wish to see before i fall asleep @rishmyyr

A post shared by Ravee Farooq (@raveefarooq) on

މި ގުޅުމާ ގުޅޭގޮތުން ވާހަކަ ދައްކަން ދެ ތަރިން ބޭނުން ނުވި ނަމަވެސް ސޯޝަލް މީޑިއާގައި ދެތަރިން ވެސް އަންނަނީ އެކަކު އަނެކަކަށް ހާއްސަކޮށް ޕޯސްޓުތައް ކުރަމުންނެވެ.

ރަވީ އާއި ރިޝްމީ އެންމެ ފުރަތަމަ ރައްޓެހިވީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. މީގެ ކުރިން ރަވީ ވަނީ ދެ ކައިވެންޏެއްކޮށްފަ އެވެ. އަދި ފަހުން ކުރި ކައިވެންޏަށް ދެ ދަރިން ވަނީ ލިބިފަ އެވެ. ރިޝްމީ ވެސް ވަނީ މީގެ ކުރިން ކައިވެންޏެއްކޮށް ދަރިޔަކު ލިބިފަ އެވެ. ރިޝްމީ ކުރިން ކައިވެނިކޮށްފަނީ ފިލްމީ ތަރި އަހްމަދު އަޒްމީލް (އަޒޭ) އާ އެވެ.

ސެލެބްރިޓީން

Popular