15 May 2019

ގޭމް އޮފް ތުރޯންސް: އަވަސް އަރުވާލައިގެން އަތަށް ގޮވަނީތަ؟

ގޭމް އޮފް ތުރޯންސް: އަވަސް އަރުވާލައިގެން އަތަށް ގޮވަނީތަ؟

By: Ifraz Ali

*** ސްޕޮއިލާ އެލާޓް ***

އެންމެ ގާތް ދެ ރަހުމަތްތެރިން، ޖޯރާ އާއި މިސާންޑޭ، ދަރިއެއްގެ ކުލުނު ޖެހިފައި އޮތް ދެ ޑްރެގަން އަދި ޑޮތުރާކީ އާއި އަންސަލިޑް ފައުޖުގެ ގިނަ ހަނގުރާމަވެރިންތައް މަރުވެއްޖެ އެވެ. އަދި އެންމެ އިތުބާރުކުރި ޓިރިއަން އާއި ވޭރިސް ވެސް ފަހު ވަގުތުގައި ދިނީ ދޯކާ އެވެ. އެންމެ ލޯބިވި ޖޯން ސްނޯ ވެސް މިހާރު އޭނާ ދެކެ ލޯތްބެއް ނުވޭ؟ މިވަރުން ކުއީން ޑެނޭރީސް، މޭޑް ކުއީންއަށް ނުވިއްޔާ ދެރަ އެވެ.

ބައްޕަ، މޭޑް ކިންގް ގޮތަށް، ޑެނީ މޭޑް ކުއީނަކަށް ވާނެ ދުވަހަކަށް އިންތިޒާރު ކުރާތާ ޒަމާންގަނޑެއް ވެއްޖެ އެވެ. ފުރަތަމަ ސީޒަނުން ވެސް މި ދުވަސް އަންނާނެ ކަމަށް އޮތީ ގަބޫލުކުރެވިފަ އެވެ. މިހާރު ދިރި އޮތް އޭނާގެ ހަމައެކަނި ޑްރެގަނަށް ސަވާރުވެ، މުޅި ކިންގްސް ލޭންޑިންގައި "ބޮޑުހުޅު" ޖަހައި، ކުށެއް ނެތް އެތައް ބަޔަކު މަރާލައިފި އެވެ.

ގޭމް އޮފް ތުރޯންސް އެޕިސޯޑް ފަހެއްގެ މަންޒަރެއް --

ޑެނީ މޭޑް ކުއީނަކަށް ވުމަކުން އެޔަކު މައްސަލައެއް ނެތެވެ. އެކަން އެވީ ހަމަ ވާންޖެހޭ ގޮތަށެވެ. އެކަމަކު މިދިޔަ އަށް އަހަރު ތެރޭގައި ފައްކާ ކުރި ޑެނީގެ ވަރުގަދަ ކެރެކްޓާ އެންމެ އެޕިސޯޑަކުން ފަނުފުލަށް ދުއްވާލީމަ އެ ހިސާބުން އެ އުފެދުނީ މައްސަލަ އެވެ. ފޭނުންނަށް ވެސް ކަމުނުދިޔައީ އެހެންވީމަ އެވެ. ޝޯގެ ޕްރޮޑިއުސަރުން އަވަސް އަރުވާލައިގެން ނިންމާލަން އުޅުމާއެކު ރައިޓަރުންގެ މަސައްކަތް އަތަށް ގޮވަން ފެށީ އެވެ.

ފަހު އެޕިސޯޑުގައި ޖެހުނު ހަމައެކަނި މައްސަލައަކަށްވީ އަވަސް އަރުވާލަން ހަދައިގެން ޝޯގެ ސްޓޯރީލައިން މާ ބޮޑަށް ބަލިކަށިވުމެވެ. ސިނަމަޓޯގުރާފީ، ވީއެފްއެކްސް، އެޑިޓިން އަދި ދެން ވެސް އޮތް ޕްރޮޑަކްޝަންގެ ހުރިހާ މަސައްކަތަކަށް ހަމަ ސަތޭކަ އެވެ.

ގޭމް އޮފް ތުރޯންސް އެޕިސޯޑް ފަހެއްގެ މަންޒަރެއް --

ހައިރާންކޮށްލި މަރުތައް

މި ޝޯ ނިމޭއިރު، ހެޕީ އެންޑިންއެއް އައިސްދާނެ ކަމަށް ހީކޮށްގެން ތިބިގެން ނުވާނެ ކަމަށް ބުނެ އެވެ. އަނިޔާވެރިކަމާއި ހައިރާންކޮށްލުމަކީ ގޭމް އޮފް ތުރޯންސްގެ އަލް ގޭމެވެ. މިދިޔަ އެޕިސޯޑަކީ ހަމަ ގޭމް އޮފް ތުރޯންސްގެ އަސްލު ސްޓައިލްގެ އެޕިސޯޑެކެވެ. ހޯމަ ދުވަހުގެ އެޕިސޯޑަށް ފަހު މި ޝޯގެ ވަރަށް މުހިންމު ގިނަ ކެރެކްޓާސްތަކެއް މަރުވި އެވެ. އެ މީހުންނަކީ؛

- ލޯޑް ވޭރިސް

- ޔޫރޯން ގްރޭޖޯއީ

- ދި ހައުންޑް އާއި މައުންޓެން

- ކައިބާން

- ކުއީން ސާސީ

- ސަ ޖޭމީ

ސާސީ އާއި ޖޭމީ ހަމަ އަސްލަށް ވެސް މަރުވީތަ؟

ސާސީ އާއި ޖޭމީގެ ނިމުން އައި ގޮތް ގިނަ ބަޔަކަށް ކަމަކު ނުދިޔަ އެވެ. އެކަމަކު އެމީހުންގެ ނިމުން އަންނާނީ އެ ކަހަލަ ގޮތަކަށްކަން ކުރީގެ ސީޒަންތަކުން ވެސް އެނގެ އެވެ. ސާސީ މަރުވާނީ އޭނާގެ ކޮއްކޮގެ އަތުން ކަމަށް ޕްރޮފެސީއަކުން އެނގެން އޮތެވެ. އެހެންކަމުން ހީވެފައި އޮތީ ސާސީ މަރުވާނީ ޖޭމީ ނޫނީ ޓިރިއަން އަތުން ކަމަށެވެ. ހަމަ އެހެން ޕްރޮފެސީއަކަށް ބަލައި ސާސީ މަރުވާނީ އާރްޔާގެ އަތުން ކަމަށް ވެސް ހީކުރެވުނެވެ.

ގޭމް އޮފް ތުރޯންސް އެޕިސޯޑް ފަހެއްގެ މަންޒަރެއް --

އެކަމަކު އެ ދެމީހުން ހަމަ މަރުވީ ކަމަށް އަދިވެސް ގަބޫލުކުރަން ދަތި ވަނީ އެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ސާސީ މަރުވުމުގެ ކުރިން އަދި އެއް ފަހަރު ސަންސާ އާއި ދިމާވާނެ ކަމަށެވެ. ގޭމް އޮފް ތުރޯންސްގެ ރައިޓަރުން އަބަދުވެސް ބުނާ ވާހަކައެއް އޮވެ އެވެ. ޝޯގެ ކެރެކްޓާއެއް އޮން ސްކްރީނުގައި މަރުވާތަން ރަނގަޅަށް ނުފެންނަޏާ އެމީހަކު އަދި މަރު ނުވުމުގެ ފުރުސަތު އޮންނާނެ އެވެ. ވާގޮތެއް ބަލަން ފަހު އެޕިސޯޑަށް އިންތިޒާރުކުރަންވީ އެވެ.

އާރްޔާ ޑެނީ މަރާލަނީ؟

ފަހަރުގައި ޑެނީ މަރުވާނީ އާރްޔާގެ އަތުންނެވެ. ޑެނީގެ ލޮލުގެ ކުލައަކީ ވެސް ފެއްސެވެ. ޕްރޮފެސީއަށް ބަލާނަމަ، އާރްޔާ މަރާލާނެ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ބާކީ އިނީ ފެހި ލޮލެއް އިންނަ މީހެކެވެ. ސާސީގެ ވެސް ފެހި ލޮލެއް އިނުމުން ހީކުރެވުނީ އެއީ އޭނާ ކަމަށެވެ. އަދި އާރްޔާ ކިންގްސް ލޭންޑިންއަށް ދިޔައީ ވެސް ސާސީ މަރާލުމަށް ކަމަށް ވާތީ އެވެ.

"ގޭމް އޮފް ތުރޯންސް" އެންމެފަހު އެޕިސޯޑުގެ ޕްރީވިއު.

ޑެނީގެ ހަރަކާތްތައް ހުރި ގޮތުން އެންމެ ހައިރާކަމެއް ލިބުނު އެކަކަށް އާރްޔާ އަދި ޖޯން އެވެ. ފަހަރެއްގައި ކުރިއަށް އޮތް އެޕިސޯޑުގައި ޖޯން، ޑެނީއަށް ފަސްދޭނެ އެވެ. ޑެނީއަށް އިތުބާރު ނުކުރުމަށް ސަންސާ އާއި އާރްޔާ ކުރި އަދޭސް ގަބޫލުކުރާނެ ކަމަށް ވެސް ބެލެވެ އެވެ. އެކަމަކު ދެން ވެސް ޖޯން ތަހުތަށް ވެރިވުމަށް ބޭނުންވާނެހެން ހިއްޔެއް ނުވެ އެވެ.

އެންމެފަހުގެ ޕްރިޑެކްޝަންތަކަށް ބަލާނަމަ އަޔަން ތުރޯން ލިބުން އެންމެ ގާތީ ސަންސާ އަށެވެ. އެ ވާހަކަ ފަހުން ކިޔައިދޭނަމަވެ.

ޓީވީ ސިލްސިލާ

Popular