4 Nov 2019

By: Ifraz Ali

ދުނިޔޭގެ އެންމެ އަގުބޮޑު ފިލްމު "އެވެންޖާސް: އެންޑްގޭމް" އިން ވެސް ފެނުނު އެމެރިކާގެ އެކްޓްރެސް، ހޭލީ އެޓްވެލް މިފަހަރު ޗުއްޓީ ހޭދަކުރަން އައީ ރާއްޖެ އަށެވެ. މާވެލް ސްޓޫޑިއޯސްގެ ފިލްމުތަކުގައި ހޭލީ ކުޅެނީ ކެޕްޓަން އެމެރިކާގެ ލޯބިވެރިޔާ، ޕެގީ ކާޓާގެ ރޯލެވެ. ހޭލީ ޗުއްޓީ ހޭދަކުރީ ކޮކޯ ޕާމް ބޮޑުހިތި ރިސޯޓްގަ އެވެ.

އެކަމަކު ހޭލީ އަށް މިއީ ހަމައެކަނި ޗުއްޓީ ދަތުރެއް ވެސް ނޫނެވެ؛

View this post on Instagram

A post shared by Hayley Atwell (@wellhayley) on

އިންސްޓަގްރާމްގައި ތިބި އޭނާގެ މިލިއަނެއްހާ ފޮލޮވާސް އަށް މި ދަތުރުގައި އޭނާ ކުރި ތަޖުރިބާ ކިޔައިދިނެވެ. މި ދަތުރުގެ އެންމެ ހާއްސަ ކަމަކަށް ވީ ޕްރޮފެޝަނަލް އެސޯސިއޭޝަން އޮފް ޑައިވިން އިންސްޓްރަކްޓާސް (ޕަޑީ) ގެ ޑައިވިން ކޯހެއްގައި ހޭލީ ބައިވެރިވެ، އެ ކޯހުގެ ފަހު އިމްތިހާނު ރާއްޖޭގައި ފުރިހަމަ ކުރުމެވެ.

މިހާރު ހޭލީ އަކީ ޕަޑީގެ ސެޓިފައިޑް ޑައިވަރަކެވެ.

View this post on Instagram

A post shared by Hayley Atwell (@wellhayley) on

ފުރަތަމަ ދުވަހު އަޕްލޯޑްކުރި ފޮޓޯ.

ފުރަތަމަ ދުވަހު ހޭލީ އަޕްލޯޑްކުރި ފޮޓޯގައި ފެންނަނީ އެ ރިސޯޓްގެ އަތިރިމަތީގައި ހުރި ހަޓެއްގެ ތެރޭގައި އޭނާ ނަށަން ހުންނަ ތަނެވެ. އޭގެ ފަހުން ސެލްފީއެއް ޕޯސްޓުކޮށްފައި ބުނީ މިހާރު އަނދިރިވެ، ވިއްސާރާ ވެސް ނަގާފައި ހުރި ކަމަށެވެ. އެހެން ނޫން ނަމަ ކަނޑުގެ ރީތި ފޮޓޯއެއް އެންމެންނަށް ދައްކާލާނެ ކަމަށެވެ.

View this post on Instagram

A post shared by Hayley Atwell (@wellhayley) on

ހޭލީ، އޭނާގެ ޑައިވިން އިންސްޓްރަކްޓަރާއެކު.

ދެ ވަނަ ދުވަހު ހޭލީ ދިޔައީ އެ ކޯސް ފުރިހަމަ ކުރަން ދާންޖެހޭ އެންމެ ފަހު ޑައިވިނަށެވެ. އޭނާގެ ޑައިވިން އިންސްޓްރަކްޓަރާ އެކު ނެގި ސެލްފީ ޕޯސްޓްކޮށްފައި ބުނީ ކުރިން ތިއަރީ އިމްތިހާނު ހަދައި ނިންމާފައިވާ ކަމަށެވެ. އަދި ޕްރެކްޓިކަލް އިމްތިހާނުގައި ފަސް ފަހަރު ޑައިވިނަށް ދާންޖެހޭ ކަމަށެވެ.

View this post on Instagram

A post shared by Hayley Atwell (@wellhayley) on

މުރަކަަ ހުދުވާ މައްސަލަ ކިޔައިން ޕޯސްޓް.

"ކޮންމެ ޑައިވިނެއްގައި ތަފާތު ކަސްރަތުތައް ކުރަންޖެހޭ، އެއީ 18 މީޓަރު އަޑިއަށް ދާން. މިދިޔަ ދުވަސްތަކުގައި ޑައިވިން ކިޓް ރެޑީކުރާނެ ގޮތާއި މޫދަށް ފައިބާއިރު ފުރަތަމަ ކުރަންޖެހޭ ކަންކަމާއި އެމަޖެންސީގައި އުޅޭނެ ގޮތާއި އަދި މިހަލަ އެކި ކަންކަން ދަސްވެއްޖެ،" އޭނާގެ އިންސްޓްރަކްޓަރަށް ޝުކުރު އަދާކުރަމުން ލިޔެފައި އޮތެވެ.

View this post on Instagram

A post shared by Hayley Atwell (@wellhayley) on

ޑައިވިން ކޯސް ފުރިހަމަ ކުރުމަށް ފަހު ޕޯސްޓްކުރި ފޮޓޯ.

ޑައިވިނަށް ގޮސް ނަގާފައި ހުރި ބައެއް ފޮޓޯތައް ވެސް ހޭލީ ޕޯސްޓްކުރި އެވެ. ހޭލީ ބުނީ އޭނާ އަށް ފާހަގަކުރުވެނު އެއް ކަމަކީ ކޮރަލް ބްލީޗިން ނުވަތަ މުރަކަތައް ހުދުވާ މައްސަލަ އެވެ. އެކަ އޭނާގެ ހުރި ކަންބޮޑުވުންތައް ކިޔައިދިނެވެ.

View this post on Instagram

A post shared by Hayley Atwell (@wellhayley) on

އެންމެފަހުން ޕޯސްޓުކުރި މި ފޮޓޯގައި ކޮކޯ ޕާމް ބޮޑުހިތި ރިސޯޓަށް ހޭލީ ޝުކުރު އަދާކުރި.

އިތުރު ފޮޓޯއަކަށް، ހޭލީ އުޅުނު ވިލާގެ ތެރޭގައި ކޮފީއެއް ބޯން އިނދެފައި ނެގި ރީތި ފޮޓޯއަކާއި ސަފާރީއެއްގައި ހުރެ ނެގި ފޮޓޯއެއް ވެސް ޕޯސްޓްކުރި އެވެ. ރިސޯޓަށް ޝުކުރު އަދާކޮށް ހޭލީ ޕޯސްޓުކުރި އެ ފޮޓޯގައި އޭނާ ލައިގެން ހުރީ ބްލޫއިޝް ޕާޕުލް ކުލައިގެ ޕޮލްކާ ޑޮޓެޑް ހެދުމެކެވެ. އަދި ރީނދޫ ކުލައިގެ ރެޕް ބެލްޓެއް ވެސް އަޅުވާފައި އޮތެވެ.

Popular