5 Nov 2019

By: Ifraz Ali

ކެނެޑާގެ އެކްޓަރު ކިއާނޫ ރީވްސް ވަނީ ދިވެހި އަންހެން ކުދިންގެ ހިތްތައް ވެސް ފަތަހަކޮށްފަ އެވެ. މިއަހަރު ނިކުތް އޭނާގެ ފިލްމު ސީރީޒް "ޖޯން ވިކް" ގެ ތިން ވަނަ ފިލްމަށް ފަހު އޭނާ އަށް މަރުދޭ މީހުން އިތުރު ވެސް ވި އެވެ. މި ހާއްސަ އިހްތިރާމް ވެފައި ވަނީ ކިއާނޫ 55، މަޝްހޫރު އެއް ސަބަބަށެވެ.

އިވެންޓްތަކުގައި ކިއާނޫ އަންހެން ކުއްޖަކާ ގައިގޯޅިވެ އުޅޭތަން ވަރަށް ނުފެންނާނެ އެވެ. އެކަމަކު މިއަދު އިންޓަނެޓް ހިލުވާލީ މިހާރު ލޮސް އެންޖެލިސްގައި ކުރިއަށްދާ ޖޫޗީ ބްރޭންޑްގެ އިވެންޓެއްގެ ރެޑްކާޕެޓްގައި ކިއާނޫ އަންހެނެއްގެ އަތުގައި ހިފައިގެން ހުންނަ ތަން ފެނުމުންނެވެ.

ކިއާނޫ.

އެ މީހަކީ ބިޒްނަސް ކޮލެބްރޭޓާއެއް ކަމަށްވާ، 46 އަހަރުގެ އެލެކްސެންޑްރާ ގްރޭޓް އެވެ.

ކިއާނޫ އޭނާގެ 35 އަހަރުވީ ދިގު ފިލްމީ ކެރިއަރުގައި އަދި މިހާތަނަށް ދުވަހަކު ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހަކާ އެކު ރެޑްކާޕެޓްގައި ފޮޓޯއެއް ނަގަން ހުއްޓިފައެއް ނުވެ އެވެ. ދުނިޔޭގެ އެކި ހިސާބުތަކުގެ ފޮޓޯގްރާފަރުން ތިބި މި އިވެންޓްގައި ރެޑްކާޕެޓްގައި ހުރި ވަގުތާއި އަދި އެތަނުން ދިޔަ ވަގުތު ވެސް ކިއާނޫ، އެލެކްސެންޑްރާގެ އަތުން ދޫކޮށެއްނުލަ އެވެ.

މި ދެމީހުން އެކީގައި މީގެ ކުރިން ވެސް ވަރަށް ގިނަ ތަންތަނުން ފެނިފައިވެ އެވެ. އެކަމަކު ދެމީހުން ރައްޓެހިވެގެން އުޅޭކަން ކަށަވަރެއް ނުވެ އެވެ.

ކިއާނޫ އެންމެ ފުރަތަމަ ލޯބިން ގުޅިގެން އުޅުނީ ޖެނިފާ ސީމްއާ އެވެ. ކާރު އެކްސިޑެންޓެއްގައި 2001 ވަނަ އަހަރު ޖެނިފާ މަރުވި އެވެ. އޭގެ ފަހުން އޭނާ ލޯބީގެ އެއްވެސް ކަހަލަ ގުޅުމެއް މީހަކާ ނުބާއްވާ ކަމަށްވެ އެވެ.

ޖެނިފާގެ އިތުރުން ސެންޑްރާ ބުލޮކް، އެމެންޑާ ޑި ކެޑެނެޓް އަދި ކްލެއާ ފޯލެނީއާ ރައްޓެހިވެގެން އުޅޭ ކަމަށް ވާހަކަދެކެވުނު ނަމަވެސް އެކަން ކަށަވަރެއް ނުވި އެވެ.

ސެލެބްރިޓީން

Popular