14 Dec 2019

By: Ifraz Ali

ސްވިމިން ޕޫލަށް ނުވަތަ މޫދަށް އެރި ތިބޭއިރު، ފްލޯޓިން ބްރެކްފާސްޓެއް ލިބުމަކީ ރާއްޖޭގެ ރިސޯޓުތަކަށް ޗުއްޓީ އަށް އަންނަ ޓޫރިސްޓުންނަށް މިހާރު ވަރަށް ކަމުދާ ކަމެވެ. ބޮލީވުޑްގެ އެކްޓްރެސް ނުޝްރަތު ބަރޫޗާ އަށް ވެސް މި ވަރަށް ކަމުގޮސްފި އެވެ.

ޗުއްޓީ ހޭދަކޮށްލަން ނުޝްރަތު ރާއްޖެ އައީ މީގެ ތިން ދުވަސް ކުރިންނެވެ. އޭނާ ޗުއްޓީ ހޭދަކުރަނީ ދި ސަން ޝިޔާމް އިރުފުށި ރިސޯޓުގަ އެވެ.

ފްލޯޓިން ބްރެކްފާސްޓާއެކު ނަގާފައިވާ ފޮޓޯއެއް ނުޝްރަތު އިންސްޓަގްރާމްކުރި އެވެ. އޭގެ ކެޕްޝަން ލިޔެފައި އޮތީ މި ބްރޭކްފާސްޓާ އެކު، ސްވިމިން ޕޫލްގައި އޮންނައިރު ފެންނަ އެ ތަނުގެ މަންޒަރު ވެސް ވަރަށް ރީތި ކަމަށެވެ. އަދި އެ ރިސޯޓްގެ އިންތިޒާމްތައް ވެސް ވަރަށް ފުރިހަމަ ކަމަށެވެ.

އިންޑިއާގެ މަޝްހޫރު މީސްމީހުން ރާއްޖެ އައިސް، ފްލޯޓިން ބްރޭކްފާސްޓާ އެކު ފޮޓޯ ނަގައި އާންމުކުރުމުން މީގެ ކުރިން ވެސް ވަރަށް ބޮޑަށް ސަމާލުކަން ލިބިފައި އެބަހުއްޓެވެ.

View this post on Instagram

A post shared by nushrat (@nushratbharucha) on

މި ފޮޓޯގައި ބޭނުންކޮށްފައި ހުރި ހޭޝްޓެގްތަކުގައި ވެސް "ކެން އައި ޑޫ ދިސް އެވްރީޑޭ" ނުވަތަ ކޮންމެ ދުވަހަކު ވެސް މިކަން ކުރަން ބޭނުންވާ ކަމަށް ލިޔެފައިވެ އެވެ.

ނުސްރަތު ސްނޯކްލިން އަށް ގޮސް ނަގާފައިވާ ވީޑިއޯތަކެއް ވެސް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލާފައި އެބަހުއްޓެވެ.

View this post on Instagram

A post shared by nushrat (@nushratbharucha) on

"ކަލް ކިސީނޭ ދޭކާ" އިން 2009 ވަނަ އަހަރު ބޮލީވުޑަށް ތައާރަފުވި ނުޝްރަތު، މިދިޔަ އަހަރާއި ހަމައަށް އެނގިފައި އޮތީ ފްލޮޕް އެކްޓްރެސެއްގެ ގޮތުގަ އެވެ. އެކަމަކު މިދިޔަ އަހަރު އޭނާ ކުޅުނު "ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީ" އަށް ފަހު އޭނާ މަޝްހޫރުވެ ގިނަ ފިލްމުތަކުން އަންނަނީ ފުރުސަތު ލިބެމުންނެވެ.

އެންމެ ފަހުން ނިކުތް އޭނާ އުޅޭ ފިލްމު، "ޑްރީމް ގާލް" ވެސް ވަރަށް ކާމިޔާބެވެ.

ބޮލީވުޑް ސެލެބްރިޓީން

Popular