ފާތުމަތު ފަރިޝާ (ސޯނިއާ)

ސޯނިއާ އަކީ ހަމައެކަނި ވީޑިއޯ ލަވަ ކުޅެގެން މަޝްހޫރުވި ކުރީގެ ތަރިއެކެވެ. މިހާރު ދާއިރާއާ ދުރުގައި ހުރި ނަމަވެސް، ސޯނިއާގެ އާ "ވީޑިއޯ ލަވަތައް" ޓިކްޓޮކް ބަލާ މީހުނަށް ފެންނާނެ އެވެ.
ނީލަމް ޝާހު
ވީޑިއޯ ލަވަތަކާއި ޑްރާމާ އަދި ފިލްމުތަކުން ފެނުނު ކުރީގެ ތަރި، ނީލަމް ވެސް ޓިކްޓޮކްގައި އުޅެ އެވެ. އެކަމަކު ނީލަމް މިހާރު ވަނީ އޭނާގެ އެކައުންޓް ޕްރައިވެޓް ކޮށްފަ އެވެ.
އަހްމަދު އާސިމް

އެންމެފަހުން އާސިމް ފެނުނީ މިދިޔަ އަހަރު އެޅުވި ނިއުމާ މުހައްމަދުގެ "ނިވައިރޯޅި" އިންނެވެ. މިދިޔަ އަހަރު ފަހުކޮޅުން ފަށައިގެން އާސިމް ވެސް ޓިކްޓޮކްގައި ވީޑިއޯތައް ހަދަ އެވެ.
މަރިޔަމް އައްޒަ

އާ އަހަރުގެ ފެށުމާއެކު އައްޒަ ވެސް ވަނީ ޓިކްޓޮކް ބޭނުންކުރަން ފަށައިފަ އެވެ. އައްޒަ އެންމެ ފުރަތަމަ އަޕްލޯޑްކުރި ވީޑިއޯގައި ފެންނަނީ އައްޒަ ޅައިރު ހުރި ގޮތާއި މިހާރު ހުރި ގޮތައް ބަދަލުވެގެން އައިސްފައިވާ ފޮޓޯތަކެވެ.
ނުޒުހަތު ޝުއައިބް (ނުޒޫ)

ޓިކްޓޮކްގައި ނުޒޫގެ 15،000 އަށް ވުރެ ގިނަ ފޮލޮވާސް އެބަ ތިބިއްބެވެ. އަދި ނުޒޫގެ ވީޑިއޯތަކަށް 45،000 އަށް ވުރެ ގިނަ ލައިކްސް ވެސް ވަނީ ލިބިފައިވެ އެވެ.
އައިމިނަތު ރަޝްފާ (އާޝާ)

އާ ތަރިންގެ ތެރެއިން އެންމެ ގިނަ ފޮލޮވާސް ތިބީ އާޝާގެ އެވެ. އެއީ 55،000 ފޮލޮވާސް އެވެ. އާޝާ މިހާތަނަށް ފެނުނީ އަދި އެންމެ ފިލްމަކުންނެވެ. އެއީ ޑާކްރެއިންގެ "ގޮށްރާޅު" އިންނެވެ.
މުހައްމަދު ވިޝާލް (ރޯމަން)

ޓިކްޓޮކް ވީޑިއޯތަކުން މަޝްހޫރުވެ، ބައިސްކޯފްގެ "އެހެނަސް" ސީރީޒުން ރޯމަން އަށް ފުރުސަތު ލިބުނެވެ. އެ ސީރީޒްގެ އެއް ސީޒަން ނިމި، މިހާރު ދެ ވަނަ ސީޒަންގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފާތިމަތު ޝަރާ

ހަމަ ޓިކްޓޮކް ވީޑިއޯތަކުން މަޝްހޫރުވި ޝަރާ ވެސް ބައިސްކޯފްގެ "އެހެނަސް" ސީރީޒްގައި އުޅެ އެވެ.
އިރުފާނާ އިބްރާހިމް (އިރޫ)

މިހާރު ވަރަށް ގިނަ ފިލްމާއި ސީރީޒްތަކުގައި މަސައްކަތް ކުރަމުން އަންނަ އިރޫ ޓިކްޓޮކް ބޭނުންކުރަން ފެށީ މިދިޔަ އަހަރު ފަހުކޮޅު، އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު "ކޮސް ގިނަ މިސްޓޭކް" ޝޫޓުކުރި ދުވަސްކޮޅު އެވެ.
މަރިޔަމް ޝިފާ

ޓިކްޓޮކްގައި ދެ ވަނަ އަށް އެންމެ ގިނަ ފޮލޮވާސް ތިބި ތަރިއަކީ ޝިފާ އެވެ. ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ "ދެވަންސޫރަ" އިން ފިލްމީ ދާއިރާއަށް ނިކުތް ޝިފާ ވެސް ބައިސްކޯފްގެ ވެބް ސީރީޒެއްގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.