15 Feb 2020

By: Ifraz Ali

ބޮލީވުޑްގެ އެކްޓްރެސް އަދި ކުރީގެ ހިންދީ ޑްރާމާ އެކްޓްރެސް މޯނީ ރޯއީ ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް، އޭނާގެ އިންސްޓަގްރާމަށް އަޅާފައިވާ ކޮންމެ ފޮޓޯއަކުން ވެސް މޫދު ފެނެ އެވެ. އަދި މޫދުގައި އެކި ގޮތްގޮތަށް އޭނާ ނަގައިފައި ހުރި ފޮޓޯތައް ވެސް އެބަހުއްޓެވެ. އެންމެ ގާތް ރަހުމަތްތެރިޔާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަ މޯނީ އަށް އެހެންވީމާ އެންމެ ކަމުމިދިޔައީ މޫދެވެ.

View this post on Instagram

A post shared by mon (@imouniroy) on

މޯނީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ހެރިޓަންސް އާރަށު ރިސޯޓްގަ އެވެ.

View this post on Instagram

A post shared by mon (@imouniroy) on

View this post on Instagram

A post shared by mon (@imouniroy) on

މޯނީ އިއްޔެ ސްނޯކްލިން އަށް ވެސް ދިޔަ އެވެ. ސްނޯކްލިން އަށް ގޮސް ނަގާފައިވާ ވީޑިއޯތައް ޝެއާކޮށްފައި ލިޔެފައި އޮތީ "ހެޕީ ލަވް ޑޭ" ކަމަށެވެ. ނުވަތަ އިއްޔެ ފާހަގަކުރީ ލޯބިވެރިންގެ ދުވަސް ކަމަށްވާތީ، އޭނާގެ ހިތުގައި މޫދަށް އޮތް ލޯބި ހިއްސާކުރީކަންނޭނގެ އެވެ.

"އޮން ވަން ޕަސެންޓް ލޭން އެންޑް 99 ޕަސެންޓް ވޯޓާ،" ޕޫލެއްގެ ތެރޭގައި އޮތް ޔުނިކޯން ސީބެޑެއްގައި ނަގާފައިވާ ފޮޓޯތަކެއް ޕޯސްޓުކޮށްފައި މޯނީ ލިޔެފައި އޮތީ މިހެންނެވެ.

View this post on Instagram

A post shared by mon (@imouniroy) on

View this post on Instagram

A post shared by mon (@imouniroy) on

ބޮލީވުޑްގެ ސްޓާރުންގެ މެދުގައި މިހާރު ވަރަށް މަގުބޫލު އެއްޗެއް ކަމަށްވާ "ފްލޯޓިން ބްރޭކްފާސްޓް"، މޯނީ ވެސް ނެގި އެވެ. މޯނީ ބްރޭކްފާސްޓަށް އެރީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ރިޝިކާ ދިވާނީއާ ވެސް އެކު އެވެ.

View this post on Instagram

Opened this book at random... • • A big big thank you to @amila.rathnayake.photography Concept @rahuljhangiani @heritanceaarah @Globalspa_mag

A post shared by mon (@imouniroy) on

މޯނީ އެންމެފަހުން ފެނުނީ ރާޖްކުމާރު ރާއޯއާ އެކު މިދިޔަ އަހަރު ކުޅުނު ފިލްމު "މޭޑް އިން ޗައިނާ" އިންނެވެ. އަދި މިދިޔަ އަހަރު ނިކުތް ފިލްމު "ރޯމިއޯ އަކްބަރު ވޯލްޓާ" ގައި ވެސް އޭނާ އުޅުނެވެ. އެންމެ އަވަހަށް އޭނާގެ ފިލްމެއް ދެން އަންނާނީ މި އަހަރުގެ ޑިސެމްބަރު 4 ގަ އެވެ. އެއީ އާލިއާ ބަޓް އަދި ރަންބީރް ކަޕޫރްގެ "ބުރައްމަސްތުރާ" އިންނެވެ.

ބޮލީވުޑް ޗުއްޓީ ދުވަސްވަރު ސެލެބްރިޓީން

Popular