23 Sep 2020

ބްރަޔަން ކްރޭންސްޓަންގެ އާ ޑްރާމާގައި ވެސް ބްރޭކިން ބޭޑް

ބްރަޔަން ކްރޭންސްޓަންގެ އާ ޑްރާމާގައި ވެސް ބްރޭކިން ބޭޑް

By: Ahmed Nadym

އެމެރިކާގެ ކުޅަދާނަ އެކްޓަރު ބްރަޔަން ކްރޭންސްޓަން ދުނިޔެ އަށް ތައާރަފްކޮށް އެންމެންގެ ފެވަރިޓަކަށް ބަދަލުކޮށްލީ ވޯލްޓާ ވައިޓްގެ ގޮތުގައި ވިންސް ގިލިއަންގެ "ބްރޭކިން ބޭޑް" އިންނެވެ. އެއަށް ފަހު އަބަދުވެސް ފޭނުން ބޭނުންވަނީ ކްރޭންސްޓަން، ވޯލްޓާ ވައިޓް ގެ ގޮތުގައި އެނބުރި އައުމަށެވެ. ނަމަވެސް އެކަން ވެދާނެހެނެއް ހީނުވެއެވެ. އެކަމަކު ބްރަޔަން ކްރޭންސްޓަންގެ އާ ޑްރާމާ "ޔުއާ އޮނާ" އަކީ އޭނާ ކުޅުނު ވޯލްޓާ ވައިޓަށް ދޫކުރާ ކަހަލަ ޑްރާމާއެއް ނޫނެވެ. މި ޑްރާމާގައި ވެސް ކްރޭންސްޓަން ކުޅެނީ ވަރަށް ރަނގަޅު މީހެއްގެ ގޮތުގައި އުޅުމަށް ފަހު "ބްރޭކިން ބޭޑް" ވެގެން ގޮސް ހައްދުފަހަނަޅައިދާ މީހެއްގެ ރޯލެވެ.

ވޯލްޓާ ވައިޓްގެ ރޯލުން އެމީ އެވޯޑްސް ހާސިލުކޮށްފައިވާ ކްރޭންސްޓަން އަލަށް ފެނިގެންދާ ޝޯޓައިމްގެ ޑްރާމާ "ޔުއާ އޮނާ" އަކީ 10 އެޕިސޯޑްގެ ލިމިޓެޑް ސީރީޒެކެވެ. ލީގަލް ތްރިލާއެކެވެ. މި ޑްރާމާގައި އޭނާ ކުޅެނީ ހިޓް އެން ރަން މައްސަލައެއްގައި ކުށްވެރިޔާ ޒުވާނެއްގެ ބައްޕަގެ ރޯލެވެ. މި ބައްޕަ އަކީ އާންމުންގެ މެދުގައި އިންސާފަށް ލޯބިކުރާ ކަމަށް މަޝްހޫރުވެ މަގްބޫލުވެފައިވާ ފަނޑިޔާރެކެވެ. ނަމަވެސް ދަރިފުޅު ދިފާއުކުރަން ހަދައިގެން އޭނާ އަށް ޖެހެނީ އެންމެފަހުން "ބްރޭކިން ބޭޑް" ވާށެވެ.

ޝޯޓައިމްގެ މި ޑްރާމާ ޕްރިމިއާކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ޑިސެމްބަރު މަހު އެވެ.

Popular