28 Oct 2020

By: Ifraz Ali

އެމެރިކާގެ ރިއަލިޓީ ޓީވީގެ ރާނީ، ކިމް ކާޑޭޝިއަން އޭނާގެ 40 ވަނަ އުފަންދުވަސް ފާހަގަކުރަން އޭނާގެ އާއިލާ އާއި ރައްޓެހިން ގޮވައިގެން ދިޔައީ "ސިއްރު" މަންޒިލަކަށެވެ. އޭނާ ބުނީ މި ދަނީ "ޕްރައިވެޓް އައިލެންޑް" އަަކަށް ކަމަށެވެ. އުފަންދުވަސް ފާހަގަކުރުމަށް، ކިމް ބޭއްވި ޕާޓީގެ ބައެއް ފޮޓޯތައް ސޯޝަލް މީޑިއާގައި އޭނާ މިހާރު ވަނީ ހާމަކޮށްފަ އެވެ. -- ކިމް އާއި އޭނާއާ އެކު މި ދަތުރުގައި ބައިވެރިވި އެހެން ބައެއް މީހުން ސޯޝަލް މީޑިއަށް ދޫކޮށްލައިފައި ފޮޓޯތަކުން، އެ މީހުން ހިޔާރުކުރި މަންޒިލު، ރާއްޖެއާ ވައްތަރުކަމުން އެއީ ރާއްޖެތޯ ބައެއް މީހުން ސުވާލުކޮށްފައިވެ އެވެ.

View this post on Instagram

A post shared by Kim Kardashian West (@kimkardashian) on

ޑެއިލީ މެއިލް އިން ރިޕޯޓްކުރި ގޮތުގައި ބޮޑަށް ލަފާކުރެވެނީ، ކިމް އޭނާގެ އާއިލާ އާއި ރައްޓެހިން ގޮވައިގެން ޕްރައިވެޓް ޖެޓުތަކެއްގައި ނައްޓާލީ، ކެރީބިއަންގެ ޕްރައިވެޓް އައިލެންޑަކަށް ކަމަށެވެ. އެކަމަކު އަދި އެ ޚަބަރު ކަށަވަރެއް ނުވެ އެވެ. ކެރީބިއަން އައިލެންޑްސް އަކީ ރާއްޖެއާ ކޮންމެސް ވަރަކަށް ވައްތަރު މަންޒިލެކެވެ. އީ އޮންލައިން އިން ބުނި ގޮތުގައި އެ މީހުން ދިޔަ ކަމަށް ބެލެވެނީ ފްރެންޗް ޕޮލިނީސިއާގެ ރަށެއް ކަމަށްވާ ޓަހިޓީ އަށް ކަމަށެވެ. ފޮޓޯތަކަށް ބަލާއިރު މި ވާހަކަ ވަރަށް ބޮޑަށް ގަބޫލުކުރެވެ އެވެ.

ފޮޓޯ: ކެންޑަލް ޖެނާ އިންސްޓަ ސްޓޯރީ
ފޮޓޯ: ކިމް ކާޑޭޝިއަން އިންސްޓަ ސްޓޯރީ

މި ދުވަސްކޮޅު ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެ އަންނަން މީހުން ވެސް ގިނަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މީގެ ޖެޓްތައް އެ ހުރީ ބައިވަރެވެ. ސުވާލު ގިނަވެގެން މި އުޅެނީ މި ހުރިހާ ކަމަކާ އެކުގަ އެވެ. އެކަމަކު ރާއްޖެ އައި ނަމަ އެ މީހުން ކިތަންމެ ސިއްރުކުރި ކަމުގައި ވިޔަސް، އެ ހާމަކުރި ވަރުގެ ފޮޓޯތަކާ އެކު އެއީ ރާއްޖެކަން ޝައްކެއް ނެތި ޔަގީންކޮށްލެވޭނެ އެވެ.

ފޮޓޯ: ކޯޓްނީ ކާޑޭޝިއަން އިންސްޓަ ސްޓޯރީ
ފޮޓޯ: ކިމް ކާޑޭޝިއަން އިންސްޓަ ސްޓޯރީ

ކިމްގެ ކޮއްކޮ، ކެންޑަލް ޖެނާ ކުރި އިންސްޓަ ޕޯސްޓުތަކުގައި ވެސް ލިޔެފައި ވަނީ "ސީކްރެޓް ލޮކޭޝަން" ކަމަށެވެ. މި ދަތަރުގައި ކެންޑަލްގެ އިތުރުން، ކިމްގެ ފިރިމީހާ ކާންޔޭ ވެސްޓް، ކިމްގެ މަންމަ ކްރިސް ޖެނާ، އޭނާގެ ދައްތަ ކޯޓްނީ ކާޑޭޝިއަން އަދި ކޮއްކޮ ކްލޯއީ ކާޑޭޝިއަން އާއި ރޮބް ކާޑޭޝިއަން ވެސް ބައިވެރިވި އެވެ. އަދި އެ މީހުންގެ ލޯބިވެރިން ވެސް ފޮޓޯތަކުން ފެނެ އެވެ.

ފޮޓޯ: ކިމް ކާޑޭޝިއަން އިންސްޓަ ސްޓޯރީ
ފޮޓޯ: ކޯޓްނީ ކާޑޭޝިއަން އިންސްޓަ ސްޓޯރީ

ކިމްގެ ކޮއްކޮ، ކައިލީ ޖެނާ މި ދަތުރުގައި ބައިވެރިއެއްނުވެ އެވެ. ކިމްގެ ގާތް އެކުވެރިންގެ ތެރެއިން، އޭނާގެ ހެއާސްޓައިލިސްޓް، ކްރިސް އެޕަލްޓަން ވެސް މި ދަތުރުގައި ބައިވެރިވި އެވެ.

View this post on Instagram

A post shared by Chris Appleton (@chrisappleton1) on

"މިއަހަރު އަހަރެންގެ އުފަންދުވަހަށް، އަހަރެން ބޭނުންވީ އަހަންނަށް އެންމެ މުހިންމު މީހުން އަދި އަހަރެން މީހަކަށް ހަދައިދިނުމުގެ ފަހަތުގައި ތިބި މީހުންނާ އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރަން. އާއިލާ އާއި ރައްޓެހިންނާ އެކު ދަތުރު ދިއުމުގެ އުފަލާއި ހިތްހަމަޖެހުމަކީ ކިހާ ބޮޑު ކަމެއް ކަން ކޮވިޑް-19 ގެ ކުރިން އަހަރެމެންނަށް އިހުސާސެއްނުވިޔޭ ބުނެވިދާނެ،" ކިމް ކުރި ޕޯސްޓެއްގައި ލިޔެފައިވެ އެވެ.

ކިމް ބުނީ އެމީހުން ދަތުރަށް ފުރީ ދެ ހަފުތާ ވަންދެން ކަރަންޓީނުގައި ތިބުމަށް ފަހު، އެކި ފަހަރު މަތިން ކޮވިޑަށް ޓެސްޓުކުރުމަށް ފަހު ކަމަށެވެ. އެކަމަކު މިއީ މިފަދަ ލަގްޒަރީ ދަތުރުތައް ކޮށް ސޯޝަލް މީޑިއާގައި ހާމަކުރާއިރު ކޮވިޑާ ހެދި އެތައް ބަޔަކު ހާލުގައި ޖެހިފައި ތިބި ދުވަސްވަރަށް ވާތީ އެކަމާ ގުޅުވައިގެން ފާޑުކިޔުންތައް ވެސް އަމާޒުވެފައިވެ އެވެ.

ހޮލީވުޑް ސެލެބްރިޓީން ކިމް ކާޑޭޝިއަން ކާޑޭޝިއަން

Popular