24 Nov 2020

އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ މޮޅު ޑްރާމާއަކަށް ޑެލީ ކްރައިމް

އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ މޮޅު ޑްރާމާއަކަށް ޑެލީ ކްރައިމް

By: Ifraz Ali

އެކި ގައުމުތަކުގައި އުފައްދާ ޓީވީ ޝޯތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އިންޓަނޭޝަނަލް އެމީ އެވޯޑްސްގެ މިއަހަރުގެ އެވޯޑްގައި އެންމެ ކާމިޔާބު ޑްރާމާ ސީރީޒަކަށް ހޮވުނީ މިދިޔަ އަހަރު ނެޓްފްލިކްސް އިން ގެނެސްދިން އިންޑިއާގެ ކްރައިމް ޑްރާމާ "ޑެލީ ކްރައިމް" އެވެ. މުޅި ދުނިޔެއަށް ވެސް ސިހުން ގެނުވި، އިންޑިއާގެ ވެރިރަށް ދިއްލީގައި 2012 ވަނަ އަހަރު ހިނގި ގޭންގް ރޭޕްގެ ހާދިސާއަށް ބިނާކޮށް ގެނެސްދިން މި ސީރީޒަކީ އާންމުންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ޑްރާމާއެކެވެ. ރިޗީ މެހެތާ ޑައިރެކްޓުކުރި، ޖުމްލަ ހަތް އެޕިސޯޑެއް ހިމެނޭ މި ސީރީޒްގެ ލީޑު ރޯލުތައް ކުޅުނީ ޝެފާލީ ޝާހު، ރަސިކާ ދުގާލް، އާދިލް ހުސެއިން އަދި ރާޖޭޝް ތައިލާންގު އެވެ.

އިންޓަނޭޝަނަލް އެމީ އެވޯޑްސް ދެނީ 11 ކެޓަގަރީއަކުންނެވެ. މި އެވޯޑް ހަފުލާ މިއަދު ބޭއްވި ވާޗުއަލްކޮށެވެ. އަދި މިއީ މި އެވޯޑް ދެމުން އަންނަ 47 ވަނަ އަހަރެވެ.

ފާހަގަކޮށްލެވޭ ކާމިޔާބީތައް

އެންމެ މޮޅު އެކްޓަރު

- ބިލީ ބެރެޓް / ރެސްޕޮންސިބަލް ޗައިލްޑް / އިނގިރޭސިވިލާތް

އެންމެ މޮޅު އެކްޓްރެސް

- ގްލެންޑާ ޖެކްސަން / އެލިޒެބަތު އިޒް މިސިން / އިނގެރޭސިވިލާތް

އެންމެ މޮޅު ކޮމެޑީ ޑްރާމާ ސީރީޒް

- ނޯބޮޑީސް ލުކިން / ބްރެޒިލް

އެންމެ މޮޅު މިނީ ސީރީޒް

- ރެސްޕޮންސިބަލް ޗައިލްޑް / އިނގެރޭސިވިލާތް

އެންމެ މޮޅު ޑޮކިއުމެންޓްރީ

- ފޯ ސަމާ / އިނގެރޭސިވިލާތް

އެމީ އެވޯޑްސް ބަސް ޓީވީ ސިލްސިލާ

Popular