ބައިސްކޯފުން މި ރޯދަ މަހު ގެނެސްދޭ ޝޯތަކުގެ ތެރެއިން، "ތުންތުން މަތިން" ވަރަށް ހާއްސަ ވާނެ އެވެ. މިއީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ވަރަށް ގިނަ ސެލެބްރިޓީންގެ ވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދޭނެ ޓޯކް ޝޯއެކެވެ.
ބައިސްކޯފުން މި ރޯދަ މަހު ގެނެސްދޭ ޝޯތަކުގެ ތެރެއިން، "ތުންތުން މަތިން" ވަރަށް ހާއްސަ ވާނެ އެވެ. މިއީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ ވަރަށް ގިނަ ސެލެބްރިޓީންގެ ވާހަކަތައް އާންމުންނާ ހަމައަށް ގެނެސްދޭނެ ޓޯކް ޝޯއެކެވެ.
ސެލެބްރިޓީންގެ އަމިއްލަ ދިރިއުޅުމުގެ ބައެއް ޒާތީ ވާހަކަތަކާއި ކޮންޓްރޮވަސީސްތަކާއި މީހުން ތުންތުންމަތިން ދައްކާ އުޅޭ އެ މީހުންގެ ވާހަކަތަކަށް މި ޝޯގައި ޖަވާބުދޭނެ އެވެ. އަދި އެމީހުން އެކަކު އަނެކަކާ އޮންނަ ގުޅުމުގެ ވާހަކަތައް ވެސް ދައްކާނެ އެވެ.
މި ޝޯ ހޮސްޓުކޮށްދެނީ ޝަހުފާ ޝާކިރު (ޝަހޫ) އެވެ. ޝަހޫ ވަނީ މީގެ ކުރިން ވެސް "މީހުންގެ ވާހަކަ" ކިޔާ ސެލެބްރިޓީ ޓޯކް ޝޯއެއް ހޮސްޓުކޮށްދީފަ އެވެ. "ތުންތުން މަތިން" ޕްރޮޑިއުސްކުރީ ވެސް އައިސް ޓީވީން ގެނެސްދިން އެ ޓޯކް ޝޯގެ ޓީމުގައި މަސައްކަތްކުރި ނާއިޝާ ނާޝިދު (ނާއި) އެވެ.
"މި ޝޯގައި އެންމެ ޝައުގުވެރިވާނީ ސްޓާސް ޕެއާކޮށްފައި ހުރި ގޮތް،" ނާއި ބުންޏެވެ.
މި ޝޯގެ ކޮންމެ އެޕިސޯޑެއްގައި ދެ މެހުމާނުން ބައިވެރިވާނެ އެވެ. އަދި ކޮންމެ އެޕިސޯޑެއްގެ ފަހު ހާފުގައި އިތުރު މެހުމާނެއް ޝޯގައި ބައިވެރިވާނެ އެވެ. ފިލްމު ސްޓާރުންނާއި ޓީވީ ޕްރެޒެންޓަރުންނާއި އަދި ޓިކްޓޮކް ސްޓާރުން ވެސް މި ޝޯގައި ބައިވެރިވެ އެވެ.
"މިސާލަކަށް އައްޒަ އާއި ޖުމާ އާއި މީރާ އެކީގައި ފެންނާނެ. ރަވީ އާއި ރިޝްމީ އާއި އަޒޭ އެކީގައި ފެންނާނެ. އަދި އައްޒަ އާއި މުއާ އާއި ޖުމާ ވެސް އެކީގައި ފެންނާނެ،" ނާއި ބުންޏެވެ.
"މީގެ ކުރިން އަދި ހިއެއް ނުވޭ އެހެން ޝޯއެއްގައި މި ގޮތަށް ތަރިން ޕެއާކޮށްގެން ފެނިފައި ހުންނާހެން،" ކޮންމެ އެޕިސޯޑެއްގައި 40 މިނެޓުގެ ދިގުމިން ހުންނާނެ ކަމަށް ނާއި ބުންޏެވެ.
މީގެ ހަފުތާތަކެއް ކުރިން ސޯޝަލް މީޑިއާގައި އާންމުވި، ކުރީގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ މަރިޔަމް ނިޝާ އާއި އައިޝަތު ޝިރާނީ އަދި ނިއުމާ މުހައްމަދުގެ ފޮޓޯއަކީ މި ޝޯގެ ޝޫޓިންގެ ތެރެއިން ނަގައިފައިވާ ފޮޓޯއެކެވެ. މި ތިން ތަރިން ނުވަތަ ދިވެހި ސިނަމާގެ "ތިން ރާނީން" އެކީގައި އެއް އެޕިސޯޑުން ފެންނާނެ އެވެ.
މި ޝޯގެ އާ އެޕިސޯޑެއް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭގަ އެވެ.