By: Ifraz Ali
ކެމެރާގެ ފުރަގަހުން ދިވެހި ސިނަމާއަށް ތައާރަފުވެ، ރިހި އިސްކިރީނުން އެތައް އަންހެން ކުދިންނެއްގެ ހިތްތައް ދީވާނާކޮށްލި އެކްޓަރު އަދި މިހާރު ޑައިރެކްޓަރެއް ކަމަށްވާ، އަލީ ސީޒަންގެ ފިލްމުތައް ބަލަން އެއް ދުވަސް ހޭދަނުކުރަންވީ ސަބަބެއް ނެތެވެ. ސީޒަންގެ ހަގީގީ ފޭނަކަށް މިއީ މާ ބޮޑު ކަމަކަށް ނުވާނެ އެވެ. އިއްޔެ އަކީ ސީޒަންގެ އުފަންދުވަހެވެ. އެހެންވީމަ، ސީޒަންގެ އުފަންދުވަސް ފާހަގަކުރާ މި ހަފުތާގައި އޭނާގެ ފޭނުންނަށް މި ލިސްޓު ވަރަށް މުހިންމެވެ. ސީޒަންގެ "މޫވީ މެރަތަން" އެއް ޖައްސާ ނަމަ، ކޮންމެހެން ވެސް މި ފަސް ފިލްމު ބަލަން ވާނެ އެވެ. މި ކިޔައިދެނީ "ރީޒަންސް" ތަކާ އެކު އެވެ.
1. 2000 ވަނަ އުފަންދުވަސް
ސީޒަނަށް 2000 އަހަރު ފުރުނީއެއް ނޫނެވެ. އިއްޔެ ފާހަގަކުރީ އޭނާގެ 44 ވަނަ އުފަންދުވަހެވެ. އީސާ ޝާރީފް ލިޔެ، ޑައިރެކްޓުކުރި މި ފިލްމު ބަލަންޖެހޭ އެންމެ ބޮޑު ރީޒަނަކީ މިއީ ސީޒަން އެންމެ ފުރަތަމަ ކުޅުނު ފިލްމަށް ވުމެވެ. ސީޒަންގެ ބޮޑުބޭބެ ރީކޯ މޫސާ މަނިކުއާ އެކު މި ފިލްމުގެ ލީޑުން ދެން ފެނުނީ ޖަމްޝީދާ އަހްމަދެވެ. މި ފިލްމު ޔޫޓިއުބުން ބަލައިލެވޭނެ އެވެ.
ރިހި އިސްކިރީނުގައި ސީޒަން އެންމެ ގަދައަށް ވިދާލީ، ބޮލީވުޑްގެ ލޯބީގެ ފިލްމު "ދަޅުކަން" އަސްލަކަށް ބަލައިގެން ގެނެސްދިން އީސާ ޝަރީފްގެ މި ފިލްމުންނެވެ. މި ފިލްމުގައި ސީޒަން ކުޅުނީ ދަޅުކަންގައި އަކްޝޭ ކުމާރު ކުޅުނު ހެޔޮލަފާ ފިރިހެނެއްގެ ރޯލެވެ. ސީޒަން ފުރަތަމަ ފަހަރަށް ގައުމީ އެވޯޑަށް ނޮމިނޭޓުވެ، އެންމެ މޮޅު އެކްޓަރުގެ އެވޯޑު ވެސް އުފުލައިލީ މި ރޯލުންނެވެ.
ދިވެހި ސިނަމާގެ އަންއޮފިޝަލް ބޮލީވުޑް ރީމޭކްސްތަކުގެ ތެރެއިން މިއީ އެންމެ މޮޅު މަސައްކަތެވެ. ބިރުވެރި ހިންދީ ފިލްމު "ރާޒް" އަސްލަކަށް ބަލައިގެން ގެނެސްދިން މި ފިލްމުގައި، އަސްލު ފިލްމަށް ވުރެ މޮޅަށް މަންޒަރުތައް ނަގައިފައި ހުރި ކަމަށް އޭރުގެ ކުރިޓިކުން ވެސް ބުނެފައި އެބަހުއްޓެވެ. މަރިޔަމް ނިޝާ އާއި ނިއުމާ މުހައްމަދު އަދި ރީކޯ މޫސާ މަނިކު މުހިންމު ރޯލުތައް ކުޅުނު މި ފިލްމުގައި ސީޒަން ކުޅުނީ ނިޝާގެ ފިރިމީހާ މިފްޒާލް އާމިރް ކިޔާ މީހެއްގެ ރޯލެވެ.
ޑައިރެކްޓަރު ފާތިމަތު ނަހުލާއާ އެކު ސީޒަން ކުރި މަސައްކަތުގެ ތެރެއިން އަހަރެމެންނަށް އެންމެ ސަޅީ މި ފިލްމެވެ. މި ފިލްމުގައި ވެސް ސީޒަން ކުޅުނީ ނިޝާގެ ފިރިމީހާގެ ރޯލެވެ. އޭނާއަކީ ވަރަށް މަޑުމައިތިރި، ހިތްހެޔޮ ހިތުގެ ޑޮކްޓަރު، ޝުހޭލް އެވެ. އަދި މި ރޯލު ކުޅެގެން ގައުމީ ފިލްމު އެވޯޑުގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ވެސް އޭނާ ކާމިޔާބުކުރި އެވެ.
މި އެކްޝަން ފިލްމަކީ ސީޒަނަށް ވެސް އެންމެ ޚާއްސަ ފިލްމަށް ވެދާނެ އެވެ؛ އެހެން ބުނެވޭ ރީޒަންސްތައް ބައިވަރެވެ. ސީޒަން އަމިއްލައަށް ކުރި މަސައްކަތަކަށް ވެފައި، އެންމެ މުހިންމު ރީޒަންއަކަށް ވާނީ 2015 ވަނަ އަހަރު ސާކު ފިލްމު ފެސްޓިވަލުގައި ހޯދި ބޮޑު ކާމިޔާބީ އެވެ. އެ ފެސްޓިވަލުގައި 17 ފިލްމަކާއި ވާދަކޮށް، ބްރޮންޒް މެޑަލް ކާމިޔާބުކުރި އެވެ.