20 Apr 2021

މާވެލް އިން ހަދިޔާއަކަށް ދިނީ "ޝަންގް ޗީ"ގެ ޓީޒާ

މި ފިލްމު ސިނަމާގައި ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ތިނެއްގައި

މި ފިލްމު ސިނަމާގައި ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ތިނެއްގައި

By: Ifraz Ali

މާވެލް ސްޓޫޑިއޯސްގެ ހަތަރު ވަނަ ފިޔަވަހި ފަށައިގެން ކުރިއަށްދާއިރު، އެ ސްޓޫޑިއޯ އިން މިއަހަރަށް ތަވާލުކޮށްފައި އޮތް ފިލްމުތަކާއި ސީރީޒްތައް އެތައް ގޮތަކުން ހާއްސަ އެވެ. އެގޮތުން އިއްޔަ ރޭ ޓީޒާ ޓްރެއިލާއެއް އާންމުކުރި، މާވެލް ސިނެމަޓިކް ޔުނިވާސްއަށް މުޅިން އަލަށް ތައާރަފުކުރާ ސުޕަހީރޯއެއް ކަމަށްވާ "ޝަންގް ޗީ" އަކީ މިއަދު އެންމެ ގަދައަށް ވާހަކަދެކެވޭ އެކަކެވެ.

"ޝަންގް ޗީ އެންޑް ދި ލެޖެންޑް އޮފް ދި ޓެން ރިންގްސް" އަކީ މިއަހަރު މާވެލް އިން ގެނެސްދޭނެ ދެ ވަނަ ފިލްމެވެ.

މި ޓީޒާ ނެރުނީ މި ފިލްމުގައި ޝަންގް ޗީގެ ރޯލު ކުޅޭ ކެނެޑާގެ އެކްޓަރު، ސިމޫ ލިއޫގެ އުފަންދުވަހާ ދިމާކޮށް އޭނާއަށް ދިން ހަދިޔާއެއްގެ ގޮތުގަ އެވެ. މި ޓީޒާގެ އިތުރުން، 32 އަހަރުގެ ލިއޫގެ ފުރަތަމަ ކެރެކްޓާ ޕޯސްޓާ ވެސް ވަނީ ދައްކާލައިފަ އެވެ.

މި ޓްރެއިލާގައި ދައްކާފައި ވަނީ މި ފިލްމުގެ ބައެއް "ފުލް އޮން އެކްޝަން" މަންޒަރުތަކެވެ. މާ ގިނަ ޑައިލޮގުތަކެއް ހިމަނާފައެއް ނުވެ އެވެ.

"ޝަންގް ޗީ" ޓީޒާ ޓްރެއިލާ.

މިދިޔަ އަހަރު މަސައްކަތް ފެށި، މާޝަލް އާޓްސް އެޑްވެންޗާ މި ފިލްމަކީ ވަރަށް ދިގު އިންތިޒާރެއް ކުރެވުނު މާވެލްގެ މަސައްކަތެކެވެ. ލިއޫގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލުތައް ކުޅުނީ އައުކަފީނާ އާއި މިޝޭލް ޔޯ އަދި ޓޮނީ ލިއާންގް އެވެ.

މާވެލް ކޮމިކްސްގައި ޝަންގް ޗީގެ ކެރެކްޓާ އުފެއްދީ 1973 ވަނަ އަހަރު އެވެ. ލިޔުންތެރިޔާ ސްޓީވް އީގަލްހާޓް އާއި އާޓިސްޓެއް ކަމަށްވާ ޖިމް ސްޓާލިން މި ކެރެކްޓާ އުފެއްދީ 70 ގެ އަހަރުތަކުގައި އެމެރިކާގައި ކަން ފޫގެ ޝައުގުވެރިކަން ބޮޑުވި ދުވަސްވަރު އެވެ.

މި ފިލްމު ސިނަމާގައި ރިލީޒްކުރަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހު ތިނެއްގަ އެވެ.

ޑިޒްނީ

Popular