29 Jul 2021

މިއީ ޑްރާމާ އާއި ރޮމޭންސްގެ ހަފްތާއެއް

By: Ahmed Jaishan

އަންނަ ހަފްތާ އޮފީހަށް ނުކުންނަން ފަށާއިރު މި ހަފްތާ ބަންދުގައި ކޮންމެވެސް ވަރަކަށް ތައްޔާރީތަކެއް ވާން ޖެހޭނެ އެވެ. ހުސް ވަގުތު ފިލްމު ބަލަން ބޭނުންވެފައި ރަނގަޅު ފިލްމުތަކެއް ނެތް ނަމަ މިއޮތީ މި ހަފްތައަށް ވީ ލިސްޓެވެ. ލިސްޓުގެ އެންމެ މަތީގައި ހިމެނެނީ މަޝްހޫރު ވާހަކަލިޔުންތެރިޔާ ޖޯޖޯ މޯޔެސްގެ ވާހަކައަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރޮމޭންސް ފިލްމު "ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ" އެވެ. އެ ފިލްމުގެ އިތުރުން ލިސްޓުގައި ދެން ހިމެނެނީ ނިއުޒިލެންޑް ޑްރާމާއެކެވެ.

ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ

މަޝްހޫރު ރޮމޭންސް ވާހަކަ ސީރީޒް "މީ ބިފޯ ޔޫ" ލިޔުންތެރިޔާ ޖޯޖޯ މޯޔެސްގެ އިތުރު ވާހަކައެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ލާސްޓް ލެޓާ ފްރޮމް ޔޯ ލަވާ އަކީ އޭލިސްޓު ކާސްޓު ބޮޑު ފިލްމެކެވެ. ފެލިސިޓީ ޖޯންސް އިން ފެށިގެން ޝެއިލީން ވުޑްލީ އަދި ކެލަމް ޓާނާ ވެސް މި ފިލްމުން ފެންނާނެ އެވެ.

ފިލްމުގައި ފެންނާނީ އެލީ ނަމަކަށް ކިޔާ ޖާނަލިސްޓެކެވެ. އެލީ އަކީ ލޯތްބާއި ރޮމޭންސް އަށް އެއްވެސް ވަރަކަށް ޝައުގު ހުންނަ ޒުވާނެއް ނުނެވެ. އެއް ދުވަހަކު އެލީއަށް ޖެހެނީ އޭނާގެ ކުރީގެ އެޑިޓަރާ ގުޅިގެން ހާއްސަ ޕްރޮފައިލް އެއް ހަދާށެވެ. އޭނާގެ އެޑިޓަރު މަރުވުމުން އެކަމަށް ހަދާ ހާއްސަ އާޓިކަލްގައި އެޑިޓަރުގެ ކުރީގެ އެތައް ފައިލްތަކެއް އެލީއަށް ލިބެ އެވެ. ހުރިހާ ކަމެއް އެލީއަށް ބަދަލުވަނީ ފެންނަ ލަވް ލެޓާ އަކާ ގުޅިގެންނެވެ. ކޯޑް ނަމުން ލިޔެފައި އޮތް ލަވް ލެޓާގެ ފަހަތުގައި ރަނގަޅު ނިމުމެއް ނުލިބި އޮތް ލޯބީގެ ވާހަކައެއް އޮތްކަން އެނގި އެ ވާހަކައަށް ވާގޮތެއް ހޯދަން އެލީ އުޅޭތަން މި ފިލްމުން ފެންނާނެ އެވެ.

މި ފިލްމަކީ ނެޓްފްލިކްސް އޮރިޖިނަލް ފިލްމަކަށް ވުމުން ފިލްމު މިހާރު ސްޓްރީމިން ސާވިސް އިން ބެލޭނެ އެވެ.

ކަޒިންސް

ކަޒިންސްގައި ފެންނާނީ މައޮރީ ތިން ކަޒިންގެ ވާހާކަ އެވެ. އޭގެތެރެއިން އެކަކީ މަތާ އެވެ. މަތާ ކުޑައިރު އޭނާ ޔަތީމުވާއިރު އޭނާގެ އިތުރު އެއްވެސް މީހަކު ނެތް ކަމަށް އެންމެން ހީކުރެ އެވެ. ނަތީޖާއެއްގެ ގޮތުން މަތާއަށް އުޅެން ޖެހެނީ ޔަތީމުހާނާއެއްގަ އެވެ. ދެން ފިލްމުގައި އުޅެނީ މަކަރީތާ އެވެ. މަކަރީތާ ބޮޑުވާފަހުން އޭނާގެ އިތުރު ކަޒިން އެއް ހުންނަ ކަން އެނގެ އެވެ. އޭރު އޭނާ ހުރީ އެރޭންޖު މެރިޖެއްގައި ތާށިވެފަ އެވެ. އޭނާގެ ފިރިމީހާ ކިބައިން ސަލާމަތްވާން ވެގެން މަކަރީތާ ދަތުރަކަށް ދަނީ އޭނާގެ ކަޒިންގެ ވާހަކަ އެނގުމުން އޭނާ ހޯދަން ބޭނުންވެގެންނެވެ. ފިލްމުގައި ފެންނާނީ ދެން ކަޒިންތައް ދިމާވެ އާއިލާ ގުޅެން އުޅޭއިރު ދިމާވާ ކަންތައްތަކާއި ކަޒިން ހޯދުމުގެ ތެރޭގައި ދިމާވާ ކަންތައްތަކެވެ.

މި ފިލްމަކީ ތަފާތު ގިނަ ފިލްމު ފެސްޓިވަލްތަކުގައި އަޅުވާފައިވާ ފިލްމެކެވެ. މިހާރު ވީޑިއޯ އޮން ޑިމާންޑްކޮށް ފިލްމު ގަނެލައިގެން ބަލާލެވޭނެ އެވެ.

ހޮލީވުޑް ފިލްމު

Popular