11 Apr 2022

ދީމާ ކިޔައިދެނީ ހަރަދުކުޑަ އަވަސް ރެސިޕީތަކެއް

By: Ahmed Jaishan

ރެސްޓޯރެންޓަކުން ކާނެ އެއްޗެއް ނޭނގެންޏާ އެންމެ ފުރަތަމަ ވެސް އަހާލަންވީ އައިމިނަތު ދީމާ ގާތުގަ އެވެ. ރެސްޓޯރެންޓެއްގައި ހުންނަ އެންމެ މަގުބޫލު ޑިޝްއެއް އޭރުން ދީމާ ކިޔައިދޭނެ އެވެ.

ފުޑް ބްލޮގާ ދީމާ، ރޯދަމަހާ ދިމާކޮށް ދީމާ ގެނެސްދެނީ ގޭގައި ހަދާލަން ފަސޭހަ، ހަރަދުކުޑަ ރެސިޕީތަކެކެވެ. ބަދިގޭގައި އުޅެންޖެހޭ ވަގުތު މަދުކޮށްލަން ދީމާގެ މި ޗީޓްތައް ބޭނުންކޮށްލާށެވެ.

ސޮސެޖް ބައިޓްސް

View this post on Instagram

A post shared by Food Diva (@dhee.ma)

އެކި ގޮތްގޮތަށް ހަދައިގެން ސޮސެޖް ކާއިރު މިއީ ވެސް ގޮތެކެވެ. ސޮސެޖް ރޯލަށް ޓުވިސްޓެއް ގެންނަން މި ރެސިޕީގައި ބޭނުންކުރަނީ ގަނޑުކޮށްފައި ހުންނަ ފަރާޓާ ފުށްގަނޑެވެ.

ޕިސްޓާޝިއޯ ޕަފް

View this post on Instagram

A post shared by Food Diva (@dhee.ma)

ތަފާތު ފޮނިއެއްޗެއް ހަދާލަން ބޭނުންވާ ނަމަ މިއީ ރަނގަޅު ރެސިޕީއެކެވެ. މާ ފޮނިގަދަ އެއްޗެއްގެ ބަދަލުގައި ރަހަ ހެޔޮވަރު ކޮށްލައިދޭނެ ޕިސްޓާޝިއޯ ޕަފް އަކީ ކަމުދާނެ އެއްޗަކަށް ވާނެ އެވެ.

މީޓް ޕަފް

View this post on Instagram

A post shared by Food Diva (@dhee.ma)

އެގް ޕަފް އަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ އެއްޗެކެވެ. މިފަހަރުު ބިހާއި ދަޅުމަހުގެ ބަދަލުގައި މި ޕަފް އަށް އަޅާނީ މިންސް ބީފް އާއި ޗީޒް އެވެ. މިއީ ރަހަ ތަފާތު ކޮށްލާނެ ޕަފް އެކެވެ.

ނަޓް ރައީސް

View this post on Instagram

A post shared by Food Diva (@dhee.ma)

ދީމާ ބުނަނީ މި ރެސިޕީއަކީ އަފްގާން ޕުލާއު އިން އިންސްޕަޔާވި ރެސިޕީއެއް ކަމަށެވެ. ފްރައިޑް ރައީސްގެ ބަދަލުގައި ތަފާތު ރެސިޕީއެއް ޓެސްޓު ކޮށްލަން ބޭނުންވާ ނަމަ މިއީ ވަރަށް ރަނގަޅު ރެސިޕީއެކެވެ.

އޯރިއޯ ރޯލްސް

View this post on Instagram

A post shared by Food Diva (@dhee.ma)

އޯރިއޯ ކަމުދާ މީހުންނަށް މިއީ ވަރަށް ސަޅި ރެސިޕީއަކަށް ވާނެ އެވެ. އޯރިއޯ ބޭނުންކޮށްގެން ސްވިސް ރޯލެއް އަމިއްލަ އަށް ހެދިން ހެއްޔެވެ؟ ނޫން ނަމަ މިއޮތީ އެ ހަދަންވީ ވަގުތެވެ.

Popular