ފެންފުޅި އާއި ތުވާއްޔާއި ފާހާނަ ސީޓު އަދި ގަނޑު ސައިބޯނި ޝެއާކުރުމަަކީ އާއިލާގެ މީހުންގެ ތެރޭގައި އާންމު ކަމެކެވެ. އެހެންވެ ފެންވަރާއިރު ގައި އުނގުޅަން ގެންގުޅޭ ލޫފާ ނުވަތަ ޝަވަ ޕަފް ޝެއާކުރުން އެއީ މާބޮޑު ކަމެއްގެ ގޮތުގައި ވެސް ނުބަލަފާނެ އެވެ.
ފެންފުޅި އާއި ތުވާއްޔާއި ފާހާނަ ސީޓު އަދި ގަނޑު ސައިބޯނި ޝެއާކުރުމަަކީ އާއިލާގެ މީހުންގެ ތެރޭގައި އާންމު ކަމެކެވެ. އެހެންވެ ފެންވަރާއިރު ގައި އުނގުޅަން ގެންގުޅޭ ލޫފާ ނުވަތަ ޝަވަ ޕަފް ޝެއާކުރުން އެއީ މާބޮޑު ކަމެއްގެ ގޮތުގައި ވެސް ނުބަލަފާނެ އެވެ.
ނަމަވެސް މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. އެއީ ގައި އުނގުޅަން މި ގެންގުޅޭ ސްޕޮންޖުގަނޑަކީ ބެކްޓީރިއާގެ ހާއްޔަކަށް ވާތީ އެވެ. ޑޮކްޓަރުން ބުނަނީ ގައި އުނގުޅާ އެ ސްޕޮންޖުގަނޑުގައި އުފެދި ހަރުލާ ބެކްޓީރިއާތަކުގެ ތެރޭގައި ޖަނަވާރުންގެ ތެރޭގައި ބަލި ފަތުރާ "ސުޑޮމޯނަސް އެރޮގިނޯސާ" ވެސް ހިމެނޭ ކަމަށެވެ.
ފެންވަރާ ނިންމުމަށް ފަހު ހިކޭ ފަދަ ގޮތަކަށް މި ގައި އުނގުޅާ އެތި ނުބަހައްޓާ ނަމަ އޭގައި އުފެދިފައި ހުންނަ ބެކްޓީރިއާތައް އިތުރުކޮށްލާނެ އެވެ. މި އެތި އެހެން މީހަކު ބޭނުންކުރުމުން ދެން ނުކުންނާނެ ނަތީޖާ އަމިއްލަ އަށް ވިސްނާލީމާ ވެސް އެނގޭނެ އެވެ. ގައި އުނގުޅާ އެތި ބޭނުންކުރުމުން ގައިގައި ހުންނަ ޑެޑް ސެލްތައް ވަކިވެ އެ ލޯވަޅުތަކުން ބެކްޓީރިއާތައް ހަންގަނޑު ތެރެއަށް ވަދެ ހަމުގެ ބަލިތައް ޖައްސާނެ އެވެ.
އަދި އެކަކު ބޭނުންކޮށްފައި އޮންނަ ގައި ސްޕޮންޖު އެހެން މީހަކު ބޭނުން ކުރުމުން އެ މީހާގެ ހަށިގަނޑުން ވަކިވި ޑެޑް ސެލްތައް އަނެއް މީހާގެ ގަޔަށް ވާސިލްވުމުގެ ފުރުސަތު ވެސް ހުޅުވޭނެ އެވެ.
ގައި އުނގުޅާއެތި ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން:
- އެހެން މީހަކު ބޭނުންކުރާ އެއްޗެއް ބޭނުން ނުކުރާތި
- ޕްލާސްޓިކް އެއްޗެއް ބޭނުންކުރާ ނަމަ އެންމެ މަދުވެގެން ކޮންމެ ދެ މަހަކުން އާ ކުރުން
- ފެންވަރާ ނިމުމަށް ފަހު އަވަހަށް ހިކޭނެ ފަދަ ތަނެއްގައި ބޭއްވުން