21 Nov 2021

By: Ahmed Jaishan

މާލޭގެ ކޮންކްރީޓު ޖަންގަލީގައި މުޅި ހަފްތާ ބިޒީކޮށް އުޅުމަށްފަހު ބޯ ހަމަޖައްސާލުމަށް ކައިރި ރަށަކަށް ޖައްސާލުމަކީ ވަރަށް ހިތަށް ފަސޭހަ ވާނެ ކަމެކެވެ. އަދި ޖީބަށް ލުއިކޮށް ބަޖެޓެއްގައި ދަތުރުކޮށްލައިގެން ރަނގަޅު ވީކެންޑެއް ލިބިއްޖެ ނަމަ މާ ރަނގަޅުވާނެ އެވެ. މި ހުރިހާ ކަމަކަށް ވިސްނައިގެން ދަތުރު ރާވާ ނަމަ ހުރާ މިއީ ރަނގަޅު އިހްތިޔާރެކެވެ.

މާލެއާ ގާތްގަނޑަކަށް ވިއްސަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ހުރާ އަކީ ވަރަށް ކުރިން ވެސް ގެސްޓް ހައުސް އޮރިއެންޓެޑް ރަށެކެވެ. ކައިރީގައި އޮންނަ ފޯސީޒަންސް ކުޑަހުރާ އަށް ދާ ޓޫރިސްޓުން އެ ރަށަށް ގޮސް އުޅޭތީ ހުރާގައި ވަރަށް ކުރީން ވެސް ސުވެނިއާ ފިހާރަތައް ހުރެ އެވެ. މިހާރު ރަށުގައި ގެސްޓް ހައުސް ވިޔަފާރި ފުޅާކޮށްފައި އޮތީމާ ބަޖެޓުގައި ދަތުރުކޮށްލަން ހުރާ ރަނގަޅެވެ.

View this post on Instagram

A post shared by МАЛЬДИВЫ 🌴blog N1 🌴MALDIVES (@viki_maldives)

ބަޖެޓް

މާލެއިން ހުރާ އަށް ދާން ވަރަށް ފަސޭހަ ވާނެ އެވެ. އެރަށަށް ދަތުރުކުރުމަށް ރަށުގައި ލޯންޗު ފެރީގެ ހިދުމަތް އޮވެ އެވެ. އަދި އެ ރަށުގައި މަޑުކުރަން ބޭނުންވާ ނަމަ އެކި އަގުތަކުގައި ތަފާތު ގިނަ ގެސްޓް ހައުސްތައް ލިބެން ހުރެ އެވެ.

ފެރީގެ ދަތުރުތައް:

- މާލެއިން ހުރާއަށް ލޯންޗުގައި ދާން ހޭދަވާނީ ގާތްގަނޑަކަށް 30 މިނެޓު

- މީހަކަށް ކޮޅަކަށް ހޭދަވާނީ 100ރ.

View this post on Instagram

A post shared by Zayaan Ibrahim (@theislandvibess)

ދަތުރު ޝެޑިއުލް

- މާލެއިން ހުރާ އަށް ދިޔުމަށް ތިން ވަރަކަށް ފެރީ ހުރެ އެވެ. އޭގެތެރޭގައި ސީދާ ހަމައެކަނި ހުރާ އަށް ދާ ފެރީ ވެސް ހުރެ އެވެ. އެ ފެރީތަކުގެ ތެރެއިން ދުވާލަކު ގާތްގަނޑަކަށް ހަތަރު ދަތުރު މާލެއިން ހުރާއަށް ކުރެ އެވެ. ހުރާ އަށް ފެރީގެ ދަތުރު ކުރާ ފެރީތަކުގެ ތެރޭގައި "ސީ ޝައިން" އާއި "ލީޖަން ސްޕީޑް ބޯޓްސް" ހިމެނެ އެވެ. ލީޖަންގެ ގަޑިތަކަށް ބަލާއިރު މާލެއިން ހުރާ އަށް ތިން އިރަކު ފުރަ އެވެ. އެއީ 1145 އާއި 1645 އަދި 2200 އެވެ.

- ހުރާއިން މާލެއަށް ފުރާ ވަގުތުތަކަކީ ހެނދުނު 7:45 އާއި 12:30 އަދި އިރުއޮއްސި 6:00 ގައި

View this post on Instagram

A post shared by visithuraa (@visitboduhuraa)

ގެސްޓް ހައުސްގެ އަގުތައް

ހުރާގައި 12 އަށް ވުރެ ގިނަ ގެސްޓް ހައުސް ހުރެ އެވެ. އެ ގެސްޓްހައުސްތަކުގެ އަގުތައް ވެސް ވަރަށް ތަފާތެވެ. އަގުތައް 500ރ. އިން ފެށިގެން 3،500ރ. އާ ދެމެދުގެ އަގަކުން އެ ރަށުން ގެސްޓްހައުސް ކޮޓަރިއެއް ލިބޭނެ އެވެ.

View this post on Instagram

A post shared by visithuraa (@visitboduhuraa)

މިރަށުގައި ކުރެވޭނެ ކަންތައް

މާލެ ސަރަހައްދުގައި ހިމެނޭ ރަށްތަކުގެ ތެރެއިން ހަމަ އެކަނި ކަނޑޫފަލަކާއި ކުޅިއެއް އޮންނަ ރަށަކީ ހުރަ އެވެ. ހިމާޔަތްކޮށްފައިވާ އެ ކުޅި، ގާތުން ބަލާލުމުގެ ފުރުސަތު ހުރައަށް ގޮސް ލިބޭނެ އެވެ. ނަމަވެސް އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ކުޅީގެ ތެރޭގައި ކެނޯ ކޮށްލަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުރާއިން ލިބޭނެ އެވެ. ރަށުގެ ކައުންސިލުން ވަނީ ހުރާގެ ކުޅީގައި ކެނޯތަކެއް ބަހައްޓާފަ އެވެ. އެހެންވީމާ ބޭނުންވާ ކޮންމެ މީހަކު ވެސް ކުޅީގައި ކެނޯ ކޮށްލުމުގެ ފުރުސަތު އެރަށުން ލިބޭނެ އެވެ.

އެ ކުޅީގައި ތަފާތު އެކި ބާވަތުގެ މަސްތަކާއި އެކި ފާޑުގެ ދިރޭ އެއްޗެހި އުޅެ އެވެ.

View this post on Instagram

A post shared by Shibau (@shibssss777)

ރަށަކީ ގެސްޓް ހައުސް ވިޔަފާރި ކުރާ ރަށަކަށް ވުމުން ވޯޓާ ސްޕޯޓްސް ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް މިރަށުން ލިބޭނެ އެވެ.

ރަށަކީ ކުޑަ ރަށަކަށް ވުމުން ރަށުގެ ތެރޭގައި ހިނގާލައި މޫދަށް ގޮސްލައި މުޅި ހަފްތާ ވީހާ ވެސް ލުއިކޮށް ނިންމާލައިގެން ހިތްހަމަޖައްސާލެވެނެ އެވެ.

***

ކަވާ ފޮޓޯ ކްރެޑިޓްސް: ދަ އައިލެންޑް ވައިބްސް/ އިންސްޓަގްރާމް

ކ. ހުރާ

Popular