22 Nov 2021

By: Ahmed Jaishan

ފެޝަން ޓްރެންޑްތަކަކީ ވަރަށް އަވަހަށް ބަދަލުވާ އެއްޗެކެވެ. ހަފްތާއެއްގެ ތެރޭގައި ޓްރެންޑް މުޅިން އައުޓްޑޭޓް ވެދާނެ އެވެ. މި ފަހަކަށް އައިސް ފެޝަންގެ ޓްރެންޑްތައް އެއްވަރެއްގައި ހުރި އިރު ގިނަ ދުވަސްވީ ޓްރެންޑުތަކެއް ވަނީ މިހާރު އެއްކޮށް އައުޓްޑޭޓްވެފަ އެވެ.

މިހާރު އެންމެ މަޝްހޫރު ފެޝަން ޓްރެންޑްތަކަކީ 2000ގެ ކުރީކޮޅު ޒުވާނުން ހެދުން އަޅައި އުޅުނު ގޮތުގެ ޓްރެންޑުތަކެވެ. ޖެން-ޒީ ޒުވާނުން އެ ޓްރެންޑުތައް ބޭނުންކުރަމުން އަންނަތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެ އެވެ. ނަމަވެސް އެއާއެކު އެތައް އަހަރެއް ވަންދެއް އާންމުކޮށް ފެޝަން ޓްރެންޑްގެ ގޮތުގައި ހެދުންއަޅައި އުޅުނު ބައެއް ގޮތްތައް މިހާރު ވަނީ އެއްކޮށް ބާވެފަ އެވެ.

ސްކިނީ ޑެނިމް

.

ސްކިނީ ޖީންސަކީ ވަރަށް ދުވަސް ވަންދެން އާންމުންގެ ތެރޭގައި މަގުބޫލުވެފައިވާ ޓްރެންޑެކެވެ. އެއީ 2010ގެ ކުރީކޮޅުން ފެށިގެން އާންމުކޮށް ލައި އުޅުނު ސްކިނީ ޖީންސްތަކުގެ ތެރެއިން ވެސް އެންމެ ބޮޑަށް މަގުބޫލު އެކައްޗަކީ ޑެނިމް ސްކިނީ ޖީންސް އެވެ. ކޮންމެ މީހެއްގެ އަތުގައި ވެސް މީގެ ޖީންސް އޮންނާނެ އެވެ. ނަމަވެސް މިހާރު މި ޓްރެންޑް ވަނީ ވަރަށް ބޮޑަށް އައުޓްޑޭޓެޑް ވެފަ އެވެ.

ސްކިނީ ޑެނިމްގެ ބަދަލުގައި މިހާރު ގިނައިން ލަނީ ވީހާ ވެސް ފައިކުރިއަށް ފުޅާ އަދި ދޫ ޖީންސެވެ. ޑެނިމް ޖީންސް ވެސް މިހާރު ހުންނަނީ ގަޔަށް ދޫކޮށް ވީހާ ވެސް ފުޅާކޮށެވެ. ސްކިނީ ޖީންސްގެ ބަދަލުގައި މި ޖީންސްތަކަކީ ލައިގެން އުޅެން ފަސޭހަ އަދި ބަލާލަން ވެސް ރީތި ޖީންސްތަކެވެ.

ޓައި ޑައި ނުވަތަ ކުލަ މަޖާ ޓީޝާޓުތައް

.

މިއީ ވެސް މީގެ އަހަރުތަކެއް ކުރީން ވަރަށް ބޮޑަށް ވައިގައި ހިފައިގެން ދިޔަ ޓްރެންޑެކެވެ. އާންމުކޮށް ޕްލެއިން ޓީޝާޓުތައް ގަނެގެން ގޭގައި އަމިއްލައަށް ޓީޝާޓުތައް އޮޅައި އެ ޑައި ކުރަނީ އެވެ. މުޅި ޓީޝާޓުގައި އެކި ކުލައިގެން ޑައި އިން ޑިޒައިން ހަދައިގެން އުޅުނު އެއީ އެ ދުވަސްވަރު ވަރަށް މަގުބޫލު ޓްރެންޑެކެވެ. މި ފަހަކާ ޖެހެންދެން ވެސް މި ޓްރެންޑަކީ އާންމުކޮށް މީހުން ބޭނުންކުރަމުން އައި ޓްރެންޑެކެވެ. ނަމަވެސް މިހާރު ދެ އެ ޓީޝާޓުތައް ލުން ހުއްޓާލަން ވެއްޖެ އެވެ.

ފެޝަން

Popular