6 Jan 2022

By: Ahmed Jaishan

އެކި ތަންތަނަށް ދަތުރުކޮށް އާ ތަންތަން ބަލައި ތަފާތު މީހުންނާ ބައްދަލުކުރުމަކީ ގިނަ ބަޔަކު ވަރަށް ކުރާހިތްވާ ކަމެކެވެ. ލިބޭ ބަންދަކާ ދިމާކޮށް، އުޅޭ ތަން ނޫން އެހެން ތަނަކަށް ޖައްސާލައި ބޯ ހަމަޖައްސާލުމަކީ ގިނަ ބަޔަކު ކޮށްލަން ބޭނުންވާ ކަމެކެވެ. ނަމަވެސް ގިނަ ފަހަރަށް ހީވެފައި އޮންނަނީ މިފަދަ ދަތުރުތަކަކީ ހަރަދު ބޮޑު ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ވަރަށް ހަރަދު ކުޑަކޮށް ވެސް ދަތުރު ދެވިދާނެ އެވެ.

ދަތުރެއް ރާވާއިރު އަތުގައި ބައިވަރު ފައިސާތަކެއް އޮތުން ކޮންމެހެން މުހިއްމެއް ނޫނެވެ. ދަތުރު ރާވާއިރު މުހިއްމު އެއް ކަމަކީ ކުޑަ ވަރަކަށް ރިސާޗު ކޮށްލުމެވެ.

ރާއްޖޭން ބޭރަށް ދާނެކަމެއް ނެތް

View this post on Instagram

A post shared by travellens🇮🇳 (@travellensindia)

ގައުމުން ބޭރަށް ދަތުރެއް ރޭވުމުގެ ކުރިން ގައުމުގެ ތެރޭގައި ހުރި ތަފާތު ރަށްތަކާއި ސަރަހައްދުތައް ބަލައިލުން ވަރަށް މުހިއްމެވެ. ރާއްޖެއިން ބޭރަށް ދާ ނަމަ ކޮންމެވެސް ވަރަކަށް ތައްޔާރުވާން ޖެހޭނެ އެވެ. ނަމަވެސް ރާއްޖޭގެ ރަށަކަށް ދާނަމަ އެ ވަރަށް ވިސްނާކަށް ނުޖެހޭނެ އެވެ. އަދި ޖީބަށް ވެސް މީގެ ސަބަބުން ބޮޑު ލުއި ކަމެއް ލިބޭނެ އެވެ. މިގޮތަށް ކަންތައް ކުރާއިރު އާންމުކޮށް އުޅޭ ހިސާބުގެ ކައިރީގައި ހުރި ނުދާ ރަށްތަކުން ފަށާށެވެ.

View this post on Instagram

A post shared by streetsofraajje (@streetsofraajje)

ކުރިން އެކޮމޮޑޭޝަން ހަމަޖެއްސުން

އެހެން ރަށަކަށް ދާއިރު ހުންނާނެ ތަނެއް ކުރިން ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެކެވެ. ރާއްޖޭގެ ގިނަ ރަށްތަކަކީ ގެސްޓް ހައުސް ވިޔަފާރިކުރާ ރަށްރަށެވެ. އެހެންވީމާ މި ތަންތަނުގައި ހުންނާނެ ގޮތެއް ހަމަޖެއްސުމަކީ ކުރިިއާލައި ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ ފަހު ވަގުތު ތަނެއް ނަގަން އުޅުމުގެ ތެރޭގައި ގިނަ ފަހަރަށް، އަގުހެޔޮކޮށް ތަނެއް ނުލިބުން އެކަށީގެންވާތީ އެވެ.

View this post on Instagram

A post shared by Sharu Sasha (@gurusmaldives2017)

ފުލްބޯޑް ނުނަގާތި!

އާންމުކޮށް ގެސްޓްހައުސްތަކުން ކޮޓަރި ނަގާއިރު އެތަންތަނުގައި ތަފާތު ޕެކޭޖް ހުންނާނެ އެވެ. ފުލްބޯޑާއި ހާފްބޯޑުގެ ހިދުމަތް ވެސް އެތަންތަނުގައި ލިބޭނެ އެވެ. ނަމަވެސް ގެސްޓް ހައުސްއަކުން ކޮޓަރިއެއް ނަގާއިރު އެންމެ މުހިއްމު ކަމަކީ ހަމައެކަނި ކޮޓަރި ނެގުމެވެ. ސަބަބަކީ ފުލްބޯޑު ނަގާއިރަށް ގިނަ ފަހަރަަށް މާ ހަރަދު ބޮޑުވާތީ އެވެ. އޭގެ ބަދަލުގައި އެ ފައިސާއިން ރަށުގެ ރެސްޓޯރެންޓަކުން މާ ހަރަދު ކުޑަކޮށް ކާލެވޭނެ އެވެ.

View this post on Instagram

A post shared by Indo Tours & Adventures® (@indotourscommunity)

ޓްރެވަލް ބަޑީއެއް ހޯދާ

އެކަނި ދަތުރު ކުރުމަކީ ހަރަދުތަކެއް ހިނގާނެ ކަމެކެވެ. ނަމަވެސް ދަތުރުތަކުގައި އަބަދުވެސް އެކީގައި ބައިވެރިވާނެ މީހަކު ހުންނަ ނަމަ އެ ހަރަދުތައް ދެބައިކުޅަ އެއްބައި ކުޑަކޮށްލެވޭނެ އެވެ. އެގޮތުން ހުރުމާއި ކެެއުމުގެ ހަރަދު އެއްކޮށް ދެމީހުންގެ މެދުގައި ބަހާލައިގެން ދަތުރު ރާވާ ކަމަށްވާނަމަ ދަތުރަކީ ވަރަށް ބޮލަށް ފަސޭހަ ދަތުރަކަށް ވާނެ އެވެ.

ޒުވާނުން

Popular