ހަފުތާ ބަންދުގައި ހަވީރު ގަޑީގައި ބޭރުގައި މީހުން ގިނަ އެވެ. އެކަމަކު އެއީ މިއަދުގެ ސަންސެޓް ރީތިވާނެކަން އެނގިގެން ނުކުތް މީހުންނެއް ނޫނެވެ. އެކަމަކު އެ މީހުންނަށް ނަސީބު ލައްވާލީ އެވެ.
12 Aug 2022
ހަފުތާ ބަންދުގައި ހަވީރު ގަޑީގައި ބޭރުގައި މީހުން ގިނަ އެވެ. އެކަމަކު އެއީ މިއަދުގެ ސަންސެޓް ރީތިވާނެކަން އެނގިގެން ނުކުތް މީހުންނެއް ނޫނެވެ. އެކަމަކު އެ މީހުންނަށް ނަސީބު ލައްވާލީ އެވެ.
މާހާގެ ސަންސެޓް
މިއަދު މުޅި އިންސްޓަގްރާމް ސްޓޯރީ ފުރިފައިވަނީ ސަންސެޓް ފޮޓޯތަކާއި ވީޑިއޯތަކުންނެވެ. އިރުއޮއްސުނު މަންޒަރު މިއަދު ރީތީ އެވެ.
ޝާމިލް ނަގާފައިވާ ސަންސެޓް ފޮޓޯއެއް
ފޮޓޯ : އަބްދުﷲ ޝައްމޫން
މުޅި އުޑުމަތި ގަދަ އޮރެންޖު ކުލައިން ޖަރީވެފައި އޮތް ހިތްގައިމު ގޮތުގެ ވާހަކަ މިއަދު ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް ހިނގައިފި އެވެ.
ފޮޓޯ: އަހުމަދު އަމީން
ވިއްސާރަކޮށް އެތައް ދުވަހަކު އޮތުމަށް ފަހު މިއީ މިފަހަކަށް އައިސް މިހާ ރީތިކޮށް އުޑުމަތި ބަލައިލަން ލިބުނު ފުރަތަމަ ފަހަރެވެ.
ފޮޓޯ : އައިމިނަތު އިބާ
މިއަދު ހަވީރު ބޭރުގައި އުޅުނު ކަމުގެ ހެއްކަކަށް ވާނީ މި ނަލަ މަންޒަރުގެ ފޮޓޯއެކެވެ.
ކަވާ ފޮޓޯ : ހާޝިމް އިބްރާހީމް