15 Aug 2022

By: Ahmed Jaishan

ހުޅުމާލޭގެ ދަނބުގަސްތަކުގައި އަނެއްކާވެސް ދަނބު އަޅައި ބަރާވެއްޖެ އެވެ. މި މޭވާއަށް ލޯބިކުރާ މީހުން އެކި ގޮތްގޮތަށް ދަނބު ބިނުން އުޅެނީ މަޖާގަނޑަކަށް ހަދައިގެންނެވެ.

ދަނބު ނުވަތަ ދަންވަކަކީ މޫސުމީ މޭވާއެކެވެ. އަހަރުގެ އެކި ދުވަސްތަކުގައި މިއީ އެހާ އާންމު މަންޒަރަކަށް ނުވާނެ އެވެ. ނަމަވެސް ހުޅުމާލޭގައި ދަނބުގަސް އިންދާފައިވާ މަގުތަކުގައި ބިންމަތި ވެސް އޮތީ ދަނބުކުލައިންނެވެ.

އިނގިރޭސި ނަމުން ނަމަ ޖާވާ ފްރުޓް ގަސް ހުޅުމާލޭގައި ވަރަށް ގިނަ އެވެ. ހުޅުމާލޭގެ ވަރަށް ގިނަ މަގުތަކުގައި މަގުގެ އަރިމަތީގައި ހައްދާފައި ހުންނަ ދަނބުގަސްތަކަށް އަރައިގެންނާއި ދަނޑިން ދަނބު ބިންނަން އެތައް ބަޔަކު އެބަ އުޅެ އެވެ. ބިދޭސީން ދަނބު ބިނދެގެން ދަނޑު ކޮތަޅެއް 50ރ. އަށް ވިއްކަން ވެސް އެބަ އުޅެ އެވެ.

ގަސްތަކެއްގެ ތެރޭގައި ހެދިފައި ހުރި ދަނބު ގަހެއް --- ފޮޓޯ : ޝަޑާސް

އެހެން އަހަރުތަކާ ހިލާފަށް މިއަހަރު ގަސްތަކުގައި ދަނބު އަޅާފައި ހުރިލެއް ގިނަ ކަމަށް ފެނެ އެވެ. ދުރުން ބަލައިލުމުން ފެންނަނީ އެހެންނެވެ.

View this post on Instagram

A post shared by @hmed Shiyax (@shiyax77)

ދަނބަކީ ކާން ރަނގަޅު މޭވާ އެކެވެ. މިއީ އެންޓި އޮކްސިޑެންޓެކެވެ. މި މޭވާގައި މައިރިސިޓިން އާއި މައިރިސިޓްރީން ހިމެނެ އެވެ. މި ދެބާވަތަކީ މޭބިސްކަދުރު ފަދަ ތަކެތީގައި ވެސް ހިމެނޭ ދެ ބާވަތެވެ. މިއީ ޕްރޮސްޓޭޓް ކެންސަރާއި ޑައިބިޓީޒްއާ ދެކޮޅަށް މަސައްކަތްކުރާ ދެ މާއްދާއެކެވެ.

މިއީ ބައެއް ސަރަހައްދުތަކުގައި ބޭސް ހަދާއިރު ވެސް ބޭނުންކުރާ އެއްޗެކެވެ. އެގޮތުން ބައެއް ކަހަލަ ލޯކަލް ބޭސްތައް ހަދާއިރު މީގެ އޮށް ހިއްކުމަށް ފަހު އޭގެ ފުށް ވެސް ހަދަައި އުޅެ އެވެ. ގަބޫލުކުރެވޭ ގޮތުގައި މި މޭވާއަކީ ނޭވާލާން އުނދަގޫ މީހުންނަށް އެހީތެރިވެ ދޭ މޭވާއެކެވެ.

އެހެންވީމާ މިއީ ނުކައި ދޫކޮށްލެވޭނެ މޭވާއެއް ނޫނެވެ.

ކަވަ ފޮޓޯ ކްރެޑިޓް : ޒަމްޕެ / ޓްވިޓާ

މޭވާ ހުޅުމާލެ

Popular