11 Sep 2022

ޕީސީއޯއެސްގެ ވޭނުގައި އުޅޭ މީހުންނަށް އެހީއެއް

By: Ahmed Jaishan

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް ނުވަތަ ޕީސީއޯއެސް އަކީ ދިވެހިންގެ ތެރޭގައި އާންމު ބައްޔެކެވެ ނަމަވެސް ގިނަ ބަޔަކަށް އެކަމާ ގުޅޭ މައުލޫމާތު އަދިވެސް އެންމެ ރަނގަޅަކަށް ނުލިބެ އެވެ. އެކަމަށް ހައްލެއް ހޯދުމަށް ދިވެހި ޑޮކްޓަރެއް އަމިއްލަ މަސައްކަތްތަކެއް މިހާރު ވަނީ ފަށައިފަ އެވެ.

ޕީސީއޯއެސްގެ ހޭލުންތެރިކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މަހާ ގުޅިގެން މިއީ މުހިންމު މައުލޫއެކެވެ.

އަންހެނުންގެ ސިއްހަތާ ގުޅޭގޮތުން ބައެއް ފަހަރަށް ޑޮކްޓަރުން ވެސް ފަރުވާ ކުޑަކުރެ އެވެ. އަދި ހަމަ އެއާ އެކު ޕީސީއޯއެސް އަށް ލިބެން ޖެހޭ މައުލޫމާތު ގިނަ ފަހަރަށް ނުލިބި އެކަމަށް ހޭލުންތެރިވެވޭނެ ގޮތެއް ނޯވެ އެވެ. އެކަމާ ގުޅިގެން ދިވެހި ޑޮކްޓަރަކު ވިސްނެވީ މައުލޫމާތު އާންމުންނަށް ހިއްސާކުރެވޭނެ ގޮތެއް ހޯދާށެވެ. އެ ހިޔާލަށް ބިނާކޮށް އުފެދިގެން އައީ "ޕީސީއޯއެސް އެސިސްޓް" ނަމަކަށް ކިޔާ އިންސްޓަގްރާމް ޕޭޖެކެވެ.

View this post on Instagram

A post shared by PCOS • FERTILITY • HORMONES • WOMENS WELLNESS (@pcos.assist)

ހޯމޯން އިންބެލެންސްގެ ސަބަބުން ދިމާވާ މި މައްސަލައާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ޕީސީއޯއެސް އެސިސްޓް އުފެއްދީ މި މައްސަލައާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރި ކުރުމަށެވެ. ނަމަވެސް އޭގެ އިތުރުން އެ މައްސަލަ ހުންނަ އަންހެނުން އެ މައްސަލަތައް މެނޭޖުކޮށް އެކަމުގެ އަލާމަތްތައް ކުޑަކުރުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަކީ ވެސް އެ ޕޭޖުގެ ބޭނުމެކެވެ.

ޕީސީއޯއެސް އެސިސްޓް ހިންގާ ޑޮކްޓަރު ވިދާޅުވި ގޮތުގައި އެ ޕޭޖް މެދުވެރިކޮށް ޕީސީއޯއެސް ހުންނަ އަންހެނުންނަށް އިމޯޝަނަލް ސަޕޯޓް ފޯރުކޮށްދިނުމަކީ ވެސް އެ ޕޭޖް އުފެއްދުމުގެ ބޭނުމެކެވެ.

View this post on Instagram

A post shared by PCOS • FERTILITY • HORMONES • WOMENS WELLNESS (@pcos.assist)

"ވަރަށް ގިނަ މެސެޖް އާދޭ ޕޭޖަށް، މި ޕޭޖްގައި ހިމެނޭ މައުލޫމާތުގެ ސަބަބުން ވަރަށް ބޮޑެތި އެހީވާ ކަމަށް ބުނެ. އެއް ޕްލެޓްފޯމަކުން ޕީސީއޯއެސްއާ ގުޅޭ އެކި ކަހަލަ މައުލޫމާތުތައް ލިބުމަކީ ވަރަށް ފަސޭހަ ވާނެ ކަމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

މި ޕޭޖަށް އާންމުކުރާ ކޮންމެ މައުލޫމާތަކީ ސައިންސް މެދުވެރިކޮށްގެން ސައިންޓިފިކް ލިޔުންތަކަށް ބިނާކޮށް ދޭ މައުލޫމާތެވެ. އަދި ސައިންޓިފިކް ލިޔުންތައް އާންމުންނަށް ކިޔަން ފަސޭހަ ވާނެ ގޮތަށް ބަދަލުކޮށް އެ މައުލޫމާތު ހިއްސާކުރުމަކީ އާންމުންނަށް ޕީސީއޯއެސް އާ ގުޅޭގޮތުން އިތުރަށް ހޭލުންތެރިވުމަށް ލިބޭ ބާރެކެވެ.

"މީގެ ސަބަބުން އާންމުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ އެމީހުންގެ ލައިފްސްޓައިލް ބަދަލުކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އިތުރަށް ބާރު ލިބިގެން ދޭ،"

View this post on Instagram

A post shared by PCOS • FERTILITY • HORMONES • WOMENS WELLNESS (@pcos.assist)

ވަރަށް ގިނަ ފަހަރަށް އެ ޕޭޖަށް އާންމުންގެ ވާހަކަތައް ވެސް ހިއްސާކޮށް އުޅެ އެވެ. ރާއްޖޭގައި ޕީސީއޯއެސް އެހާ އާންމުވެފައި އޮތްކަން އެނގުނީ އެހާ ހިސާބުންނެވެ.

"އަސްލު މި ޕްލެޓްފޯމް ހެދުމުގެ ކުރީން ނޭނގޭ މިހާ އާންމު ކަމެއް ކަމެއް. އަދި އާންމުންގެ ތެރެއިން ވަރަށް ގިނަ މީހުން ކިޔައިދީފައިވޭ މި މައްސަލަ ހުންނަ މީހުން އުޅެން ޖެހޭ ހާލު،" ޑޮކްޓަރު ހާމަކުރި އެވެ.

އެކަމާ ގުޅިގެން ވީހާ ވެސް ބޮޑަށް ދިވެހި އަންހެނުންނަށް ގުޅޭނެ ހެން ކޮންޓެންޓުތައް ބައްޓަން ކުރުމަށް މަސައްކަތް ކޮށްފައިވެ އެވެ. އޭގެތެރޭގައި ދިވެހިން ކެއުންތަކުގެ ތެރޭގައި ހިމެނޭ އާންމު ކެއުންތައް ވެސް ޕީސީއޯއެސް ހުންނަ މީހުންނާ ގުޅޭނެ ގޮތަށް ބަދަލުކޮށް ތަފާތު އެކި ކަހަލަ ރެކޮމެންޑޭޝަންތައް ތައްޔާރުކުރަން ފެށި އެވެ.

View this post on Instagram

A post shared by PCOS • FERTILITY • HORMONES • WOMENS WELLNESS (@pcos.assist)

ދިވެހިންގެ ތެރޭގައި ޕީސީއޯއެސް އާ ގުޅޭގޮތުން އެންމެ ބޮޑަށް ކަންބޮޑުވުން އޮންނަ އެއް ކަމަކީ ޕީސީއޯއެސްއާ ގުޅޭ އިންފާޓިލިޓީގެ މައްސަލަތަކެވެ. އެކަމާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދައި އާންމުންނަށް ފަސޭހަ ގޮތަކަށް ހޭލުންތެރިކުރެވޭނެ ގޮތްތަކެއް ވެސް ވަނީ މިހާރު ޕީސީއޯއެސް އެސިސްޓުން ދަސްކޮށްފަ އެވެ.

ކުރިއަށް އޮތް ތަނުގައި ވެސް ޕީސީއޯއެސްގެ އެންމެ ބޮޑު މަގުސަދަކީ އާންމުންނަށް މައުލޫމާތު ހިއްސާކޮށް އެމީހުން ހޭލުންތެރި ކުރުމެވެ. އަދި ޕީސީއޯއެސް އާ ގުޅިގެން ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވާ މީހުންނަށް ބޮޑު ސަޕޯޓު ސިސްޓަމަކަށް މި ޕްލެޓްފޯމު ވެގެން ދިޔުމަކީ ވެސް ޕީސީއޯއެސް އެސިސްޓްގެ އުއްމީދެކެވެ.

ސިއްހަތު

Popular