21 Jan 2023

ތިޔަ ހުރީ އެންމެ ބޭނުންވި ވަޒީފާގައިތަ؟

ތިޔަ ހުރީ އެންމެ ބޭނުންވި ވަޒީފާގައިތަ؟

By: Aminath Ibrahim

ކުރާހިތްވާ ކަމެއް އެނގި، އެގޮތުގައި ކުރިއަށް ގޮސް ބޭނުންވާ ކާމިޔާބީ ހާސިލުކުރެވޭނީ މަދު ބަޔަކަށެވެ. ގިނަ މީހުންނަކީ އުމުރު ދެބައިވާއިރު ވެސް، އެންމެ ކުރިއަށްދާ ހިތްވަނީ ކޮން ދާއިރާއަކުން ކަން ބުނެދޭން ނޭނގޭ މީހުންނެވެ. ނުވަތަ، އެނގުނަސް، "ޕެޝަން" ގައި ދެމިހުރެގެން ކާމިޔާބީ އާއި ފުދުންތެރިކަން ނުލިބޭނެތީ ހުވަފެންތައް ގުރުބާންކުރަން މަޖުބޫރުވާ މީހުންނެވެ.

އެހެންވީމާ މި ސުވާލުގެ ޖަވާބަކީ "އާނއެކޭ" ނަމަ ތިޔައީ ނަސީބުވެރިއެކެވެ.

މަދަރުސީ ދައުރު ނިމި، ޔުނިވަސިޓީ ތައުލީމު ނިންމާއިރު ވެސް ގިނަ މީހުންނަށް، ޝައުގުވެރިވަނީ ކޮން ކަމެއް ކަމެއް ނޭނގޭ މައްސަލައަކީ ރާއްޖޭގައި އެކި ސިފަސިފައިގައި ބަހުސްކުރެވޭ މައުލޫއެކެވެ. ގިނަ ބަޔަކު ކުށްވެރިކުރަނީ ރާއްޖޭގައި ޓެސްކްސްޓް ފޮތްތަކުން އެކަނި ކިޔަވައިދިނުމަށް ގެންގުޅޭ ޒަމާންވީ ސިސްޓަމެވެ. އަމަލީ މައިދާނުގެ ތަޖުރިބާތަކާއި، ޅައިރުއްސުރެ ހުނަރު ކުރިއަރުވަން ފޯކަސްކުރާ ތައުލީމީ ނިޒާމެއް ނެތުމުގެ ސަބަބުން މި ސުވާލަށް ޖަވާބުދޭން ނޭނގިފައި އޮންނަ އޮތުމެވެ.

"ޕެޝަން" ގައި ހިފައިގެން ކުރިނޭރުމަކީ ވެސް އެންމެ ބޭނުންވާ ދާއިރާ ދޫކޮށްލަން މަޖުބޫރުވާ ކަމެކެވެ. ދިރިއުޅުމުގެ ހަރަދުތައް ނުފުދި، އާއިލާގެ އުފާތައް ގުރުބާންކުރަންޖެހޭ ހިސާބުން، އެންމެ ކުރާހިތްވާ މަސައްކަތުން ހިތްހަމަޖެހުން ހާސިލުނުކުރެވެ އެވެ. އެހާ ހިސާބުން "ޕެޝަން" ދޫކޮށް، ފައިސާ އާއި ކުރިއެރުން ލިބޭ މަސައްކަތެއް ހޯދަން މަޖުބޫރުވެ އެވެ.

ސަބަބުތައް ކިޔަން ފަށައިފި ނަމަ، އިގްތިސާދީ، ސިޔާސީ ހަރު ވާހަކަތަކެއްގެ ތެރެއަށް ބޯކޮށްޕާނުލައި ސަލާމަތް ނުވާނެއެވެ. އެހެންވީމަ، އެވާހަކަ އެހެން ފަހަރަކަށެވެ.

ބުނެބަލާށެވެ. ތިޔައީ މިތަނުން ކޮން ކެޓެގަރީއެއް ހެއްޔެވެ؟

ތައުލީމް

Popular