16 Mar 2023

ރޯދަ މަހަށް ތައްޔާރުވާން މި ދެނީ ލިސްޓެއް

By: Aminath Ibrahim

ރޯދަމަހަށް ތައްޔާރުވުމަކީ ފަސޭހަކަމެއް ނޫނެވެ. ކުރަން ހުރި ކަންކަން ގިނައީ އެވެ. ގޭތެރެ ސާފުކުރުމާއި، ގަންނަންޖެހޭ ތަކެތި ގެއަށް ހަމަކުރުމާއި، މަރާމާތާއި، އަސާރަ އެޅުމާއި، ހަވާދު ހަނާކުރުމާއި މިހެން ގޮސް ހުރިހާ ކަމެއް އަދިވެސް މުޅިން ނިމުނީއަކީ ނޫންދޯ އެވެ. ހުސް މުހިއްމު ކަންކަމެވެ.

އެކަމަކު މި ހިމަނާލަނީ މި ރޯދަމަހުގެ ސަވާބުކޮޅު ވީހާވެސް ގިނައިން ލިބިގަންނަން، ކޮންމެހެން ހަދަންވީ ސްމާޓް ޗެކްލިސްޓެކެވެ. މީގައި ހުރިހާ ކަމެއް ނުހިމެނިދާނެ އެވެ. ދަރިން ތިބި ނަމަ، ކުދިން ލައްވައި، މަޖާ އެކްޓިވިޓީ ތަކެއް ގޮތަށް، ރޯދަ މަހުގެ އެކްސައިޓްމަންޓް އިތުރުކޮށްލަން ވެސް މި ޗެކްލިސްޓް ހަމަ ހަދަންވީ އެވެ.

1. ފަސޭހަ، ކުރު ދުއާތަކުގެ ލިސްޓެއް

ރޯދަމަހަކީ އަޅުކަމުގެ މައްސަރެވެ. ތިމާ އާއި ހެއްދެވި ފަރާތާ ދެމެދުގައި އޮންނަ ގުޅުން އިތުރުކުރަން މަސައްކަތް ފަށަން ވެސް މިއީ އެންމެ މުނާސަބު މައްސަރެވެ. މިކަންކުރަން އެންމެ ފަސޭހަ އެއް ގޮތަކީ ދުއާކުރުން ގިނަ ކުރުމެވެ.

މަންމަމެން ގެންގުޅޭ ދިގު ދުއާތައް ނޭނގުނަސް އަދި މުޅިން މާޔޫސްވާނެ ކަމެއް ނެތެއް ނޫންހެއްޔެވެ؟ ނަމާދު ފަހުގައި ވިޔަސް ނުވަތަ ޒިކުރުކުރުމުގެ ގޮތުން އެކި ކަންކަމުގައި އުޅޭ ވަގުތުގައި ވެސް ކިޔާލެވޭނެ ކަހަލަ ކުރު، ރީތި ދުއާތައް ހުންނާނެ އެވެ. މިފަދަ ދުއާތައް ފޮތެއްގައި ލިޔެލެވިދާނެ އެވެ. ބޮޑަށް އޭގެ ތެރެއަށް ވަދެލަން، މާނައާ އެކު ލިޔެލެވިދާނެ އެވެ. ނުވަތަ ކުރު ލީފްލެޓްއެއް ގޮތަށް ޕްރިންޓް ވެސް ކޮށްލެވިދާނެ އެވެ.

View this post on Instagram

A post shared by Deen + Chai ☕️ (@deenandchai)

ތިމާ އަށާއި އެހެން މީހުންނަށް، ކުރާ ދުއާ އަކީ ބާރުގަދަ އެއްޗެކެވެ. މި ރޯދަމަހު ދުއާކުރަން އާދަކޮށްލަން ހިނގާށެވެ.

2. ރޯދަ ޖާނަލް

މިއީ ހާއްސަކޮށް އޮގަނައިޒްކޮށް ކަންކަން ކުރަން އުނދަގޫވާ މީހުންނަށް ހަމަ "މިރެކަލް ޓިޕް" އެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ކަމެއް ޕްލޭންކުރާ ގޮތަށް ނުދާހެން ހީވާ ނަމަ ޕްލޭން ކޮށްލާށެވެ. ޕްލޭން ފޮތެއްގައި ލިޔާށެވެ.

View this post on Instagram

A post shared by IQra Aslam (@journaling_iqraa)

ދޯދަމަހަށް ހާއްސަ ޖާނަލް އެއް ހެދުމުން އޮފީހުގެ މަސައްކަތްތަކާއި އަޅުކަމުގެ ވަގުތުތަކާއި ސިކުނޑީގައި ހިނގާ ހިޔާލުތައް އޮގަނައިޒްކުރަން ފަސޭހަވާނެ އެވެ. އަމިއްލަ ޕާފޯމަންސް ފަހުން ބަލައިވެސްލެވޭނެ އެވެ. މިގޮތަށް ހެދުމުން އަމިއްލަ ނަފްސާމެދު އޮންނަ ހިތްހަމަޖެހުން ވެސް އިތުރުކޮށްލެވޭނެ އެވެ.

3. ގުރުއާން ކިޔަވާގޮތުގެ ޑައިރީ އެއް

ރޯދަމަހު އެންމެ ގިނަ ޒުވާނުންނަށް ގަވާއިދުން ކުރަން އެންމެ އުނދަގޫވާ އެއްކަމަކީ ގުރުއާން ކިޔެވުމެވެ. މިއީ އެކަން ވަކި ގޮތަކަށް ޕްލޭން ކޮށްލެވިދާނެ ގޮތެކެވެ.

View this post on Instagram

A post shared by Deen + Chai ☕️ (@deenandchai)

ނޯޓު ފޮތެއް ގަނެގެން، ގުރުއާން ކިޔަވާ ގޮތުގެ ޓްރެކް ޖާނަލް އެއް ގޮތަށް ޑެކަރޭޓް ކޮށްލާށެވެ. ދެން އޭގައި ހަދާނީ ޕްލޭނެކެވެ. ކޮންމެ ދުވަހަކު ލިބޭނެ ވަގުތާއި ވަގުތު ތަންދޭ ގޮތުން އެ ދުވަހެއްގެ ޓާގެޓަށް ރީޗްވާން ކިޔެވުން ބަހާލަންވީ ގޮތްވެސް އޭރުން ޕްލޭންކޮށްލެވޭނެ އެވެ.

4. ފިޓްނެސް، ފިޓްނެސް، ފިޓްނެސް ޕްލޭން

ފިޓްނެސް - ބަނޑާއި ސިކުނޑިއާއި ހަށިގަނޑުގެ ފިޓްނެސް އަށް ރޯދަމަހު ސަމާލުކަން ދީފިނަމަ މިކަންކަން މިއަށްވުރެ ފަސޭހައިން ހާސިލުކުރެވޭނެ އެހެން ދުވަސްވަރެއް ވަކި ނާންނާނެ އެވެ. ދުވާލު ރޯދައަށް ހުރެފައި، ރޭގަނޑުގެ ކެއުން ރަނގަޅަށް އެކަމަކު ވަގުތުތަކަކަށް ބަހާލައިގެން ގެންދެވިއްޖެ ނަމަ ބަރުވުމާއި ބަނޑުލުން ކަހަލަ ކަންކަން ކޮންޓްރޯލްކުރެވިދާނެ އެވެ.

ދެން ކަނޑައަޅާނީ ކަސްރަތުކުރަން ސާޅީހަކަށް މިނިޓެވެ. ސިކުނޑިއަށް ބޭނުންވާ ކާނާ ރޯދަމަހުގެ އަމާން "ވައިބް" އިންނާއި އަޅުކަމުން ހާސިލްކުރެވިދާނެ އެވެ.

View this post on Instagram

A post shared by Deen + Chai ☕️ (@deenandchai)

އެހެންވީމާ ކުރިއަށް މިއޮތް ހަފްތާގެ ތެރޭގައި މި ޗެކްލިސްޓް ހަދަން އަވަހަށް އުޅޭށެވެ. ކުރިން ވެސް ބުނިހެން މިއީ ކުދިން ރޯދަ މަހަށް ޝައުގުވެރިކުރުވަން ވެސް ކުރެވިދާނެ ވަރަށް "ކްރާފްޓީ" ތައްޔާރީއަކަށް ވެސް ހެދިދާނެ އެވެ.

Popular