ސިންގަލްކޮށް ހުރުމަކީ މައްސަލައެއް ނޫނެވެ. ބިޓެއް ނެގުމަކީ ކޮންމެހެން މަޖުބޫރުކަމެއް ވެސް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ އެކަނިވެރިކަން ފިލުވައި ދިރިއުޅުން އެކުގައި ހޭދަކުރާނެ ބައިވެރިޔަކު ކޮންމެ މީހަކު ވެސް ބޭނުން ވާނެ އެވެ.
ސިންގަލްކޮށް ހުރުމަކީ މައްސަލައެއް ނޫނެވެ. ބިޓެއް ނެގުމަކީ ކޮންމެހެން މަޖުބޫރުކަމެއް ވެސް ނޫނެވެ. އެކަމަކު ދިރިއުޅުމުގެ އެކަނިވެރިކަން ފިލުވައި ދިރިއުޅުން އެކުގައި ހޭދަކުރާނެ ބައިވެރިޔަކު ކޮންމެ މީހަކު ވެސް ބޭނުން ވާނެ އެވެ.
ލޯބިވެރިއަކު ނެތި މާ ގިނަ ދުވަސްވުމުން މީހާ މާޔޫސްވެ ހިތުގައި އެތައް ސުވާލުތަކެއް އުފެދޭ ފަހަރު އާދެ އެވެ. ބައިވެރިއަކު ނުލިބިގެން ނުވަތަ ނުހޯދިގެން އުޅޭ އެތައް ސަބަބުތަކެއް ހުރެ ދާނެ އެވެ. ނުލިބިގެން އުޅޭ ނަމަ މިއީ ވިސްނާލުން ރަނގަޅު ކަންކަމެވެ.
ރަނގަޅު މީހަކު ނެތީތަ؟ ހޯދަން ނޫޅެވެނީތަ؟
ބައިވެރިޔަކު ހޯދޭނީ ޝައުގުވެރިވާ މީހަކާ ދިމާވެގެންނެވެ. މީހަކާ މެދު ޝައުގު އުފެދޭނީ ވެސް މީހަކާ ބައްދަލުވެގެންނެވެ. އެހެންވެ، އެކަނިވެރިވެ އެކަމުގެ ހިތާމައިގައި އޮތަކަސް އަދި ބިޓެއް ނުލިބޭނެ އެވެ.
ބޭރުތެރެއަށް ނުކުމެ މީހުންނާ ބައްދަލުކޮށް، ކޮފީ މޭޒުތަކާއި ސޯޝަލް މީޑިއާއިން ދިމާވާ މީހުންނާ ވާހަކަ ދެއްކުމަކީ މީހަކާމެދު ޝައުގުވެރިކަން އުފެދޭނެ ކަންކަމެވެ.
މީހަކާ މެދު ޝައުގު އުފެދި، ލޯތްބާ ހަމައަށް ދާނީ މީހަކު ހޯދަން މަސައްކަތް ވެސް ކޮށްގެންނެވެ. އެހެންވީމާ ސިންގަލް ކޮށް ތި ހުންނަނީ މީހަކާ ދިމާވާނެ ފުރުސަތެއް ވެސް އަދިވެސް ފަހިނުކޮށް ހުރީމާ ކަމަށް ވެދާނެ އެވެ.
މީގެ މީހަކާ ހެދި ނޫޅޭތި!
ކިތަންމެ ގިނަ ބަޔަކާ ވާހަކަ ދައްކައި، ޑޭޓުތަކަށް ދިޔަޔަސް، އެޓްރެކްޓުވާ މީހާ އަކީ އިމޯޝަނަލީ އަންއެވެއިލަބަލް މީހެއް ނަމަ އެ ގުޅުމެއް ކުރިއަކަށް ނުދާނެ އެވެ. ޑޭޓް ކުރާ މީހާ އަކީ އެހެން މީހެއް ދެކެ ލޯބިވާ، ނޫނީ އެހެން މީހެއްގެ އިންތިޒާރުގައި ހުރި މީހަކަށްވާ ނަމަ ދެން އެ ގުޅުމަށް މުސްތަގުބަލެއް ނެތެއްނޫން ހެއްޔެވެ؟
މީހަކާ މެދު ޝައުގު އުފެދި ވާހަކަ ދައްކާއިރު، އެ ގުޅުން އިތުރަށް ކުރިއަށް ގެންދިއުމުގެ ކުރިން އެއީ ވެސް ރިލޭޝަންޝިޕެއް ބޭނުންވާ މީހެއްތޯ ބެލުން މުހިންމެވެ.
އިމޯޝަނަލީ އަންއެވެއިލަބަލް، ކޮމިޓްމަންޓް އިޝޫޒް ހުންނަ މީހުންނަށް ހިތް ދީގެން، ދައްކަން ޖެހޭ އެތައް ވާހަކެއް ނުދައްކައި ހުއްޓަސް "ސިންގަލް" ސްޓޭޓަސް ބަދަލެއް ނުވާނެ އެވެ.
ޑޭޓްކުރަން ފަށާ މީހަކާ މެދު މާ ބޮޑަށް ޝައުގު އުފެދޭ ހިސާބުން އެ މީހަކު ރިލޭޝަންޝިޕެއް ބޭނުން ނުވާ ކަމަށް ބުނަންޏާ އޭނާގެ ވިސްނުން ބަދަލުވާނެ ކަމަށް ބަލައި އެ ދުވަހެއް އިންތިޒާރުގައި ހުރުމަކީ ދުވަސްތައް ބޭކާރުވާނެ ކަމެކެވެ.
ބިޓެއް ބޭނުންވާ އެކަހަލަ މީހުންގެ ފަހަތުން ދުވުން ހުއްޓާލާށެވެ.
ލޯ ސެލްފް އެސްޓީމެއް ހުރުން
ލޯބި ލިބޭނީ ތިމާ އަކީ ލޯބި ލިބެން ޖެހޭ މީހެއް ކަމަށް ގަބޫލު ކޮށްގެންނެވެ. އަދި ރަނގަޅު ބައިވެރިއެއް ޑިޒާވްވާ ކަމަށް ގަބޫލުކޮށްގެންނެވެ.
އަމިއްލަ ނަފްސާ މެދު އޮންނަ ލޯތްބާއި އިތުބާރު ކުޑަވެ، ސެލްފް އެސްޓީމް މާބޮޑަށް ދަށްވެ ލޯތްބަކީ ޑިޒާވް ނުވާ އެއްޗެއްގެ ގޮތުގައި ދެކޭ ނަމަ ރަނގަޅު ބައިވެރިޔަކު ނުލިބޭނެ އެވެ.
ލޯ ސެލްފް އެސްޓީމެއް ހުންނަކަން މީހުންނަށް އެނގުމުން އެކަމުގެ އެޑްވާންޓޭޖް ނަގާ މީހުން ވެސް މަދެއް ނޫނެވެ.
ބިޓެއް ބޭނުންވަންޏާ އެންމެ މުހިންމީ ސެލްފް ރިފްލެކްޝަނެވެ. އަމިއްލަ ނަފްސު ދެކޭ ގޮތާ މެދު ވިސްނައި އަމިއްލަ މީހާގެ ހުރި އެ ފަދަ ކަންތައްތަކަށް ސިންގަލް ދުވަސްވަރު މަސައްކަތްކުރާށެވެ.
ސެލްފް އެސްޓީމް ރަނގަޅު ކުރުމަކީ ރަނގަޅު ޕާޓްނަރެއްގެ ޝައުގުވެރިކަން ލިބޭނެ ސިފައެކެވެ.
އަދިވެސް އެކްސްގެ ވާހަކަ؟
ރިލޭޝަންޝިޕް "ގޯސްޓް"އޭ މި ބުނަނީ ކުރީގެ ރިލޭޝަންޝިޕްތަކުގެ މީހުންނާއި ޓްރޯމާތަކަށެވެ. އެކްސްއެއް ދެކެ އަދިވެސް ލޯބި ވެވެންޏާ ނުވަތަ ކުރީގެ ރިލޭޝަންޝިޕެއްގެ ޓްރޮމެޓިކް އެކްސްޕީރިއަންސުން އަރައިނުގަނެވެންޏާ އާ ބިޓެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟
އެހެންވީމާ ފުރަތަމަ ބޭނުން ވަނީ ހީލިން އެވެ. ކުރީގެ ތަޖުރިބާއިން އަރައިގަނެ "ހޯލްޑް އޮން" ތި ކުރާ މީހެއް ދޫކޮށްލައި ރަނގަޅު ސްޓޭންޑާޑޭއް ސެޓުކޮށް، އެ ސްޓޭންޑަކާ ބައްދަލުކުރާނެ މީހަކު ވަންދެން ހީލިން ޖާނީ ކުރިއަށް ގެންދާށެވެ.
ޕާސްޓް ގޯސްޓްތަކުން ސަލާމަތް ނުވެވެންޏާ ހެލްތީ ރިލޭޝަންޝިޕެއް ނުހޯދޭނެ އެވެ.
ކުރިން ވެސް ބުނިހެން ސިންގަލްވުމަކީ މައްސަލައެއް ނޫނެވެ. އެކަމަކު ސިންގަލްކޮށް މާ ގިނަ ދުވަހު ހުރެ، ފިކުރު ބޮޑުވަންޏާ މި ކަންކަމާ މެދު ވިސްނާލާށެވެ. އެކަމަކު ކޮންމެހެން ބިޓެއް ހޯދަން ނަކަމަށް ބިޓެއް ނުނަގައްޗެވެ.
ރިލޭޝަންޝިޕަކަށް ދިއުމަށް ވުރެ ތިހެން ސިންގަލްކޮށް ހުރުން ވެސް މާ ރަނގަޅު ވާނެ އެވެ.