މޫނުމަތި ޕްރެޕްކޮށްލުން
ހަންގަނޑު މާބޮޑަށް ހިކިފައި ހުރިއްޔާ މަރުވެފައި ހުންނަ ސެލްތަކުގެ ސަބަބުން ލައިޓް ރިފްލެކްޓެއް ނުވާނެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގެ ހަންގަނޑު "ޑަލް" ކަމަށް ދައްކާނެ އެވެ. ލައިޓް ރިފްލެކްޓުވެ މޫނުމަތި އުޖާކޮށްލުމަށް އެންމެ ފަސޭހަ އެއްގޮތަކީ ރަނގަޅު ސްކްރަބަކުން މޫނު ސްކްރަބް ކޮށްލުމެވެ. ސެލެބްރިޓީ އެސްތެޓިޝަންއެއް ކަމަށްވާ ރިނޭ ރުލޯގެ ޓިޕްއަކީ މޫނޫގައި މަޑުމަޑުން މަސާޖު ކުރަމުން މި ސްކްރަބް 45 ސިކުންތު ވަންދެން ހާކާލުމަށް ފަހު، އެލްކޮޮހޯލް ފްރީ ޓޯނާއަކުން ޓޯން ކޮށްލުމެވެ. ސިރަމް ނުވަތަ މޮއިސްޗަރައިޒާއަކަށް ފަހު އެސްޕީއެފް އުނގުޅާލުމުން ހުންނާނީ ރީތި ސެލްފީއަކަށް ރެޑީވެފަ އެވެ.

ރަނގަޅު ލައިޓިން ހޯދުން
މިކަމަށް އެންމެ ރަނގަޅީ ހަމަ އިރުގެ އައްޔެވެ. އެކަމަކު އަމިއްލަޔަށް ލައިޓިން ހަދަން އެނގޭ ނަމަ އޮޅުވާލެވޭހާ މޮޅަށް ނެޗުރަލްކޮށް މި ލައިޓިން ހަދާލެވޭނެ އެވެ. އެންމެ މޮޅު ނުވިއަސް ސެލްފީ ކެމެރާއަށް ލުމަށް ފަހު އެކި އޭންގަލްތައް ޓެސްޓުކުރުމަށް ފަހު އެންމެ ކަމުދާ ލައިޓިން ސްޕޮޓް ހޯދާށެވެ. ވެނިޓީ މޭކަޕް ލައިޓް އަދި ފޯނުގެ ފްލޭޝްލައިޓް ވެސް މިކަމަށް ބޭނުންކޮށްލެވިދާނެ އެވެ.
މޫނު ތެޔޮކޮށް ނުބަހައްޓާތި
މޫނުގައި ހާކާ ހުރިހާއެއްޗެއް ހޭކުމަށް ފަހު ރީތި ޓިޝޫއަކުން މޫނުގެ "ޓީ ޒޯން" ގައި ޖައްސާލާފަ ފިއްތާލަން ހަނދާން ކުރަންވާނެ އެވެ. މޫނު ކިރިޔާ ވެސް ތެޔޮވެފައި ހުންނަ ނަމަ ކެމެރާއަށް ނިކަން ފަސޭހައިން ނަގައިގަންނާނެ އެވެ. އެކަމުގެ ސަބަބުން މޫނު "ގްރީސީ" ކަމަށް ދައްކާނެ އެވެ.

ޕޯޓްރެއިޓް މޯޑް
ޕޯޯޓްރެއިޓް މޯޑްގައި ސެލްފީ ނެގުމުން ބެކްގްރައުންޑް ފުސްކޮށްލަދީ ސެލްފީގައި ހުންނަ މީހާއަށް ހުރިހާ ސަމާލުކަމެއް ދުއްވާލަ އެވެ. ސްމާޓްފޯނުތަކުގައި މި މޯޑް ސިލެކްޓުކުރެވެން ހުރެ އެވެ. އައިފޯނުގައި "ޕޯޓްރެއިޓް މޯޑް" އަދި އެންޑްރޮއިޑް ފޯނުތަކުގައި "ސެލްފީ މޯޑު" ގެ ނަމުން މި ސެޓިންގެ ފެންނަން ހުރެ އެވެ. މީގެ އިތުރުން އެކި ކަހަަލަ ކެމެރާ އެޕްތައް ބޭނުންކުރާ ނަމަ އެއިން ވެސް މި ސެޓިން ހޯދާލެވެން ހުރެ އެވެ.
ބަލަންވީ ކޮންތާކަށް؟
ސެލްފީ ނަގާއިރު އާންމުކޮށް ބަލަނީ ކޮން ދިމާލަކަށް ހެއްޔެވެ؟ އެ މީހެއްގެ ސެލްފީ ފޮޓޯ ބަލާ އެންމެންނާ ހަތަރުކަޅި ހަމަކުރަން ބޭނުންވާ ނަމަ ބަލަންވާނީ ސީދާ ފޯނުގެ ކެމެރާއަށެވެ. ފޯނުގެ ސްކްރީނަކަށް ނޫނެވެ. އެންގޭޖިން ފޮޓޮއެއް ނަގަން ބޭނުން ނަމަ ސެލްފީއަށް ރެޑީވަމުން ސްކްރީނަށް ބަލައި ނިންމާލާފައި މަތީގައި އިންނަ ކެމެރާއަށް، ފޮޓޯނަގަމުން ބަލަން ހަނދާކޮށްލާށެވެ.

ނަގާއިރު ބައިވަރު ފޮޓޯ ނަގާތި
ސޯޝަލް މީޑިއާއިން ފެންނަ ރީތި ފޮޓޯތަކަކީ އެއް ފަހަރު ދެފަހަރުން ނަގާފައި ހުންނަ ފޮޓޯތަކެއް ނޫނެވެ. ސެލްފީ ނަގާއިރު ކުދިކުދި ބަދަލުތައް އަމިއްލަމީހާގެ އެންމެ ރަނގަޅު އޭންގަލް ހޯދުމަށާއި ލައިޓިން އަދި ބެކްރައުންޑުގެ އެންމެ ސަޅި ސްޕޮޓް ހޯދަން ވަގުތު ނަގައިގެން ނިކަން ބައިވަރު ފޮޓޯ ނަގަން ވާނެ އެވެ. ހަމަޖެހިލައިގެން ރަނގަޅަށް ހުރިހާ ފޮޓޯއެއް ބަލާފައި އެންމެ ރީތި ފޮޓޯ ސިލެކްޓުކޮށްލަން ފަސޭހަވާނެ އެވެ.

މާ ބޮޑަށް "ސެލްފް ކޮންޝަސް" ނުވާތި
ޕާޓީތަކަށް ނުވަތަ އިވެންޓުތަކަށް ގޮސް އުޅޭއިރު އެންމެ ރީތިކޮޮށް ނަށާލައި ނުވަތަ އެންމެ މޮޅަށް ވާހަކަދައްކާލާހެން ހީވާ މީހުންނަކީ އެ ކުރާކަމަކަށް ގަޔާވެގެން އޭގެ ތެރެއަށް ވަދެ އެ ޕްރޮސެސް އެންޖޯއި ކުރާ މީހުންނެވެ. ހަމަ އެ ޕްރިންސިޕަލް މީގައި ހިމެނެ އެވެ. ފިލްޓަރުތައް ނުލައި މިކަން ކުރާއިރު ހަމަ އެ ކޮންފިޑަންސާ އެކު ކޮށްލާށެވެ.