8 Sep 2023

By: Aishath Mihna Nasih

ލުއިފަސޭހަކަމަށް އަހަރެމެން އެންމެންވެސް ލޯބިކުރަމެވެ. ދިރިއުޅުމުގެ ކަންކަން ވީހާވެސް ހައްޓަށް ފަސޭހަކޮށް ކުރެވޭތޯ ބަލަމެވެ. ކެއިން ބުއިމާއި ކެއްކުމާއި ގޭތެރޭގެ މަސައްކަތް ވެސް އޮތީ މިހެންނެވެ. ނުވިތާކަށް މި ލުއިފަސޭހަކަން މިފަހަކަށް އައިސް އެންމެ ބޮޑަށް ފެންނަނީ އަހަރެމެންގެ ބުރުގާތަކުންނެވެ؛ މިހާރުގެ ސްޓައިލަކީ "ކަންނެތް" ބުރުގާ އެވެ.

View this post on Instagram

A post shared by PREMIUM PLEATED SHAWL (@farheejab)

ޕްލީޓެޑް ނުވަތަ ރޫޖެއްސި ޝޯލް --

މެޓީރިއަލް

އެންމެ ކުރިން ނަމަ އަހަރެމެންނަށް ފެންނާނީ ތަފާތު އެކި މެޓީރިއަލްތަކުގެ ބުރުގާ އެވެ. އެއީ އާންމުކޮށް ޝިފޯން ކަހަލަ ލުއި ފޮއްޗެވެ. ދެން އެއަށްފަހު ހަމަ އެ ފޮތީގެ ޝޯލްތައް ފެންނަން ފެށި އެވެ. އެކި ކުލަތަކުން ޕްލެއިން ޝޯލް އާއި އެކިކަހަލަ ރޮނގުތަކުން ޕެޓާން ޝޯލް އާއި އެކި ސައިޒުތަކުގެ މާޖެހި ޝޯލްތައް އެކި ދުވަސްވަރު މަތިން ފޯރިގަދަވެ، ގިނަވެ، އަދި މަގްބޫލްވެފައި އެބަހުއްޓެވެ. ނަމަވެސް މި ލުއި ތުނި ފޮތިތައް ދޫކޮށް މިހާރު އަހަރެމެންނަށް ކަމުދަނީ ރޫޖެއްސި ޝޯލްތަކާއި ޖާޒީ ޝޯލްތަކެވެ. އިސްތިރުކުރަން ނުޖެހޭނެ ނޫން ހެއްޔެވެ.

ކަބަޑުތެރޭގައި ކޮންމެ ގޮތަކަށް ބާއްވާފައި އޮތަސް, ހުރި ރުލަކަށްވުރެ ވަކި ބޮޑަކަށް ރުލެއް ނުޖެހޭނެ އެވެ. ޖޯޒީ ޝޯލްތަކަކީ ވެސް އަޅަން ފަސޭހަ، ބޮލަށް ލުއި މެޓީރިއަލްއެކެވެ. ރާއްޖެކަހަލަ ހޫނު ގައުމަކަށް މިވަރެއް ހަމަ ނެތެވެ. މެންދުރުގެ އަވީގައި ތެޅިފޮޅުނަސް މި މެޓީރިއަލްތައް ބޯމަތީގައި ނުއެއް ދުވާނެ އެވެ. އެޅިގޮތަކަށް ގުޑާނުލައި ފަސޭހަކަމާއެކު އޮވެ އެވެ.

މި ލިސްޓަށް އެންމެ ފަހުން އިތުރުވީ އޮފް ސެޓިން ފޮތީގެ ބުރުގާތަކާއި ޝޯލް އެވެ. ހާއްސަ ހަފްލާތަކާއި ރަސްމީ ގަޑިތަކަށް މިއީ އެންމެ މަގުބޫލުއެއް ސްޓައިލެވެ.

ސްޓައިލް

މިފަހަކަށް އައިސް ފެންނަ ބުރުގާ ސްޓައިލްތަކަށް ބަލާއިރު އެންމެ އާންމު އެއްގޮތަކީ އެއް ކޮނޑު މައްޗަށް އެއްލާލާފައި އޮންނަ ބުރުގާ ސްޓައިލެވެ. ހާއްސަ ހަފްލާތަކަށް ނަމަ ދެކޮނޑުމަތިން ވެސް ބުރުގާގެ ދަފަރާތް އެއްލާފައި އޮވެ އެވެ. ރަސްމީ ގަޑިތަކަށް ވެސް ނުވަތަ ކުޑައިރުކޮޅަކަށް ގޭދޮށަށް ނުކުމެލަން ކަމުގައި ވިޔަސް މިއީ އަޅާލަން ފަސޭހަ ސްޓައިލެކެވެ.

View this post on Instagram

A post shared by Yaya Adalia (@yayaadalia)

ފަސޭހަ ބުރުގާ ސްޓައިލެއް--

މި ސްޓައިލަށް މިހާރު އިތުރުވީ ފަހަތަށް ގޮށެއް ޖަހާލުމެވެ. މިއީ ވެސް މާ ބައިވަރު ޕިންތަކާއި ދަތިތަކެއް ބޭނުން ނުކޮށް ފަސޭހައިން ކުޑަ ވަގުތުކޮޅެއް ތެރޭގައި އަޅާލެވޭނެ އަދި ރީތި ބުރުގާ ސްޓައިލެކެވެ. ހާއްސަކޮށް، ކުޅިވަރު ކުޅޭ ވަގުތުތަކުގަ އާއި މޫދަށް ނުވަތަ އެނޫން ވެސް ހެލިފެލިވެ އުޅެންޖެހޭ ވަގުތުތަކަށް ވެސް ކަމުދާނެ، ގިނައިރު ރީތިކޮށް ހުންނަ ބުރުގާ ސްޓައިލެކެވެ.

View this post on Instagram

A post shared by ABIELLHIJAB OFFICIAL ( HQ ) (@abiellhijab)

ފަހަތުން ގޮށްޖަހާލާ ގޮތަށް ބުރުގާ އެޅުން --

އެކްސެސަރީޒް

މީގެ ދިހަ ފަނަަރަ ވަރަކަށް އަހަރު ކުރިން ނަމަ ބުރުގާ ނުވަތަ ޝޯލް އަޅާއިރު، މޫނަށް ހެޔޮވަރުކުރަން އަހަރެމެން ބޭނުންކުރަނީ ކުޑަ ދައްޗެކެވެ. ބައެއް މީހުން ބޯޅަ ދައްޗާއި ޕިން ވެސް މި ފަހުން ބޭނުންކުރަން ފެށި އެވެ. ނަމަވެސް މިހާރު އެންމެ މަގުބޫލީ ދަތްދޮޅިދަށަށް ޕިނެއް ނުޖަހައި، ވީހާވެސް ދޫކޮށް ބެހެއްޓުމެވެ. ނުވަތަ މެގްނެޓިކް ހިޖާބް ޕިންސް އެވެ. މާލޭގެ ބައެއް ޕޭޖުތަކުންނާއި އަމިއްލަ ކުދި ވިޔަފާރިތަކުން ވެސް މިހާރު މި ޕިންތައް އުފައްދައި އެތެރެކޮށް ވިއްކަ އެވެ.

އޭގެ އިތުރަށް އައިސްފައިވާ އެންމެ ބޮޑު އެއް ބަދަލަކީ އެކި ކުލަތަކުގެ ބޭންޑްތައް ބޭނުންކުރުމުގެ ބަދަލުގައި މިހާރު ހިޖާބް އަންޑަ ކެޕް ބޭނުންކުރާކަމެވެ. މިއީ މުޅި އިސްތަށިގަނޑު އެއްކޮށް ފޮރުވައިދޭ އަދި ގިނައިރު ބުރުގާ އެއްގޮތަކަށް ބަހައްޓައިދޭން ވެސް އެހީއެކެވެ.

މީގެ އިތުރުން، ކަންފަތުގައިލާ އެކި ގަހަނާތައް ވެސް ފެންނަހެން ބުރުގާއެޅުމަކީ މިހާރު މަގްބޫލުގޮތެކެވެ.

ފެޝަން

Popular