14 Sep 2023

By: Aishath Mihna Nasih

މާދަމާ ހެނދުނު ހެނދުނާ ތެދުވެ، ކުކުޅު ގަނޑުފިލުވާ، ފިޔާ ކޮށައި ތައްޔާރުވާނީ "ހުކުރު ކުކުޅު" ކައްކާށެވެ. ކުކުޅު ރިހަ އާއި ޑެވިލްޑް ނުވަތަ ބިރިޔާނީ އާއި މުގުރިހަ ނުވަތަ އެ ނޫނަސް ހާއްސަ ކެއުމެއް ހުކުުރުން ފައިބަންވާއިރަށް ރޯ ފިލުވާލެވޭތޯއެވެ. މިއީ ހަފްތާގެ އީދެވެ.

އެކަމަކު މިހާބޮޑަށް ތައްޔާރުވާ ހުކުރު ދުވަހު ކައްކަން ފަށާއިރަށް ގޭސްފުޅި ހުސްވުން މިއީ ހަމަ އާންމު ކަމެކެވެ. ހުކުރު ދުވަހު މިހެންވަނީ ކީއްވެތޯ ސުވާލެއް ނުއުފެދޭ ހެއްޔެވެ؟

ގޭސް ބޭނުންކުރެވިފައި ހުރީ ކިހާ ވަރަކަށްކަން ބެލޭނެ ގޮތެއް ނެތިއްޔާ މިއީ ވަރަށް ހާލުގައި ޖެހޭ ކަމެކެވެ.

ބައެއް މީހުން ތިބެނި މިފަދަ ކަންކަމަށް ދުރާލައި ތައްޔާރުވެ އެވެ. ބޮޑު ގޭސްފުޅިއަކާ އެކީ "ކުއްލި ހާލަތަކަށް" ބޭނުން ޖެހިދާނެކަމަށް ކުޑަ ގޭސްފުޅިއެއް ތައްޔާރަށް ބަހައްޓަ އެވެ. އެކަމަކު މިހެން ހޯދާ ބެކަޕް ގޭސްފުޅި ވެސް ހުސްވަންދެން ބޭނުންކޮށް ހަމަ އެއްތަނެއްގައި ޖެހޭ ހާލު ވެސް ކުރިމަތިވެ އެވެ.

އެހެންވެ މި ހިއްސާކޮށްލަނީ މިފަދަ ހާލަތަކަށް ބައެއް ޓިޕްސް އެވެ.

ގޭގައި ގޭސް ހުސްވިޔަސް، ކާއެތިކޮޅު ރޯފިލާވަރު މިހާރު ބައެއް ގޭގޭގައި ހުންނާނެ އެވެ. ފުރަތަމަ ހައްލަކީ ރައިސް ކުކަރެވެ. ނަމުން، ހަމައެކަނި ބަތް ކެއްކުނަސް، މިއީ ވަރަށް ގިނަ ބޭނުންތައް ކުރެވޭނެ އެއްޗެކެވެ. ހޫނުކުރުމާއި ސްޓީމްކުރުމާއި ކެއްކުމުގެ ފީޗާ ވެސް ގިނަ ކުކަރުތަކުގައި މިހާރު ހުރެ އެވެ. ބިރިޔާނީ ވެސް ކުކަރުގައި ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެވެ. ގައިމު ވެސް ކުކުޅުކޮޅު ރޯ ނުފިލައިގެން އުޅޭކަށް ނުޖެހޭނެ އެވެ.

ކުކަރުގައި ބިރިޔާނީ ކައްކަކީ

މައިކްރޯވޭވް އާއި އަވަނާއި އެއާފްރަޔާ އަކީ ވެސް މިހެން ބަލާއިރު ބަދިގެއެއްގައި ގެންގުޅުން ކޮންމެހެން ވެސް މުހިންމު އެއްޗިއްސެވެ. ކުކުޅު ކައްކަން ނުފެށޭ ނަމަ ތަރުކާރީ ކޮޅަކާ އެކު އަވަނަށްލައި ފިހެލާށެވެ. އަދި އެއިން ނުކުންނަ ދިޔައާ އެކު ފިޔާ، ލޮނުމެދު، ޓޮމާޓޯ ފަދަ ބާވަތްތައް ފުނޑައި، ކުޑަ ކޯން ސްޓާޗްކޮޅަކާ އެކު އިތުރު ދެތިން ބާވަތެއް ބޭނުންކޮށްލައިގެން ހަމަ އެއްވަނައިގެ ގްރޭވީއެއް ރައިސް ކުކަރުގައި ނުވަތަ މައިކްރޯވޭވްގައި ހެދޭނެ އެވެ. ނޫން ނަމަ ބޭނުންގޮތަކަށް މެރިނޭޓްކުރުމަށް ފަހު އެއާ ފްރަޔާގައި ކުކުޅު ތައްޔާރުކުރެވިދާނެ އެވެ. ރަހަމީރުވެފައި، ހުރިހާ ތެލެއް ބޭނުންނުކޮށް ހައްޓަށް ވެސް ލުއިކޮށްލެވޭނެ އެވެ.

ގޮތް ހުސްވާނެކަމެއް ނެތެވެ. ހުކުރު ގަޑީގައި ގޭސްފުޅި ހުސްވުމުން، ގޮތް ހުސްވެ އަތްފޮޅާލާފައި ބަދިގެއިން ނުކުތުމުގެ ކުރިން މިގޮތްގޮތުން ހަމަޖައްސާލާށެވެ.

ކެއްކުން ގޭސް

Popular