ރަނގަޅަށް ބަލާނުލައި މަގުމަތީގައި އުޅޭ ބައެއް މީހުން ފަރުވާ ކުޑަ ވިޔަސް އަނެއްބައި މީހުންނަކީ ދުއްވާ އެއްޗެހި ގިނަ ވެގެން ހާސްވާ މީހުންނެވެ. ނުވަތަ އަލަށް ލައިސަންސް ނަގައިގެން ދުންވަން ބިރުން ތިބެ ނުކުންނަ މީހުން ވެސް މީގެ ތެރޭގައި އުޅޭނެ އެވެ. ބައެއް ފަހަރު މިކަހަލަ މީހުންނަށް ގަސްތުގައި ނޫނަސް އެހެން ވެހިކަލްތަކަށް ނުވަތަ ހިނގާ މީހުންނަށް އުނދަގޫވާ ގޮތަކަށް އަމަލުކުރެވިދާނެކަން ގަބޫލުކޮށް ރުޅިގަނޑު މައިތިކޮށްލަން ހަނދާން ކުރުމަކީ މުހިންމުކަމެކެވެ.

ރޯޑް ރޭޖްއާ ހެދީ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވި އެކި ކަހަލަ އެކްސިޑެންޓުތައް ދިމާވުމުގެ އިތުރުން މިއީ ސިއްހަތައް ގެންލުން ހުރި ކަމެއްގެ ގޮތުގައި ފަހުގެ ދިރާސާތަކުން ދައްކަ އެވެ. އޭގެ ތެރޭގައި ލޭމައްޗަށް ދިއުން އަދި ސްޓްރެސް އިތުުރުވުން އަދި ޕެނިކް އެޓޭކްތައް ހިމެނެ އެވެ.
މަގުމަތީގައި ރުޅި ގަދަވުމުން ކޮންޓްރޯލް ކުރާނެ ގޮތް
ހަމަޖެހިލައިގެން މަގުމަތީގައި އުޅެން އެންމެ ފުރަތަމަ ރަނގަޅުކުރަން ޖެހޭނީ މަގުތަކުގެ ހާލަތާއި ދުއްވާ އެއްޗެހި އަދި ހިނގާ މީހުންގެ ވިސްނުމާއި އަމަލުތައްކަން ވަރަށް ސާފެވެ. މިކަހަލަ ކަންކަަމާ ހެދި ރުޅި ގަދަވާ ދަނޑިވަޅުގައި މިކަންކަން ކޮންޓްރޯލު ކޮށްލާނެ ފަސޭހަ ގޮތްތަކެއް ލިސްޓުކޮށްލާނަމެވެ.
ފުންކޮށް ނޭވާލާ: ފުންކޮށް ނޭވާލުން ފަރިތަކޮށްލުމުން ސްޓްރެސް ހުންނަ ވަރު ދަށްކުރަން އެހީވެ ހަށިގަނޑުގައި އޮކްސިޖަން ދަައުރުވުން ރަނގަޅުކޮށްދީ ޓެންޝަން ދުއްވާލަން އެހީވެދެ އެވެ. ކުޑަ ސިކުންތު ކޮޅަކަށް ފުންކޮށް ނޭވާލާން ފޯކަސް ކޮށްލާށެވެ.
އަޑުއަހާ: ކާރު ދުއްވާއިރު އަދި ހިނގާފައި ދާ ނަމަ ނުވަތަ ބަހަަށް އަރާ ނަމަ ކޮންމެވެސް ކަހަލަ މިއުޒިކެއް ނުވަތަ ޕޮޑްކާސްޓެއް އަޑު އަހާލާށެވެ. މަގުގެ ޓްރެފިކާއި ހުރިހާ ބަންޕަރުތަކަށް ފޯކަސް ނުކޮށް މިކަމަށް ސަމާލުކަންދީ އަޑުއަހާށެވެ.

ގޭމަކަށް ހަދާލާ: މިއީ ވަރަށް އާދައިގެ އެކަމަކު ޓެންޝަނަށް ނުގޮސް ހުންނަން މަގުމަތީގައި ކޮށްލެވޭނެކަމެކެވެ. ކޮންމެވެސް ކަހަލަ އަމިއްލަ ގޭމެއް ހަދާށެވެ. މިސާލަކަށް، ދުއްވާ އެއްޗެހީގައި ހުންނަ ނަން ބޯޑުތަކުގެ ފޮންޓު ނުބައީ ކޯޗެއްގެތޯ ބެލުން، ހިސާބަށް ލޯބިކުރާ ނަމަ މި ނަންބަރުތައް ސިކުނޑީގައި އެއްކުރުން، މަގުމަތިން ދަނީ ކިތައް ފިރިހެނުންތޯ ގުނުން ކަހަލަ އެމީހަކަށް ފަސޭހަ ގޭމެއް އިންވެންޓު ކޮށްލާށެވެ. ގޭމެއް ކުޅެން ވިސްނާ ނަމަ އެއީ އެމީހަކަށް ވަރަށް ފަސޭހައިން ކުޅެލެވޭނެ ގޭމަކަށް ވުން މުހިންމެވެ. ސަބަބަކީ މަގަށް ސަމާލުކަން ދިނުމަކީ ވެސް މުހިންމުކަމަކަށް ވާތީ އެވެ.
ރާވާލާފަ އިކުރީބައިގައި ގެއިން ނުކުމޭ: މިއީ ގިނަ މީހުންނަށް ކުރަން ތަންކޮޅެއް އުނދަގޫ ވެދާނެ ކަމެކެވެ. ނަމަވެސް ގިނަ ފަހަރު ރުޅި ގަދަވެވެނީ ވެސް އަވަހަށް ދާން ނުކުންނަ ތަނަކަށް ދާން ލަސްވާ ހުރިހާ ގޮތެއް މަގުމަތިން ދިމާވާ ހިސާބުންނެވެ. އެހެންވެ، ދާން ބޭނުންވާ ތަނާއި ދާނެ ރޫޓް ކުޑަކޮށް ވިސްނާލައި ކުރީބައިގައި ނުކުމެ އެ ދިމާލަކަށް ހަމަޖެހިލައިގެން މިސްރާބުޖަހާށެވެ.